Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ޓީވީ

ޙުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ އިންޓަރވިއު ދެއްކުން މަނާކުރިކުރުން ބާތިލް ކުރަން ހުށަހަޅާނަން: ރާއްޖެ ޓީވީ

30 މެއި 2018 | ބުދަ 03:22

އެ އެންގުމަކީ ގާނޫނީ އެއްވެސް ބިންގަލެއް ނެތް އެންގުމެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 30 މެއި 2018 | ބުދަ 03:22
ބްރޯޑްކާސްޓިން ކޮމިޝަނާއި ރާއްޖެ ޓީވީއާއެކު ބޭއްވި ބައްދަލުވުމެއް -- ފައިލް ފޮޓޯ

ބްރޯޑްކާސްޓިން ކޮމިޝަނާއި ރާއްޖެ ޓީވީއާއެކު ބޭއްވި ބައްދަލުވުމެއް -- ފައިލް ފޮޓޯ

ޝަރުޢީ ޙުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަރވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް އަންގައި ނެރުނު ސަކިއުލަރ ބާތިލް ކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ރާއްޖެ ޓީވީން ބުނެފިއެވެ.

ބްރޯޑްކޮމްއިން ނެރުނު ސަރކިއުލާއާ ގުޅިގެން ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސާކިއުލާއަކީ ގާނޫނީ އެއްވެސް ބިންގަލެއް ނެތި، ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރު ނާޖާއިޒު ގޮތުގައި ހިފައި، ބްރޯޑްކާސްޓަރުންނަށް ބިރު ދައްކާ، މީޑިއާގެ މިނިވަން ކަމަށާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގައް އަރައިގަތުމަށް ކުރި ކަމެއް ކަމުގައި ދެކޭކަމަށެވެ. އަދި އެ ސަރކިއުލަރ އަކީ ސިޔާސީ ބޭނުމަކަށް ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގައި ނެރެފައިވާ ސަރކިއުލަރއެއް ކަމަށްވެސް ދެކޭ ކަމަށް ރާއްޖެ ޓީވީން ބުނެ އެވެ.

Advertisement - newsAdvertisement

އެ ސާކިއުލާގައި ހަވާލާދީފައިވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 62 ވަނަ މާއްދާ އަށާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ދެ ގަވާއިދަކަށެވެ. އެއީ ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވާއިދާއި ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދަށެވެ.

ސަކިއުލަރ ގައި ވަނީ "ސިޔާސީ ޕާޓީއާއި، ޖަމްޢިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ޙުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެއެވެ".

ރާއްޖެ ޓީވީން ބުނީ ބްރޯޑްކާސްޓިން ކޮމިޝަނުން ވަރަށް ކުއްލި ގޮތަކަށް ނެރުނު ސާކިއުލާގައި ގާނޫނުގެ 62 ވަނަ މާއްދާ ހަވާލާދީފައި އޮތަސް، ސަކިއުލަރ އެ މާއްދާގެ ތަފްސީލުގެ ގޮތުގައި ލިޔެފައިވަނީ ގާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ ވާހަކަ އެވެ. ގާނޫނުގެ 63 ވަނަ މާއްދާގައި ވަނީ، ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވާކަމަށެވެ. ބަޔާނުގައި ހަވާލާދީފައިވާ 62 ވަނަ މާއްދާގައި ބުނެފައިވަނީ، ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ބ) ގައި، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކަށް، ދިވެހިރާއްޖޭގެ ތަބީއީ މުއްސަނދިކަމާއި، ދަތުރުފަތުރު ކުރުމުގެ ވަސީލަތްތަކާއި، ދައުލަތުގެ ހަބަރު ފަތުރާ ވަސީލަތްތަކާއި، ހުރިހާ ބާވަތެއްގެ މުއާސަލާތީ ހިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ހޯދޭނެ މަގު ފަހިކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށް މެނުވީ، ގައިދީންނާއި ބަންދު މީހުންނަށް އެ ހައްގުތައް ލިބިގެނެއް ނުވާކަމަށެވެ.

ރާއްޖެ ޓީވީން ބުނީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސާކިއުލާގައި ދެ މާއްދާގެ ތަރުތީބު ނަންބަރު އޮޅުވާލާފައިވާއިރު، އަމަލުކުރަންވީ ކޮން މާއްދާއަކަށް ނޭނގޭ މިންވަރަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ޒިންމާ ދޯދިޔާވެގެން ގޮސްފައިވާކަން ފާހަގަ ވުމަކީ ލަދުވެތި ކަމެއްކަމަށެވެ. ގާނޫނާއި ގަވާއިދުން ވެސް ފެންނަ އޮތް ގޮތުގައި، ގައިދީއެއްގެ އިންޓަވިއު އެއް ނުވަތަ ބަޔާނެއް ގެނެސްދީގެން ބްރޯޑްކާސްޓަރަކު ޒިންމާ އުފުލާކަށް ނުޖެހޭނެ ކަމަށާއި އެފަދަ ކަމެއް ބްރޯޑްކާސްޓިން ކޮމިޝަނުން ސަމާލުކަމަށް ވެސް ގެނެސްފައެއް ނެތްކަމަށް ރާއްޖެ ޓީވީން ވަނީ ބުނެފައެވެ. އަދި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި އަބުރާ ބެހުމުގެ ގާނޫނުގައި ވެސް އެފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓަރަކަށް ބްރޯޑްކާސްޓް ކުރުން މަނާ ކޮށްފައެއް ވެސް ނެތް ކަމަށާއި މިކަންކަން މިހާ ސަރީހަކޮށް އެނގެން އޮއްވައި، ކޮމިޝަންގެ ދެ މެމްބަރަކު އިސްވެ ތިއްބަވައިގެން، އަދި ބައެއް މެމްބަރުން މާލޭގައި ވެސް ނެތި މިފަދަ ނުރައްކާތެރި އިންޒާރުގެ ސާކިއުލާއެއް ނެރުމަކީ، މިހާރު ވެސް އެ ކޮމިޝަނުން ހަނިކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަން އިތުރަށް ހަނިވެގެން ދިޔަ ކަމެއްކަމަށް ރާއްޖެޓީވީގެ ބަޔާނުގައިވަނީ ބުނެފައެވެ.

ސާކިއުލާގައި ބަޔާންކޮށްފައިވާ ކަންކަން ސާފުކުރުމަށާއި، އެ ސާކިއުލާއާ ހަވާލާ ދޭއިރު، ދެއްކޭނެ ކޮންޓެންޓާއި ނުދެއްކޭނެ ކޮންޓެންޓަކީ ކޮބައިކަން ގާނޫނެއްގެ މާއްދާއަކާ ހަވާލާދީ ބްރޯޑްކާސްޓިން ކޮމިޝަނަކަށް ނުދެއްކުނު ކަމަށާއި އޭގެ ބަދަލުގައި ރާއްޖެ ޓީވީން މިކަން ސާފު ކުރަން އުޅުމުން ލިބުނީ އިތުރު އިންޒާރުކަމަށް އެސްޓޭޝަނުން ވަނީ ބުނެފައެވެ. އަދި ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ ކަމަށް ބްރޯޑްކޮމްއިން ބުނެފައިވާކަމަށްވެސް ރާއްޖެޓީވީން ވަނީ ބުނެފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން މި ނެރުނު ސާކިއުރލައަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށާއި ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށާއި، ބްރޯޑްކާސްޓަރުންނަށް ބިރުވެރި ކަމެއް ނެތި މިނިވަން ކަމާއެކު މަސައްކަތް ކުރުމަށް ތަނަވަސްވާން ޖެހޭ މާހައުލަށް ހުރަސް އެޅުމުގެ ގޮތުން އަދި ގާނޫނީ އެއްވެސް ބުރަދަނެއް ނެތި ވަކި ފަރާތަކުން އެންގީތީ އެންގި ކަމެއް ކޮށްލުމުގެ ބޭނުމުގައި ނެރުނު ސާކިއުލާ އެއް ކަމަށް ގަބޫލު ކުރެވޭތީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަގްސަދުގައި އެ ސަރކިއުލަރ ބާތިލް ކުރުމަށް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ރާއްޖެ ޓީވީގެ ބަޔާނުގައިވެ އެވެ. އަދި އެ ސްޓޭޝަނުން އުއްމީދު ކުރަނީ ހައްގު ހޯދުމަށް ތެދު ނިޔަތުގައި ކުރަންޖެހިފައިވާ މިންނެތް މަސައްކަތުގެ ތެރެއިން މިކަންވެސް ކާމިޔާބުވުމުގެ ތައުފީގް މިންވަރުވުންކަމަށްވެސް ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 މެއި 2017

ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

03 މެއި 2017
ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި
21 އެޕްރީލު 2017

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި

21 އެޕްރީލު 2017
ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
20 ފެބުރުއަރީ 2017

ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

20 ފެބުރުއަރީ 2017
ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް