ކ. މާލެ
|
28 މެއި 2018 | ހޯމަ 12:25
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
އަޒުމޫން އަހުމަދު
މީރާ ކޯޓު މައްސަލަތައް
8.3 މިލިއަން ރުފިޔާ ހޯދުމަށް 15 މީހެއްގެ މައްސަލަ އަނެއްކާވެސް މީރާއިން ކޯޓަށް ހުށަހަޅައިފި
ޖީއެސްޓީ ނުދައްކާ މައްސަލަތައް ހިމެނޭ
ބީޕީޓީ ނުދައްކާ މައްސަލަ ހިމެނޭ
ލީސް ރެންޓް ނުދައްކާ މައްސަލަ ހިމެނޭ

ޓެކްސް ނުދައްކާ 15 ފަރާތެއްގެ މައްސަލަ މީރާ އިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

 ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލަ ތަކުގައި 8.3 މިލިއަން ރުފިޔާ ހޯދުމަށް ވަނީ އެދިފަ އެވެ. ވަކިވަކިން 15 ފަރާތެއްގެ އަތުން ފައިސާ ހޯދުމަށް މައްސަލަ ހުށަހަޅާފައިވާ އިރު ކުންފުނިތަކާއި އަމިއްލަ ފަރާތްތައްވެސް މި މައްސަލަތަކުގެ ތެރޭގައި ހިމެނެ އެވެ.

 މި މައްސަލަތަކުގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ނުދައްކާ ހުރި ފައިސާ އާއި ކަނޑައެޅިފައިވާ ތާރީހަށް ޖީއެސްޓީ ބަޔާން ހުށަނޭޅުމުން އަރައިފައިވާ ޖޫރިމަނާ ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލަތައް ހިމެނެ އެވެ

މީގެ އިތުރުން ލީސް ރެންޓާއި ލީސް ރެންޓް ދައްކަން ޖެހި ނުދައްކެމުގެ ސަބަބުން ޖޫރިމަނާ އަށްވާ ފައިސާ ހޯދުމަށް ވަނީ އެދިފަ އެވެ. ބީޕީޓީ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދެއްކި މައްސަލަތައް ވެސް މީރާ އިން ވަނީ ހުށަހަޅާފަ އެވެ.

 މި މައްސަލަތައް ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ އިރު މީރާއިން ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް ސިވިލް ކޯޓުގައި ދަނީ ކުރިއަށްދަމުންނެވެ. އެގޮތުން މެއި މަހުގެ ތެރޭގައި އެކަނިވެސް 25 މައްސަލައެއް  ސިވިލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް