Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާމިރު އަދި ވިސާމް މައްސަލަ

ވިސާމް އާއި އާމިރުގެ މައްޗަށް ތުހްމަތު ކުރި މައްސަލައިގައި ހެއްކެތް ނެތް ކަމަށް ފުލުހުން އިއުތިރާފުވެއްޖެ

23 މެއި 2018 | ބުދަ 16:46

މި ތުހްމަތުގައި ވިސާމް އާއި އާމިރު ހައްޔަރުކޮށްގެން 11 ދުވަހު ގެންގުޅުނު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 23 މެއި 2018 | ބުދަ 16:46
ރާއްޖެޓީވީގެ ސީނިއަރ ވީޑިއޯ ޖާރނަލިސްޓް މުހައްމަދު ވިސާމާއި ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް

ރާއްޖެޓީވީގެ ސީނިއަރ ވީޑިއޯ ޖާރނަލިސްޓް މުހައްމަދު ވިސާމާއި ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް

ރާއްޖެޓީވީގެ ސީނިއަރ ވީޑިއޯ ޖާރނަލިސްޓް މުހައްމަދު ވިސާމާއި ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމްގެ މައްޗަށް އިންޓަރނެޓް މެދުވެރިކޮށް ބިރުދެއްކި ކަމަށް ފުލުހުން ކުރި ތުހްމަތުގައި އެކަށީގެންވާ ހެއްކެތް ނެތް ކަމަށް އިއުތިރާފުވެ އެކަން އެ ދެމީހުންނަށް އަންގައިފި އެވެ.

ފުލުހުންގެ ޔުނިފޯމުގައި ތިބެ ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އުފައްދައި ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރީ ވިސާމް އާއި އާމިރު ކަމަށް ތުހްމަތުކޮށް އެ ދެ މީހުން ހައްޔަރުކޮށްފައިވެ އެވެ. މާޗް 16، 2018 ވަނަ ދުވަހުގެ ރޭ އެމީހުން ހައްޔަރުކޮށް ޖެހިގެން އައި ދުވަހު އެމީހުންގެ ބަންދު އިތުރު ކޮށް ދޭން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުމުން އެމީހުންގެ ބަންދަށް 10 ދުވަސް އިތުރުކޮށް ދީފައިވެ އެވެ.

Advertisement - newsAdvertisement

އެއްވެސް ހެއްކެއް ނެތި އެ ދެ ނޫސްވެރިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައި އޭރު ވަނީ ހަމަ އެކަނި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް އޮތް ކަމަށް ފުލުހުން ބުނުމުންނެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކޮށްދޭން ފުލުހުން އެދުމުން ކޯޓުން ވަނީ އެކަން ކޮށްދޭނެ ތަނެއް ނެތް ކަމަށްބުނެ އެ ދެމީހުން ދޫކޮށްލަން އަމުރު ކޮށްފަ އެވެ.

ވިސާމަށް ފުލުހުން ފޮނުވި ބަޔާން

އަދި އޭގެ ފަހުން ބުދަ ދުވަހު އާމިރު އާއި ވިސާމް އަށް ފުލުހުން ފޮނުވާފައި ލިޔުމުގައި ވަނީ އެ ދެ މީހުންގެ މައްޗަށް ކުރި ތުހްމަތާ ގުޅިގެން އެކަށީގެންވާ ހެއްކެތް ނެތުމުން އެ މައްސަލަ މިހާރު ފައިލް ކޮށްފައިވާ ކަމަށެވެ.

މި ދެ ނޫސްވެރިންނާ އެކު ހަމަ މިމައްސަލާގައި ހައްޔަރު ކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ރައީސް އަދި މީޑިއާ ކޯޑިނޭޓަރު ހަސަން އިސްމާއީލް އެވެ. ނަމަވެސް އޭނާގެ ބަންދަށް އިތުރުކުރި ފަސް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، މުއްދަތު އިތުރުނުކޮށް، ކްރިމިނަލް ކޯޓުން ވަނީ އޭނާ ވެސް ދޫކޮށްލާފައެވެ.

ވިސާމާއި އާމިރު ހައްޔަރު ކުރީ، ރާއްޖެ ޓީވީއަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދޭ ސްޓޭޝަނެއް ކަމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމް ބުނެފައިވާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖެ ޓީވީ ނައްތާލުމަށް ވެސް ގޮވާލާފައި ވަނިކޮށެވެ.

ވިސާމް އާއި އާމިރު ހައްޔަރު ކުރީ އެއްވެސް ހެއްކެތް ނެތި ކަމަށް ރާއްޖެޓީވީން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދިޔައީ ބުނަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް