ކ. މާލެ
|
28 މެއި 2018 | ހޯމަ 16:10
ސުނާމީ ބިނާ ސަރަހައްދު
ސުނާމީ ބިނާ ސަރަހައްދު
މުހައްމަދު ޝަރުހާން
ރާއްޖޭގެ މޫސުން
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
23 މޭލައި 29 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ
ކަނޑުތައް ގަދަވާނެ
ބައެއް ރަށްތަކަށް އުދައިގެ އަސަރު ވެސް ކޮށްފާނެ

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބަށް ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އާންމު ގޮތެއްގައި 23 މޭލައި 29 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މިދުވަސްވަރު ދަތުރު ފަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ ދަތުރު ކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރެއެވެ.

އުތުރާއި މެދުތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރެއެވެ.

ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް