Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިންސީ ގޯނާކުރުން

އެމްޕީއެލްގެ ކްލިއަރެންސް ޑިޕާޓްމެންޓުގެ ހެޑް މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އޮއްބާލަން އުޅޭ ކަމަށް އަޑު ފެތުރެން ފަށައިފި

އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަނެއްކާވެސް ވަރަށް އަވަހަށް އަނބުރާ ކްލިއަރެންސް ޑިޕާޓްމެންޓަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2024 | އާދީއްތަ 10:28
އެމްޕީއެލް ކްލިއަރެންސް ޑިޕާޓްމެންޓްގެ ހެޑް، ޑެޕިއުޓީ ޖެނެރަލް މެނޭޖަރ - ކަރގޯ ކްލިއަރެންސް ސައުދުﷲ މުހައްމަދު

އެމްޕީއެލް ކްލިއަރެންސް ޑިޕާޓްމެންޓްގެ ހެޑް، ޑެޕިއުޓީ ޖެނެރަލް މެނޭޖަރ - ކަރގޯ ކްލިއަރެންސް ސައުދުﷲ މުހައްމަދު

އެމްޕީއެލް ކްލިއަރެންސް ޑިޕާޓްމެންޓްގެ ހެޑް، ޑެޕިއުޓީ ޖެނެރަލް މެނޭޖަރ - ކަރގޯ ކްލިއަރެންސް ސައުދުﷲ މުހައްމަދު، އެމްޕީއެލްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ އެއް އޮއްބާލަން އުޅޭކަމުގެ އަޑުފެތުރިއްޖެއެވެ.

ރާއްޖެ އެމްވީ އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލަ އެމްޕީއެލްގެ ހެރެސްމެންޓް މައްސަލަތައް ބަލާ ކޮމިޓީ އަށް ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް އެ މައްސަލަ ނުބަލާ އޮއްބާލަން އުޅޭކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ބައެއް އާއްމުން ދަނީ ހިއްސާކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ ސައުދު އަކީ މިހާރު އެމްޕީއެލްގެ ސީއީއޯގެ މަޤާމުގައި ހުރި މުހައްމަދު ވަޖީދު އިބްރާހިމް އާއި ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން، ސައުދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ކަމާ ގުޅުން ހުރި ކޮމިޓީތަކަށް ހުށަހެޅުމުން، އޭނާ ސަސްޕެންޑްކޮށްފައި ނުވާ ކަމަށް ރާއްޖެ އެމްވީއަށް ވަނީ އިތުބާރު ހުރިގޮތަކަށް މައުލޫމާތުލިބިފައެވެ.

Advertisement - newsAdvertisement

ހަމައެހެންމެ ސައުދު އާއި މެދު މިފަދަ ތުހުމަތުތަކެއް ކުރެވުނު ފަހުން ކުއްލި ގޮތަކަށް އޭނާ ޗުއްޓީ ނަގާފައިވާ ކަމަށް ވެސް ރާއްޖެ އެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ވަގުތީ ގޮތުން އޭނާ ކްލިއަރެންސް ހިންގުމުން ދުރުކުރި ކަމުގައި ވީނަމަވެސް، މި ވަގުތު ވެސް އޮޕަރޭޝަން ހިންގުމުގެ އިރުޝާދުތައް އޭނާ ދަނީ ދެމުން ކަމަށް މައުލޫމާތު ލިބިފައެވެ. އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަނެއްކާވެސް ވަރަށް އަވަހަށް އަނބުރާ ކްލިއަރެންސް ޑިޕާޓްމެންޓަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހެރެސްމެންޓް ކޮމިޓީގައި ތިބި މީހުންނާއި ސައުދު އާއި ގާތް ގުޅުމެއް އޮތުމުގެ ސަބަބުން މި މައްސަލަ ނުބަލަނީ ކަމަށް ތުހުމަތުކުރެވޭ ކަމަށް މި މައްސަލަ އާއި ގުޅުން ހުރި މައުލޫމާތު އެނގޭ މީހަކު ވަނީ ރާއްޖެ އެމްވީ އާޢި މައުލޫމާތު ހިއްސާކުރަމުން ބުނެފައެވެ.

މީގެ ކުރިން އެމްޕީއެލްގައި މިފަދަ އަމަލެއް ހިންގި ފަރާތަކާއި މެދު ކުންފުނީގެ އޭރުގެ ވެރިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެހެންނަމަވެސް މިފަހަރު މި މައްސަަލަ އޮއްބާލުމަށް ކުންފުނީގެ އިސް ފަރާތްތަކުން ޕްރެޝަރކުރުމާއި، މިއީ މާބޮޑު މައްސަލަ އެއް ނޫންކަމަށް ހަދަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ރާއްޖެ އެމްވީ އާއި ވާހަކަދެއްކި ބައެއް މަސްދަރުތަކުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުސެއިން ޕޮލިސް ހެޑް ކުއާޓާޒްއަށް ހާޒިރުކުރެވުނު އިރު ވަނީ އަނިޔާކޮށްފައި: މަހްފޫޒް

ހުސެއިން ޕޮލިސް ހެޑް ކުއާޓާޒްއަށް ހާޒިރުކުރެވުނު އިރު ވަނީ އަނިޔާކޮށްފައި: މަހްފޫޒް

16 ފެބުރުއަރީ 2018
އެމްޕީއެލްގެ ޙިދުމަތްތައް އާދީއްތަ ދުވަހު މެދުކަނޑާލަނީ

އެމްޕީއެލްގެ ޙިދުމަތްތައް އާދީއްތަ ދުވަހު މެދުކަނޑާލަނީ

30 ޑިސެމްބަރު 2017
އެމްޕީއެލްގެ ޕޮލިސީއާ ހިލާފަށް ރިޓަޔާކުރި މީހަކަށް ވަޒީފާ ދޭން އަންގައިފި

އެމްޕީއެލްގެ ޕޮލިސީއާ ހިލާފަށް ރިޓަޔާކުރި މީހަކަށް ވަޒީފާ ދޭން އަންގައިފި

18 ޑިސެމްބަރު 2017
ކުޅުދުއްފުށީ ބަނދަރުމަތީ ބެނާ ދަމަން އެމްޕީއެލްގެ 35 މީހުން ތިންރޭ ތިން ދުވާ

ކުޅުދުއްފުށީ ބަނދަރުމަތީ ބެނާ ދަމަން އެމްޕީއެލްގެ 35 މީހުން ތިންރޭ ތިން ދުވާ

13 ނޮވެމްބަރު 2017
ނޮވެމްބަރ ތިނެއްގައި ދުޝްމަނުންގެ ކިބައިން ސިފައިންގެ ހެޑްކުއާޓާޒް ސަލާމަތް ކުރީ އިންޑިއާ ސިފައިނެއް ނޫން: އިބްރާހިމް ދީދީ

ނޮވެމްބަރ ތިނެއްގައި ދުޝްމަނުންގެ ކިބައިން ސިފައިންގެ ހެޑްކުއާޓާޒް ސަލާމަތް ކުރީ އިންޑިއާ ސިފައިނެއް ނޫން: އިބްރާހިމް ދީދީ

04 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު