Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ވައްޓާލަން އުޅުން

'ކަޅު ފޮށި' އާގުޅޭ އެންމެ މުހިއްމު ހެކި ޝަރީއަތަށް ހުށަހަޅާފައެއް ނުވޭ: ދިފާއީ ވަކީލުން

31 މެއި 2018 | ބުރާސްފަތި 11:38

ކަޅު ފޮށީގެ ތަހުގީގާ ގުޅޭ 64 ސޮފްހާގެ ރިޕޯޓު ޝަރީއަތަށް ހުށަހަޅާފައެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 31 މެއި 2018 | ބުރާސްފަތި 11:38
ކުރީގެ ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ އަޒްމީއާއި ނަޖުމާ

ކުރީގެ ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ އަޒްމީއާއި ނަޖުމާ

ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ދައުވާ އުފުލާފައިވާ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދައުވާއާއި ގުޅިގެން ރާއްޖެއިން ހޯދި ކަމަށް ބުނާ އެންމެ މުހިއްމު ހެކި ކަމަށްވާ "ކަޅު ފޮށި" އާ ގުޅޭ 64 ސޮފްހާގެ ބަޔާނެއް ޝަރީއަތަށް ހުށަހަޅާފައި ނުވާކަން ފަޅާއަރައިފި އެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، އަދުލްއިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ

Advertisement - newsAdvertisement

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޕާރސަނަލް ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވާ މުހައްމަދު އަޒުމީ އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ އަދުލްއިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހަމައަށް ލިބިފައިވޭތޯ ކަށަވަރު ކުރުމަށްޓައި ގާޒީ އެއްސެވުމުން ދިފާއީ ވަކީލުން ވަނީ ދައުލަތުން ސިއްރު ނުކުރާ ބައެއް ބަޔާންތައް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހިމެނެނީ ބައެއް ފުލުހުން ދީފައިވާ ބަޔާންތަކެކެވެ. އެވާހަކަތަކާއި ގުޅިގެން ގާޒީ ވިދާޅުވީ ޝަރީއަތަށް އެބަޔާންތައް ލިބިފައިވާކަމަށާއި ނަމަވެސް ބަޔާންތައް ދީފައިވާ މީހުންގެ ރައްކާތެރިކަމަށްޓަކައި އެމީހުންގެ މައުލޫމާތު އުނިކުރުމަށް ފަހު އެ ބަޔާންތައް ފޯރުކޮށްދެއްވާނެ ކަމަށެވެ.

ދިފާއީ ވަކީލުން ދެން ވިދާޅުވީ ދައުލަތުން ސިއްރުކޮށްފައިވާ ހެކީގެ ތެރޭގައި ހިމެނޭ ނަޖުމާ ދިރިއުޅޭ މ. ވިސްޓީރިޔާ ގެއިން ފުލުހުން ހޯދި "ކަޅު ފޮށި"އާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގުން ތައްޔާރު ކޮށްފައިވާ 64 ސޮފްހާގެ ބަޔާން ޝަރީއަތަށް ލިބިފައިވޭތޯ ސާފުކޮށްލަން ބޭނުންވާ ކަމަށެވެ. އެއީ އެލިޔުމަކީ ސިއްރު ލިޔުމެއްގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާ ލިޔުމެއްކަމަށް ދައުލަތުން ބުނެފައިވާތީ، އެލިޔުމަކީ މި ޝަރީއަތުގެ އެންމެ މުހިއްމު ހެކި ކަމަށް ވާތީ އެލިޔުން ޝަރީއަތަށް ހުށަހަޅާފައިވޭތޯ ސާފުކޮށްލުމުގެ ގޮތުން ކަމަށެވެ.

ވަރަށް ގިނަ ވަގުތު ލިޔެކިޔުންތައް ބެލުމަށް ފަހު، އަދި އިދާރީ ގޮތުން ބަލަން ހުރި ބެލުންތައް ބެލުމަށް ފަހު ގާޒީ ވިދާޅުވީ އެ ރިޕޯޓް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ދައުލަތަށް ވެސް ކޯޓަށް އެލިޔުން ހުށަހެޅިކަން ކަށަވަރުކޮށް ނުދެވުނު ކަމަށެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ 64 ސޮފްހާގެ އެރިޕޯޓް ކޯޓަށް ހުށަހެޅިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށާއި އެހެންނަމަވެސް އެރިޕޯޓް ހިމެނޭކަން ޝަރީއަތަށް ހުށަހެޅި ފޯމާއި ލިޔެކިޔުންތަކުން އެނގޭނެ ކަމަށެވެ.

ރައްދުގައި ދިފާއީ ވަކީލުން ވިދާޅުވީ އެ ހިމެނޭކަން ދައުވާއާ ގުޅޭ ލިޔެކިޔުންތަކުން އެނގުނު ނަމަވެސް އެ ރިޕޯޓް ކޯޓަށް ހުށަހެޅުނީ ނޫން ކަަމަށާއި ރިޕޯޓް ހުށަހެޅި ކަމަށް ވާނީ ރިޕޯޓްގައި ބުނާ 64 ސޮފްހާގެ އެ ރިޕޯޓް ކޯޓަށް ހުށަހެޅުމުން ކަމަށެވެ.

ދައުލަތުން މީހެއްގެ މައްޗަށް ދައުވާކުރާއިރު، ދައުވާ ފޯމާއެކު ދައުވާ ސާބިތު ކުރަން ބޭނުންވާ ހުރިހާ ބަޔާންތަކާއި ލިޔެކިތުންތައް ކޯޓަށް ހުށަހަޅަންޖެހޭ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާން ކުރާ ކަމަށް ވެސް ދިފާއީ ވަކީލުން ވިދާޅުވި އެވެ.

މީގެއިތުރުން ދިފާއީ ވަކީލުން ވިދާޅުވީ އެކަމަށް ޝަރީއަތުން ގޮތެއް ނިންމަވާދެއްވުން އެދޭ ކަމަށެވެ. ގާޒީ ވިދާޅުވީ އެ ރިޕޯޓް ދައުލަތުން ކޯޓަށް ހުށަހެޅުމަށް ފުރުސަތު ދިން ނަމަވެސް އެ ކަމާގުޅޭގޮތުން ދެ ފަރާތަށް ވެސް އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށެވެ. އަދި އިބްތިދާއީ އަޑުއެހުންތައް ނިންމާ ޝަރީއަތް ފެށުމުގެ ކުރިން އެކަމަށް ގޮތެއް ނިންމާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން، ދިފާއީ ވަކީލުން ބޭނުންވާ ބައެއް ލިޔެކިޔުންތައް ހަމަ ކުރުމަށާއި ދައުވާއަށް ޖަވާބު ދާރީވުމަށް އިތުރު އަޑުއެހުމެއް ފަސް ދުވަސް ފަހުން ބާއްވާނެ ކަމަށް މިމައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 މާރިޗު 2017

ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި

16 މާރިޗު 2017
ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
11 މާރިޗު 2017

ކަޅުއޮއްފުންމި ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ

11 މާރިޗު 2017
ކަޅުއޮއްފުންމި ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް