Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ޕްރައިމަރީ

ޕްރައިމަރީގައި އިސްކޮށް އުޅުނު މީހުންނަށް ފިޔަވަޅު އަޅަން އީސީން ފުލުހަށް

ޕާޓީއާމެދު ފިޔަވަޅު އަޅަން ނިންމާނީ ދެން އޮންނަ ބައްދަލުވުމެއްގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 3 ޖޫން 2018 | އާދީއްތަ 09:21
އެމްޑީޕީ ޕްރައިމަރީގައި މީހަކު ވޯޓުލަނީ

އެމްޑީޕީ ޕްރައިމަރީގައި މީހަކު ވޯޓުލަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ހިމަނައިގެން، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާފައިވާތީ، އެ ޕްރައިމަރީ ބޭއްވުމުގައި އިސްކޮށް އުޅުނު މީހުންނާމެދު ފިޔަވަޅު އަޅައިދޭން ފުލުސް އޮފީހުގައި އެދެން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވަނީ އެކަން "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ އެ ކޮމިޝަނުން އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން، އެ ޕާޓީއާމެދު އަޅާނެ ފިޔަވަޅާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަޅާނެ ފިޔަވަޅާ ނިންމާނީ ދެން ބާއްވާ އެ ކޮމިޝަންގެ ޖަލްސާއެއްގައި ކަމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.

"މިއަދު ނިންމީ ގާނޫނާ ހިލާފަށް ހިންގި ސިޔާސީ ހަރަކާތްތަކާ ގުޅިގެން އެމްޑީޕީއަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް. އަޅާނެ ފިޔަވަޅާ ދޭތެރޭގައި މަޝްވަރާކޮށްފައި ބައެއް ގާނޫނީ ކަންކަން ފުރިހަމަ ކުރުމަށްފަހު، ދެން އޮންނަ ބައްދަލުވުމެއްގައި ފިޔަވަޅު އަޅާ ފިޔަވަޅު ނިންމާނެ،" އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ޕްރައިމަރީގައި އިސްކޮށް ހަރަކާތްތެރިވި އެ ޕާޓީގެ އެންމެހާ ފަރާތްތަކަށް ފިޔަވަޅު އަޅައި ދިނުމަށް ފުލުސް އޮފީހުގައި އެދެން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތަށް ޕާޓީތަކުން ކުރާ ކަންކަމުގައި ޒިންމާވާންޖެހޭނީ މަސްއޫލުވެރި ފަރާތްތަކުން ކަމަށްވާތީ އެވެ.

ދެ ވަނަ ކަމަކަށް ނިންމީ އެ ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ޕާޓީގެ އެންމެހާ ފަރާތްތަކަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ މަސްއޫލުވެރި ފަރާތްތަަކާމެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި ދަންނަވާ ގޮތަށްކަމަށް އަމްރަމް ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި 43،000 ވުރެ ގިނަ އެމްޑީޕީގެ އާންމު މެމްބަރުން ވޯޓާއެކު، އެ ޕާޓީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކާމިޔާބުކުރައްވާފައެވެ. އެ ޕްރައިމަރީ ހުއްޓުވުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ނުކުމެ، ވޯޓު ފޮށިތައް ގެންދިޔަ ނަމަވެސް، ޕްރައިމަރީ ހުއްޓުވިފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު