Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ވައްޓާލަން އުޅުން

އެސްއޯގެ ކުރީގެ ކޮމާންޑަރ ސައިފާއި ކުރީގެ ކޯޑިނޭޓަރަކާއި، ޑެޕިއުޓީ މިނިސްޓަރުގެ އަޑުއެހުން ކެންސަލް ކޮށްފި

31 މެއި 2018 | ބުރާސްފަތި 11:45

ދައުވާ ކުރަނީ ސައިފްގެ ފޯނު ފޮރުވިކަމަށް ބުނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 31 މެއި 2018 | ބުރާސްފަތި 11:45
އެސްއޯގެ ކުރީގެ ކޮމާންޑަރ ސައިފް ހައްޔަރު ކޮށްގެން ގެންދަނީ

އެސްއޯގެ ކުރީގެ ކޮމާންޑަރ ސައިފް ހައްޔަރު ކޮށްގެން ގެންދަނީ

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސައިންގެ ފޯނު ފޮރުވި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މީހުންގެ ބުރާސްފަތި ދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ކޮށްފައިވާ ސައިފްގެ ފޯނު ފޮރުވި ކަމަށް ބުނެ ދައުލަތުން ސައިފްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝަޒައިލް ސިޔާމް އަދި ހޯމް މިނިސްޓްރީގެ ކުރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުލް ސަމަދުގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

Advertisement - newsAdvertisement

އެ މައްސަަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހުގެ 12:30 ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ.

ސައިފުއާއި ތަޒްމީލް އަދި ޝަޒައިލްގެ އިބްތިދާއީ އަޑުއެހުން ކެންސަލް ކޮށްފައިވަނީ މި މައްސަލާގައި ވަކާލާތު ކުރައްވާ ދައުލަތުގެ ވަކީލުން އެހެން ޝަރީއަތެއްގައި އަވަދި ނެތި އުޅުއްވަން ޖެހިވަޑައިގެންނެވުމާއި ގުޅިގެންނެވެ.

ސައިފާއި ތަޒްމީލް އަދި ޝަޒައިލަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ތިން މީހުންނެވެ. އެ ތިން މީހުންގެ ތެރެއިން ސައިފް ފިޔަވާ ދެން ތިބި ދެމީހުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާއެކު ދޫކޮށްލާފަ އެވެ. ސައިފާއި އޭނާއާއެކު ހައްޔަރު ކުރި ފުލުހުން މިހާރުތިބީ ގޭބަންދުގަ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި، ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާސީ ގިނަ ފަރާތްތަތަކާއި ދައުލަތުގެ އިސްވެރިންތަކެއްގެ އިތުރުން ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ހައްޔަރުކޮށްފައި ވެއެވެ.

އެގޮތުން އެސްއޯގެ ކުރީގެ ކޮމާންޑަރ ސައިފްގެ އިތުރުން 8 ފުލުހަކު ހައްޔަރު ކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

28 ފެބުރުއަރީ 2017
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް