Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕްރައިމަރީ

ޕްރައިމަރީއަށް ނުފޫޒު ނުފޯރުވަން އެމްޑީޕީއިން އިލެކްޝަންސްއަށް އަންގައިފި!

23 މެއި 2018 | ބުދަ 14:25

ކެންޑިޑެސީއާއިމެދު ގޮތެއް ނިންމުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަކަށް ނެތް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 23 މެއި 2018 | ބުދަ 14:25
ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ފުރުއްވަނީ

ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ފުރުއްވަނީ

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުފޫޒު ނުފޯރުވަން އެޕާޓީއިން އިލެކްޝަންސް ކޮމިޝަނަށް އަންގައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރަން ފުރުސަތު ދީފިނަމަ އެމްޑީޕީ އުވާލާނެކަމުގެ އިންޒާރުދީ، އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގެ ޖަވާބުގައި އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ސޮއެކުރައްވައި އެމްޑީޕީއިން ފޮނުވި ސިޓީގައި ވަނީ އެޕާޓީއާއި ދޭތެރޭ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތަކީ ކަނޑައެޅިިގެން ޤާނޫނާއި ޚިލާފް އަމަލުތަކެއްކަމަށް ސިފަކޮށްފައެވެ. އެހެންކަމުން އެކަން ކުރުން ހުއްޓުމަށް އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސްކުރާކަމަށް އެމްޑީޕީގެ ސިޓީގައިވެއެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ސިޓީގައި ރައީސް ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ލިބިދޭ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

އެގޮތުން ކެންޑިޑޭޓެއްގެ ކެންޑިޑެސީއާއި މެދު ސުވާލު އުފެދިއްޖެނަމަ އެމައްސަލައިގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ފުލް ބެންޗުންކަމަށް ޤާނޫނުގައި ބުނެފައިވާތީ، އެބާރަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ، އަދި ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފުލް ބެންޗަށް އެކަނި ލިބިގެންވާ ބާރެއްކަމަށްވާތީ، އެމައްސަލައިގައި އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑޭޓެއްގެ ކެންޑިޑެސީއާއި މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ނޯންނާނެކަމަށް އެމްޑީޕީއިން ފާހަގަކުރެއެވެ.

އަދި ރައީސް ނަޝީދުގެ ޤާނޫނީ ހައްޤެއް ނިގުޅައިގަންނަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަމުންދަނީ ޤާނޫނު އަސާސީގެ އެތައް މާއްދާތަކާއި ޚިލާފަށްކަމަށް އެމްޑީޕީއިން ފާހަގަކުރެއެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިދޭން ޖެހޭކަމަށާއި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ޝަރީޢަތަކީ އިންސާފުން އެއްކިބާވެގެން ކުރެވުނު ޝަރީޢަތެއްކަމަށް އދގެ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުންނާއި، އދގެ ހިއުމަން ރައިޓްސް ކޮމިޓީއިން ނިންމާފައިވާތީ، އެއަށް ރާއްޖެއިން އިހްތިރާމްކުރަން ޖެހޭކަމަށް އެމްޑީޕީއިން ފާހަގަކުރިއެވެ. ސަބަބަކީ ރާއްޖެއަކީ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ސޮއެއްކޮށްފައިވާ ޤައުމަކަށްވެފައި، އެމުޢަހަދާތަކުގެ ދަށުން ނިންމާ ނިންމުންތަކަށް އިހްތިރާމްކުރުމަކީ ރާއްޖޭގެ މައްޗަށް ލާޒިމްކަމަކަށް ވާތީއެވެ.

ހަމަމިއާއެކު، ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވުނު ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކުރަން އަމުރުކޮށްފައިވާތީ، ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް އެމްޑީޕީއިން ބުންޏެެވެ.

އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް ގެންދަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން އެޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށްކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތްތައް ހުއްޓާލުމަށް ދަންނަވާކަމަށް އެޕާޓީގެ ސިޓީގައިވެއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

07 ޖުލައި 2017

އަދީބުގެ ބޭސްފަރުވާއާ ގުޅިގެން ޑޮކްޓަރުންނަށް ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކުރެވޭ: މަހްފޫޒް

07 ޖުލައި 2017
އަދީބުގެ ބޭސްފަރުވާއާ ގުޅިގެން ޑޮކްޓަރުންނަށް ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކުރެވޭ: މަހްފޫޒް
06 މެއި 2017

ވޯޓް ލުމުގެ ވަގުތު އިތުރުކުރީ ގާނޫނާ ހިލާފަށް، މިއީ ވޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް: އެމްޑީޕީ، ޖޭޕީ

06 މެއި 2017
ވޯޓް ލުމުގެ ވަގުތު އިތުރުކުރީ ގާނޫނާ ހިލާފަށް، މިއީ ވޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް: އެމްޑީޕީ، ޖޭޕީ
03 މެއި 2017

ނުފޫޒުތަކަށް ދޫނުދިނުމަށް ރައީސް ނަޝީދު ނޫސްވެރިންނަށް ގޮވާލައްވައިފި

03 މެއި 2017
ނުފޫޒުތަކަށް ދޫނުދިނުމަށް ރައީސް ނަޝީދު ނޫސްވެރިންނަށް ގޮވާލައްވައިފި
27 އެޕްރީލު 2017

މިހާރު ޕީޕީއެމުން މަސައްކަތްކުރަނީ، ވޯޓު ފޮށިތަކުގެ ވެރިންނަށް ނުފޫޒު ފޯރުވުމަށް: ނިޔާޒް

27 އެޕްރީލު 2017
މިހާރު ޕީޕީއެމުން މަސައްކަތްކުރަނީ، ވޯޓު ފޮށިތަކުގެ ވެރިންނަށް ނުފޫޒު ފޯރުވުމަށް: ނިޔާޒް
24 އެޕްރީލު 2017

ވޯޓަށް ނުފޫޒު ފޯރުވުމާއި ރިޝްވަތުގެ ހުށަހެޅުމުގެ ތުހުމަތު ފާރިސް އަށް ވެސް ކޮށްފި

24 އެޕްރީލު 2017
ވޯޓަށް ނުފޫޒު ފޯރުވުމާއި ރިޝްވަތުގެ ހުށަހެޅުމުގެ ތުހުމަތު ފާރިސް އަށް ވެސް ކޮށްފި
07 އެޕްރީލު 2017

ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު

07 އެޕްރީލު 2017
ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު
07 އެޕްރީލު 2017

ޤާސިމް ހައްޔަރުކުރީ ސަރުކާރުން، މަޖިލީހުގެ ވޯޓުތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން: ރިޔާޒް

07 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރީ ސަރުކާރުން، މަޖިލީހުގެ ވޯޓުތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން: ރިޔާޒް
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް