Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ރެޑް ކްރޮސްއިން ޣައްޒާއަށް ޑޮކްޓަރުން ފޮނުވަނީ

ޑޮކްޓަރުންގެ ދެ ޓީމެއް ފޮނުވުމަށް ވަނީ ނިންމާފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 1 ޖޫން 2018 | ހުކުރު 05:44
ސިއްޙީ ފަރުވާ ދޭ ޓީމެއް ޣައްޒާގައި ހަރަކާތްތެރި ވަނީ

ސިއްޙީ ފަރުވާ ދޭ ޓީމެއް ޣައްޒާގައި ހަރަކާތްތެރި ވަނީ

އިސްރާއީލުގެ ހަމަލާތަކުގައި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ސިއްޙީ އެހީ ފޯރުކޮށްދިނުމަށް، ޣައްޒާއަށް ޑޮކްޓަރުންގެ ޓީމުތަކެއް ފޮނުވަން އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސްއިން ނިންމައިފިއެވެ.

އެ ޖަމުޢިއްޔާއިން ބުރާސްފަތި ދުވަހު ބުނީ، ޣައްޒާއަށް ދެ ސަރޖިކަލް ޓީމު ފޮނުވަން ނިންމާފައިވާ ކަމަށާއި، އެ ޓީމުތައް ހަރަކާތްތެރިވާނީ ޣައްޒާގެ މައި ހޮސްޕިޓަލްގައި ޤާއިމުކުރާ ޚާއްސަ ސަރޖިކަލް ޔުނިޓެއްގައި ކަމަށެވެ.

ރެޑް ކްރޮސްގެ މި ނިންމުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނިއަރ އެންޑް މިޑްލް އީސްޓް ސަރަޙައްދަށް ރެޑް ކްރޮސް އިން ކަނޑައަޅާފައި ހުންނަ ޑިރެކްޓަރ، ރޮބަރޓް މާޑިނީ ވިދާޅުވީ، އެ ޖަމާޢަތުން ޣައްޒާއަށް ފޮނުވާ ޑޮކްޓަރުންނާއި ސިއްޙީ އާލާތްތައް ވެގެންދާނީ ބޮއްސުންލާފައިވާ ޣައްޒާގެ ސިއްޙީ ނިޒާމު ހަމައަކަށް އެޅުވުމަށް ވެވޭ މުހިއްމު އަދި ބޮޑު އެހީއަކަށް ކަމަށެވެ.

ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުން ސިލްސިލާ މުޒާހަރާތައް ފެށިތާ މަހެއް ވެފައިވާއިރު، މި މުޒާހަރާތަކުގެ ތެރޭގައި އިސްރާއީލުގެ ލާއިންސާނީ އަނިޔާތަކާއި ހަމަލާތަކުގެ ޝިކާރައަކަށްވެ، ފަލަސްޠީނުގެ ފަންސާހަށް ވުރެ ގިނަ އާންމުން ޝަހީދުވެފައިވާއިރު، ތޭރަ ހާހަށް ވުރެ ގިނަ އާންމުންނަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި އަނިޔާވާ ފަރާތްތަކަށް ސިއްޙީ ފަރުވާ ދޭން ޣައްޒާއަށް ޑޮކްޓަރުންނާއި ސިއްޙީ އާލާތްތައް ފޮނުވުމަށް ރެޑް ކްރޮސްއިން ނިންމި އިރު، ފަލަސްޠީނުގެ ހަތިޔާރު ނެތް އާންމުންގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖެހުމަކީ މައްސަލައެއް ނޫން ކަމަށް އިސްރާއީލުގެ ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ ކަނޑައަޅާފައެވެ. އިސްރާއީލުގެ ސުޕްރީމް ކޯޓުން ކުރި ޙުކުމްގައި ވަނީ، މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ ދިގުދެމިގެންދާ އަސްކަރީ ކުރިމަތިލުމެއްގެ ތެރެއިން އޮފިހެދިގެން އައިސްފައިވާ ކަމަކަށް ވެފައި، އެ ކުރިމަތިލުމަކީ ޣައްޒާގައި ވެރިކަންކުރާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހަމާސްއާ ދެކޮޅަށް ކުރިއަށްދާ ކުރިމަތިލުމެއް ކަމުން، މި ކުރިމަތިލުމުގައި ވާދަވެރި ހުރިހާ ފަރާތްތަކެއްގެ މައްޗަށް "ހަތިޔާރު ބޭނުންކޮށްގެން ކުރިއަށްގެންދާ ކުރިމަތިލުމުގެ އުސޫލު" ގައިވާ ކަންކަން ހިންގޭނެ ކަމަށެވެ. އެފަދަ އުސޫލުތަކަކީ ހަތިޔާރު ބޭނުންކުރުމާ ގުޅޭ ގޮތުން ހެދިފައި ހުންނަ އާންމު ޤަވާއިދުތަކަށް ވުރެ ސިފައިންނަށް ބާރުދީގެން ހަދާފައިވާ އުސޫލުތަކެކެވެ.

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2017

އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

30 ޑިސެމްބަރު 2017
އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި
01 ޑިސެމްބަރު 2017

ތޫފާން އޮކި: ލަކްޝަދްވީޕްގައި ރެޑް އެލަރޓް - ލަންކާއިން ރެޑް އެލަރޓް ކެންސަލްކޮށް، ޔެލޯ އެލަރޓް ނެރެފި

01 ޑިސެމްބަރު 2017
ތޫފާން އޮކި: ލަކްޝަދްވީޕްގައި ރެޑް އެލަރޓް - ލަންކާއިން ރެޑް އެލަރޓް ކެންސަލްކޮށް، ޔެލޯ އެލަރޓް ނެރެފި
29 ނޮވެމްބަރު 2017

ލަންކާގެ މޫސުމާ ބެހޭ އިދާރާއިން 24 ގަޑިއިރަށް ރެޑް އެލާޓް ނެރެފި

29 ނޮވެމްބަރު 2017
ލަންކާގެ މޫސުމާ ބެހޭ އިދާރާއިން 24 ގަޑިއިރަށް ރެޑް އެލާޓް ނެރެފި
02 އޮކްޓޯބަރު 2017

މަހުޖަނު ރިޗަޑް ބްރޭންސަން ސައުދީ ރެޑްސީ ޕްރޮޖެކްޓްގައި އިންވެސްޓްކޮށް 50 ރިސޯޓް ތަރައްގީ ކުރަނީ!

02 އޮކްޓޯބަރު 2017
 މަހުޖަނު ރިޗަޑް ބްރޭންސަން ސައުދީ ރެޑްސީ ޕްރޮޖެކްޓްގައި އިންވެސްޓްކޮށް 50 ރިސޯޓް ތަރައްގީ ކުރަނީ!
06 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ތުރުކީން އިތުރު 10000 ޓަނުގެ އެހީ ފޮނުވަނީ

06 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް ތުރުކީން އިތުރު 10000 ޓަނުގެ އެހީ ފޮނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު