Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ރައީސް ކެމްޕެއިން

އެމްޑީޕީ ޕްރައިމަރީ ހުއްޓުވައިދޭން އީސީން ފުލުހުންގެ ކިބައިން އެދެފި

30 މެއި 2018 | ބުދަ 08:04

ރިޔާސީ ޕްރައިމަރީ ހުއްޓުވައިދޭން އިލެކްޝަންސް ކޮމިޝަނުން ފުލުހުންގެ ކިބައިން އެދުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 30 މެއި 2018 | ބުދަ 08:04
ޖަޒީރާ ރައީސް ކެމްޕޭން

ޖަޒީރާ ރައީސް ކެމްޕޭން

ބުދަ ދުވަހު މެނދުރު ފަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވައިދޭން އިލެކްޝަންސް ކޮމިޝަނުން ފުލުހުންގެ ކިބައިން އެދެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ވޯޓު ލުން ހުއްޓުވުމަށް އީސީން ފުލުހުންނަށް އަންގާފައިވަނީ މީގެ ކުރިން އީސީން ސިޔާސީ ޕާޓީ ތަކަށް ފޮނުވައިފައިވާ ސިޓީ އަށް ރިއާޔަތްކޮށް ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ބުދަ މެންދުރު ފަހު 2:00 އިން ފެށިގެން، ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މާލޭގައި ތިބި އެމްޑީޕީގެ މެމްބަރުން ވޯޓުލާން ހަމަޖެހިފައިވާ ތަންތަނަށް ބަލާއިރު، އެމްޑީޕީގެ ހެންވޭރު ދާއިރާތަކުގެ މެމްބަރުން ވޯޓުލާން ދާން ޖެހޭނީ ހ. މާދިލްގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށެވެ. ގަލޮޅު ދާއިރާތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުން ކ. ކަކާގެއާގެ 1 ގައި ވޯޓުލާން ހަމަޖެހިފައިވާއިރު، މައްޗަންގޮޅީގެ ދާއިރާތަކަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންނަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ކޮށީގެ ގޯޅީގައި ހުންނަ މއ. މާވޭލެވަރުގައެވެ.

މާފަންނު މެދު އަދި މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރުން ވޯޓުލާން ދާން ޖެހެނީ ޖަޒުބާތު ޖަގަހައަށެވެ. އަދި މާފަންނު އުތުރާއި ހުޅަނގު ދާއިރާގެ މެމްބަރުން ދާން ޖެހެނީ ފަރީދީމަގުގައި ހުންނަ އާކް-އެކްސް ކެފޭއަށެވެ. ވިލިމާލޭގައި ދިރިއުޅޭ އެމްޑީޕީގެ މެމްބަރުން ވޯޓުލާން ޖެހޭ ވޯޓު ފޮށި ހުންނާނީ ވިލިމާލޭ އެމްޑީޕީ ހަރުގޭގައެވެ. އަދި ހުޅުމާލޭގައި ރަޖިސްޓްރީ ވެފައިވާ އެމްޑީޕީ މެމްބަރުން ވޯޓުލާން ޖެހެނީ ވޯޓަރ ސްޕޯޓްސް ވަސިންޓެބީޗް ގައި ހުންނަ ވޯޓު ފޮއްޓަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް