Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ

ޑރ. މަޖީދުގެ އަގުހުރި ޚިދުމަތްތަކަށް ބަދަލެއް ނުދެވޭނެ: އަލީ ޒާހިރް

ޑރ. މަޖީދަކީ ވަރަށް ވަރުގަދަ ޝަޚްސިއްޔަތެއް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 2 ޖޫން 2018 | ހޮނިހިރު 03:30

މާތް ވެގެންވާ އިސްލާމް ދީނަށާއި މި ދިވެހި ގައުމަށް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކީ އެއަށް އަގެއް އަދާ ކުރެވޭނެ ނުވަތަ ބަދަލެއް ދެވޭނެ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޑރ. މަޖީދު ވަކިވެގެން ދިއުމުން އެމަނިކުފާނަށް ތައުބީނު ކުރުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އެމަނިކުފާނަކީ ވަރަށް ވަރުގަދަ ޝަޚްސިއްޔަތެއް ކަމަށާއި އެމަނިކުފާނު އިސްލާމިކް އެފެއާޒްގެ މިނިސްޓަރަކަށް ހުންނެވިއިރު ޚާއްސަ ސެކެޓްރީއެއްގެ ގޮތުގައި އަދި އޮފީހުގެ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ. އެތަނުގައި މަސައްކަތް ކުރުމުގެ ކުރިން ހީކުރި ގޮތާ ޚިލާފަށް ޑރ. މަޖީދު ފާހަގަ ކުރެވުނީ ވަރަށް ތަފާތު، ހީވާގި އަދި ހިތްހެޔޮ ޝަޚްސިއްޔަތެއްގެ ގޮތުގައި ކަމަށެވެ. ފަހަރުގައި އެމަނިކުފާނު ނުދަންނަ ބޭފުޅުންނަށް ނުވަތަ އެ މަނިކުފާނާއެކުގައި އުޅެފަ ނެތް ފަރާތަކަށް އެ މަނިކުފާނަކީ ވަރަށް ސީރިއަސް ނުވަތަ އެހެން ކަހަލަ މިޒާޖެއްގެ ބޭފުޅެއް ކަމަށް ހީވެފައި އޮވެދާނެ ކަމަށާއި އެހެން ނަމަވެސް އެއީ ބިލާހެއް ކަމަށް ޒާހިރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ބައިވެރިވަޑައި ގަންނަވާ ނުވަތަ ހުންނެވި މަޖްލީހެއްގައި އެއްވެސް މުންކަރާތެއް ހިނގާ ކަމުގައިވާ ނަމަ، އެކަމަކަށް ބަސް ވިދާޅުވާ ބޭފުޅެއް ކަން ވަނީ ފާހަގަ ކުރައްވާފައެވެ. ޒާހިރު ވިދާޅުވީ ހަމަ އެއާއެކު އެމަނިކުފާނަކީ ވަރަށް މަޖާ މިޒާޖެއްގެ ބޭފުޅެއް ކަމަށެވެ. ޚާއްސަ ގޮތެއްގަ ބައެއް ބައްދަލުވުންތަކުގަޔާއި ކާމޭޒުދޮށުގައި އެމަނިކުފާނު ހެއްވާ މަޖާ ޖޯކްތައް ވިދާޅުވެ ދެއްވައެވެ. އެމަނިކުފާނު މަތިން ހަނދާންވާ ކޮންމެ އިރެއްގައި ވެސް އެ "ޖޯކްތަކުގެ" މަތިން ހަދާން އާ ވާކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށް ޑރ. މަޖީދު ކުރެއްވި މަސައްކަތަށް ޒާހިރު ވަނީ އަލި އަޅުއްވާ ލައްވާފައެވެ. އަދި ވިދާޅުވީ މި މުޖްތަމައުގެ އިސްލާމީ އުސޫލުތަކާއި މުއާމަލާތްތައް ފުރިހަމަ ކަމާ އެކު ގެންދެވޭނެ ފަދަ މާހައުލެއް އުފެއްދުމަށްޓަކައި ޑރ. މަޖީދު ވަކާލާތު ކުރައްވާފައިވާ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ.

އެގޮތުން ދިވެހިރާއްޖެއަށް އިސްލާމިކް ބޭންކިންގް ނިޒާމް ތައާރަފް ކުރުމުގައި ވެސް ވަރަށް މުހިއްމު ދައުރެއް ޑރ. މަޖީދު އަދާކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ޚިދުމަތްތަކުން މަންފާ ކުރަމުން ދިޔަ ފަރާތްތަކުގެ ނަންތައް ކިޔާ ހުސް ނުކުރެވޭނެ ކަމަކީ ޔަގީން ކަމެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ޚާއްސަކޮށް މަތީ ތައުލީމާއި ދީނީ ތައުލީމު އުނގެނެމުން ދިޔަ ވަރަށް ގިނަ ދަރި ވަރުންނަށް އެމަނިކުފާނުގެ ޚިދުމަތް މެދުކެޑުމެއް ނެތި ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. ޑރ. މަޖީދު ފަދައިން ބުރަކޮށް މަސައްކަތް ކުރެއްވި، އިޚްލާސްތެރި އަދި ތެދުވެރި ބޭފުޅެއް މަދުވާނެ ކަމަށް ޒާހިރް ވިދާޅުވިއެވެ.

އެމަނިކުފާނު އެހާ ކުއްލި ގޮތެއްގައި ވަކި ވެގެން ދިޔަ ދިއުމަކީ މި ގައުމު އަބަދުގެ އަބަދަށް ހިތާމަ ކުރާނެ ކަމެއް ކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެފަދަ ބޭފުޅެއް އުފެދުމަކީ ކުޑަ ވަގުތު ކޮޅެއް ތެރޭގައި ނުވަތަ ހަމަ ހުރެފައި ކުއްލިއަކަށް ވެގެންދާނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ފުރުއްވި މަގާމް ފުރުއްވާނެ ދެވަނަ ފަރާތެއް ނެތް ކަމަށް ޒާހިރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމުން ވަކިވީ ދާއިރާގެ ރައްޔިތުންނަށްޓަކައި، ކިތަންމެ ބޮޑު ހުށަހެޅުމެއް އަޔަސް ނިންމުން ބަދަލެއް ނުކުރާނަން: މެންބަރު ލަތީފް

ޕީޕީއެމުން ވަކިވީ ދާއިރާގެ ރައްޔިތުންނަށްޓަކައި، ކިތަންމެ ބޮޑު ހުށަހެޅުމެއް އަޔަސް ނިންމުން ބަދަލެއް ނުކުރާނަން: މެންބަރު ލަތީފް

04 ޖުލައި 2017
އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން: އިބޫ

އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން: އިބޫ

23 ޖޫން 2017
ޢަލީ ޝިޔާމް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް އެމްޑީޕީން ޝުކުރު އަދާކޮށްފި

ޢަލީ ޝިޔާމް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް އެމްޑީޕީން ޝުކުރު އަދާކޮށްފި

17 ޖޫން 2017
ގަތަރާއެކު އޮތް ވިޔަފާރީގެ އެއްވެސް ގުޅުމަކަށް ބަދަލެއް ގެނައުމަށް ނުނިންމަން: މުއާޒު

ގަތަރާއެކު އޮތް ވިޔަފާރީގެ އެއްވެސް ގުޅުމަކަށް ބަދަލެއް ގެނައުމަށް ނުނިންމަން: މުއާޒު

05 ޖޫން 2017
ރަމަޟާން މަހާއެކު ދިރިއުޅުމަށް ބޮޑު ބަދަލެއް!

ރަމަޟާން މަހާއެކު ދިރިއުޅުމަށް ބޮޑު ބަދަލެއް!

27 މެއި 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު