ގއ. ވިލިނގިލީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އެރަށު ތެލިޔޯސް ކެފޭ ކަންމަތީގައެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ 03:15 ގައި ކަމަށެވެ.
ދެ ސައިކަލެއްޖެހި ހިނގި މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ ތިން ފިރިހެނުންނަށެވެ. އަދި މި އެކްސިޑެންޓް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
މިތިން މީހުންނަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މިކަމާ ގުޅޭ ގޮތުން ގއ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ނަޒްލީން ނަޖީބު ވިދާޅުވީ، އެކްސިޑެންޓްވީ ވަގުތު ބޯ މޭޕެންޓް މަތީގައި ޖެހުނު އުމުރުން 33 އަހަރުގެ މީހާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން އަނިޔާވި އެކެއްގެ ފައި ބިންދައިގެން ދިޔަ އިރު ތިންވަނަ މީހާގެ މޫނު މަތި މަށައިގެން ގޮސްފައިވާ ކަމަށެވެ. ތިން މީހުންނަށްވެސް ބޮޑެތި އަނިޔާތަކެއް ލިބުނު އިރު ބޮލަށް އަނިޔާވި މީހާގެ ހާލު ކްރިޓިކަލް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޖީބު ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި މީހުން ޗަރޓާޑް ފްލައިޓެއްގައި މާލެއަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ގާތްގަނޑަކަށް އަންގާރަ ދުވަހުގެ ރޭ 09:15 ހާއިރު ފްލައިޓް ކޫއްޑޫ އެއަރޕޯޓަށް ޖައްސާނެ ކަމަށެވެ.