Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕްރައިމަރީ 2018

ހަސަން ލަތީފްގެ ރައްދު އަމީނަށް: ދުރުގައި ތިބި ބޭފުޅުންނަށް ކަންކަން ސާފުވެފައި ހުންނަލެއް ކުޑަކަމަށްވެދާނެ

29 މެއި 2018 | އަންގާރަ 14:47

އަމީން އިބްރާހިމް ވިދާޅުވީ ނަޝީދު ޕްރައިމަރީ އަށް ނުކުތުމަކީ ރައްޔިތުން މާޔޫސް ކުރުވާ ކަމެއް ކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 29 މެއި 2018 | އަންގާރަ 14:47
ރައީސް ނަޝީދުގެ ޕްރައިމަރީގެ ކެނޑިޑެސީ ފޯމާއި ހަސަން ލަތީފް ހަވާލުވެވަޑައިގަންނަވަނީ

ރައީސް ނަޝީދުގެ ޕްރައިމަރީގެ ކެނޑިޑެސީ ފޯމާއި ހަސަން ލަތީފް ހަވާލުވެވަޑައިގަންނަވަނީ

އެއް ކެނޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން ކުރީގެ މިނިސްޓަރު އަމީން އިބްރާހިމް ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ރައްދުދެއްވައިފިއެވެ.

"މިހާރު" އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވާ އަމީން އިބްރާހިމް ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޕްރައިމަރީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައި ރިޔާސީ އިންތިޚާބުގެ ޓިކެޓު ހޯއްދެވުމަށް، އިދިކޮޅު ކޯލިޝަނާ ވަކިން މަސައްކަތްޕުޅު ކުރެއްވުމަކީ ރައްޔިތުން މާޔޫސް ކުރުވާ ކަމެއް ކަމަށެވެ. އަދި ނަޝީދު އަމަލު ކުރައްވާ ގޮތުން ކޯލިޝަންގެ ތެރޭގައި އެއްވެސް ގުޅުމެއް ނެތް ކަމާއި ބައިބައިވެފައިވާ ކަމަށް އާންމުންނަށް ހީވާ ކަމަށާއި، އޭގެ ނަތީޖާއަކީ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މީހުން، ނަޝީދާ ހެދި މާޔޫސްވެ، ކޯލިޝަނަށް ކުރާ އުންމީދު ފަނޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަމީންގެެ އެ ވާހަކަތަކަށް ރައްދުދެއްވައި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދަޅުވީ އެއް ކެނޑިޑޭޓަކު ނެރުމަށް އެކުލަވާލި އިދިކޮޅު އިއްތިހާދުގެ ކޮމެޓީގައި ޖުމްހޫރީ ޕާޓީގެ ދެ ބޭފުޅުން ތިއްބަވާ ކަމަށެވެ. އަދި އިދިކޮޅު އިއްތިހާދުގައި އެއްބަސްވެފައި ހުރި ކަންކަން އެ ދެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ބެލެވެނީ ދުރުގައިި ތިބި ބޭފުޅުންނަށް ކަންކަން ސާފުވެފައިި ހުންނަލެއް ކުޑައީކަން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނު ވިދާޅުވަމުންގެންދަވަނީ ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރެވޭނެ ކަމަށެވެ. އަދި އެއް ކެނޑިޑޭޓަކު ނެރުމާ މެދު ޕާޓީތަކުން ގޮޮތެއް ނިންމާނީ ޕްރައިމަރީއަށް ފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅިފައިވާ އިއްތިހާދުން އެއް ކެނޑިޑޭޓަކު ނެރުމަށް އަށާރަ ނަވާރަ ކޮމެޓީގެ ނަމުގައި ކޮމެޓީއެއް ވަނީ އުފައްދާފައެވެ. ނަމަވެސް އެ ކޮމެޓީގެ ނިންމުންތަކެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެ ކޮމެޓީގައި ކޮންމެ ސިޔާސީ ލީޑަރެއްގެ ފަރާތުން ދެ ބޭފުޅުން ތިއްބަވައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް