Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހއ. ދިއްދޫ

ދިއްދޫ ކައުންސިލާ ދެކޮޅަށް ހުށައެޅި ކޮރަޕްޝަންގެ ދެ މައްސަލަ ވެސް ސާބިތެއް ނުވި

ދިއްދޫގެ ގޯތިތެރޭގައި ހަދާ ޕާކަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ނޫން ކަމަށް އޭސީސީން ވަނީ އަންގާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 ޖޫން 2018 | ހުކުރު 05:28
ދިއްދޫގެ ކައުންސިލަރުން: އެ އިދާރާއާ ދެކޮޅަށް ހުށައެޅި ކޮރަޕްޝަންގެ ދެ މައްސަލަ ވެސް ސާބިތެއް ނުވޭ

ދިއްދޫގެ ކައުންސިލަރުން: އެ އިދާރާއާ ދެކޮޅަށް ހުށައެޅި ކޮރަޕްޝަންގެ ދެ މައްސަލަ ވެސް ސާބިތެއް ނުވޭ

ހއ. ދިއްދޫ ކައުންސިލްގެ ގޯތިތެރޭގައި ހަދާ ޕާކަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ނޫން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެކޮމިޝަނުން މިހެން ބުނެފައި ވަނީ އެކައުންސިލްގެ އިދާރާއިން ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް އެ އިދާރާގެ ވަށާފާރު ތަޅާލައި އެ ގޯތިތެރޭގައި ޕާކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައިގެ ޖަވާބުގައެވެ.

Advertisement - newsAdvertisement

އޭސީސީން ދިއްދޫ ކައުންސިލަށް ފޮނުވާފައިވާ އެންގުން ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީ ވަނީ ޓްވީޓް ކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ ފާރެއް ރޭނުމާއި އަދި ރާނާފައި ހުރި ފާރެއް އުސްކުރުމުގެ މަސައްކަތް އިއުލާން ކުރުމެއް ނެތި ތިން ފަރާތަކުން އަގު ބެލުމަށް ފަހު ރަށުގައި އެފަދަ މަސައްކަތެއް ކޮށް ނޫޅޭ ބަޔަކާ ހަވާލުކުރި މައްސަލައިގައި ވެސް އެކަމިޝަނުން ވަނީ ނިންމި ގޮތް އެ ކައުންސިލްގެ އިދާރާއަށް އަންގާފައެވެ. މިމައްސަލަ ނިންމައި ދިއްދޫ ކައުންސިލަށް އޭސީސީން ފޮނުވާފައި ވަނީ މެއި މަހުގެ 27 ވަނަ ދުވަހުގައެވެ.

ހާޝިމް ޓްވީޓްކުރައްވާފައިވާ އެ އެންގުމުގައި ވަނީ މައްސަލައިގައި ބުނާ ފާރު ރާނައި ސިމެންތި ޖަހާފައި ވަނީ ރާއްޖޭގެ ވެލިން ކަމަށް ވާތީ ވެލީގައި ލޮނުގެ އަސަރު ހުރުމުގެ ސަބަބުން ފާރުގައި ލާފައިވާ ކުލަ ފޮޅިފައިވާ ކަމަށާއި އެފާރުގެ ލޮނު ފިލަން ދޮޅުމަހެއްހާ ދުވަސް ވާނެ ކަމަށް އެކަމާބެހޭ ޓެކްނިކަލް މައުލޫމާތު ލިބިފައިވާކަމަށެވެ. އެގޮތަށް އެފާރު ބެހެއްޓިފައި ވަނިކޮށް ދިއްދޫ ކައުންސިލުގެ ހަތަރު ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ސަބަބުން މަސައްކަތް ލަސްވެފައިވާ ކަމަށާއި ސަސްޕެންޝަން ފިލައި ކައުންސިލަރުން އޮފީހަށް ނުކުމެ އަލުން ކުލަ ލާން ބެލިއިރު އެކުލަ ގަތް ފިހާރައިގައި ކުލަ ނެތް ކަމަށާއި ކުލަ ލިބޭން އޮތީ ރޯދަމަހުގެ ފުރަތަމަ ހަފްތާގައި ކަމަށް ވާތީ ކުލަ އައުމުން ކުލަލާން ބުނެފައި ވާތީ އެއީ ކޮރަޕްޝަންގެ މައްސަލައެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށެވެ. މިމައްސަލަ ނިންމައި ދިއްދޫ ކައުންސިލަށް އޭސީސީން ފޮނުވާފައި ވަނީ މެއި މަހުގެ 20 ވަނަ ދުވަހުގައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު