ކ. މާލެ
|
25 މެއި 2018 | ހުކުރު 00:55
ޝައިނީ ކުރީގެ ނައިބު ރައީސް އަދީބް އާ އެކު ސެލްފީ ނަންގަވަނީ
ޝައިނީ ކުރީގެ ނައިބު ރައީސް އަދީބް އާ އެކު ސެލްފީ ނަންގަވަނީ
ވީނިއުސް
މުހައްމަދު ޝައިނީ
"ޝައިނީ އަކީ ޗީޕް އޮޕޮޗުނިސްޓެއް"
"ޔާމީން އާ ޖަމީލް އިންތިޚާބުވެ ވަޑައިގެންނެވި އިރު ޝައިނީ ކޮބާތޯ"
"ޝައިނީ އަށް ވަޒީފާ ހަމަ ޖެހުނީ އެމްޑީއޭގެ ތެރެއިން"
"ކެމްޕޭންގައި ޕްރޮގްރާމަކަށް އެރުމަށް ދެންނެވުމުން ދެކޮޅު ހެއްދެވި"

ރާއްޖޭގެ ވެރިކަމަށް ޔާމީން އާއި ޖަމީލް އިންތިޚާބުވެ ވަޑައިގެންނެވި އިރު މިހާރުގެ ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ޝައިނީ ހުންނެވީ ކޮންތާކުތޯ ސުވާލު ކުރައްވާ، ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ވަރުގަދަ ބަހުގެ ހަމަލާ އެއް ޝައިނީ އަށް ދެއްވައިފިއެވެ.

ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުޙައްމަދު އަހްމަދު ޝައިނީ އަށް އަމާޒު ކުރައްވާ ޓްވީޓްގައި ވިދާޅުވީ 2013 ވަނަ އަހަރު ޔާމީން އާއި ޖަމީލް އިންތިޚާބުވެ ވަޑައިގެންނެވި އިރު ޝައިނީ އަކީ ފެންނަންވެސް ހުރި ބޭފުޅެއް ނޫން ކަމަށެވެ.

ޝައިނީގެ ހަގީގަތްތައް ހާމަ ކުރައްވަމުން މުޙައްމަދު އަހްމަދު ވިދާޅުވީ، އޭރު ކެމްޕޭންގެ ތެރޭގައި ޕްރޮގްރާމެއްގައި ބައިވެރިވެ ދެއްވުމަށް ޝައިނީ އަށް ދެންނެވުމުން އެކަމަށް ވެސް ޝައިނީ އިންކާރު ކުރެއްވި ކަމަށެވެ.

މުހައްމަދު އަހްމަދު ވިދާޅުވީ، ޝައިނީ އަށް މިނިސްޓަރު ކަން ލިބިވަޑައިގަތީ، ސަން ސިޔާމްގެ އެމް.ޑީ.އޭ ގެ ތެރެއިން ކަމަށެވެ.

މުހައްމަދު އަހްމަދުގެ ޓްވީޓްގައި ޝައިނީ ސިފަ ކުރައްވާފައިވަނީ "ޗީޕް އޮފޮޗުނިސްޓެއް" ގެ ގޮތުގައެވެ.

މުހައްމަދު އަހްމަދު ޝައިނީ އަށް އަމާޒު ކުރައްވާ ފޮނުއްވި ހޫނު ބަސްތައް ނިންމާލައްވަމުން ވިދާޅުވެފައިވަނީ ޝައިނީ އަކީ އެއްވެސް ގަދަރެއް ލިބިފައިވާ ފަރާތެއް ނޫން ކަމަށާއި އަދި ޝައިނީ ބައިވެރިވާ ސަރުކާރަކީ ވެސް ގަދަރެއް ލިބިފައިވާ ސަރުކާރެއް ނޫން ކަމަށެވެ.

ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަހްމަދުގެ ޓްވީޓާ ގުޅޭ ގޮތުން ޝައިނީ އަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
25 މެއި 2018 | ހުކުރު 10:10
ދެކޭމީހާކިޔާމީހާ
ތިފެންވަރުގެމީހަކު ތިފަދަ ކޮމެންޓެއްކުރާއިރު އެކަށީގެންވާހެކިނެތި ކޮމެންޓެއް ކޮށްފާނެކަނާއިމެދު އެއްވެސް ޝައްކެއް ނުއުފެދެއެވެއެވެ ިހަމަގައިމުވެސް ޢަދީބުގެއަރިއަހުގައި އެއުޅުއްވިގޮތްކޮޅާއި ޢަދީބުގެވައި ކެޓުމާއިއެކު ކަންވެގެންދިޔަގޮތާއި، ކުއްލިއަކަށް ވައިގަހިފައި، ހުޝިޔާރުކަމާއިއެކު، ރައީސްގެ މާއަރިސްބޭފުޅަކަށްވުމުގެއިތުރަށް ފިސާރިއަކަށް ވާހަކަދެއްކޭ ބޭފުޅަކަށްވެދިޔަތަންވެސް އޮތީ ފެކިފައެވެ
25 މެއި 2018 | ހުކުރު 09:04
އަދުރޭ
ރައީސް ޔާމީން ވަރަށް ގަޔަވާ ބޭފުޅެއް.. ސަބަބެއް ނޭނގެ.. އިލެކްޝަންސް ގެ ތެރޭގައި ނުފެނި ކުއްލިއަށް ފާޅުވި ބޭފުޅެއް. އޭގެ ފަހުން ދެން ނޭގެ.. ހީލައިކްސް ހިމް އަ ލޮޓް ކަމަށް ވަނީ...
25 މެއި 2018 | ހުކުރު 09:03
މުހައްމާ
ތި ނޫން މީހެއް ދައްކަބަލަ ރައީސް ޔާމީން ކައިރިން؟
25 މެއި 2018 | ހުކުރު 09:02
އަލީ
ވަރަށް ބަރާބަރު ވާހަކަ އެއް. މުލަދާ ތަކެތި އިންސާނުންނަށް ދައްކަވަނީ އިމްތިހާނަކަށް، ފައިސާ ކޮލެއް ފެންނަ އިރަށް އެތައް މިތަނަށް ދުވާ މީހުން މި ފެންނަނީ...އޭރު އަދީބު، އަދީބުގެ ބާރު ކެނޑުނީ ނުވެސް އެނގޭކަމަށް ހަދައިގެން އުޅެނީ..އޭރު ފުއް ޖަހައިގެން އަދީބާ އެކީ ފޮޓޯ އެއް ނަގައިގެން ނޫނީ ލޮލަށް ނިދިވެސް ނަދޭ
24 މެއި 2018 | ބުރާސްފަތި 21:53
ބޯގޯސް
'އެކްސްޕެނިވް' އޮޕޯޓުނިސްޓުންނެއް ނޫލޭނެ. އެއްމެންނަކީވެސް ޗީޕް ބައެއް. ހެޑިންގޯސް
24 މެއި 2018 | ބުރާސްފަތި 20:47
Tok
Mives khabareh dhw