Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ހަސަން ސައީދަށް ކުރާ ދައުވާ ބާތިލް ކޮށްދިނުމަށް އެދި މުހިންމު ނުކުތާތަކެއް

23 މެއި 2018 | ބުދަ 16:36

ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހެޅި ދެ ކަމެއް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 23 މެއި 2018 | ބުދަ 16:36
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަޝަންގެ ކުރީގެ އެޑްމިނިސްޓްރޭޓަރ

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަޝަންގެ ކުރީގެ އެޑްމިނިސްޓްރޭޓަރ

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ހުންނެވި ހަސަން ސައީދުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ހުރަސްއެޅުމުގެ ދައުވާއާ ގުޅިގެން ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަން ފާހަނގަކޮށް މުހިންމު ނުކުތާތަކެއް ދިފާއުން ހުށަހަޅައިފި އެވެ.

ހަސަން ސަޢީދުގެ މައްޗަށް ކުރާ މި ދައުވާއާ ގުޅިގެން ބުދަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ހަސަން ސައީދުގެ ވަކީލް ސަފާ ޝަރީފު ވަނީ މި މައްސަލައިގެ ޝަރީއަތް ހިންގުމަށް ހުރި ގާނޫނީ ހުރަސްތަކުގެ ގޮތުގައި 8 ކަމެއް ފާހަގަ ކުރައްވާފަ އެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށައެޅުންތަކުގެ ގޮތުގައި ހަސަން ސައީދުގެ ފަރާތުން ވަނީ ގާނޫނީ މައްދާތަކާ ހަވާލާދީ މި ދައުވާއަކީ ކުރިއަށް ނުގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައަޅާދޭން އެދިފަ އެވެ.

Advertisement - newsAdvertisement

ސަފާ ވިދާޅުވީ ފުލުހުން ހޯދަމުން ދިޔައިރު ފުލުސް އޮފީހަށް ހާޒިރުނުވި ކަމަށްބުނެ ކޮށްފައިވާ މި ދައުވާގައި ހަސަން ސައީދު ކޮށްފައިވާ ހުއްދަ ނޫން އަމަލަކީ ކޮބައި ކަމެއް އަދި ހުއްދަ ނުވަނީ ކޮން ގާނޫނަކާ ހިލާފުވެގެން ކަމެއް ދައުވާގައި ސާފު ކޮށްދީފައި ނެތްއިރު މިއީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގައި ބަޔާން ކުރާ ކުށުގެ ތެރެއަށް ފެތިގެންދާނެ ވާގިއާ އެއްވެސް ނެތި އަދި ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ގާނޫނުގެ ކުރިމަތީ އެންމެން ހަމަ ހަމަ ވުމުގެ ހައްގުވެސް ހަސަން ސައީދަށް ގެއްލޭ ގޮތަށް ކޮށްފައިވާ ދައުވާއަކަށްވާތީ ދައުވާ ބާތިލްކޮށްދޭން އެެދޭ ކަމަށެވެ.

އަނެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެެއްވީ ހަސަން ސައީދު ހޯދަމުންދިޔައީ ފުލުހުން ކުރަމުންދާ ތަހްގީގަކަށް ކަމަށް އޭރު ބުނެފައިވާއިރު އެ މައްސަލަ ފަހުން ތަހްގީގު ފުލުހުން ކޮށްފައިނުވާއިރު އޭގެ ހަބަރެއް ވެސް މިހާރު ނުވާ ކަމެވެ. އެހެންކަމުން ދައުވާ ލިބޭ ފަރާތުން ކުރި ކަމަށް ބުނާ އަމަލަކީ އެ އަމަލުގެ ސަބަބުން ދައުލަތުގެ މަސައްކަތައް ހުރަސްއެޅިގެންދާ އަމަަލެއް ނޫން ކަމަަށްވާތީ ދައުވާ ލިބޭ ފަރާތުން އުފަންކުރުވި އެއްވެސް ގެއްލުމެއް ނެތުމުން މިއީ ކޯޓުން ބެލުމެެއް ނެތި ދޫކޮށްލަން ޖެހޭ މައްސަލައެއް ކަމަށް ސަފާ ވިދާޅުވި އެވެ.

ދައުވާގެ ފޯމުގައި ޕްރޮސެކިއުޓާ ޖެނަރަލް ނޫން ބޭފުޅަކު ސޮއި ކުރައްވާފައިވާއިރު އެކަން ކުރުމަށް ޕީޖީ ހުއްދަ ދެއްވިކަން ކުރިން އިއުލާން ކޮށް ފައިނުވުމާއި ކުށުގެ އަމަލު ހިންގި ކަމަށްބުނާ ވަގުތާއި ތަން ދައުވާގެ ސީޣާގައި ބަޔާންކުރަން ވާނެ ކަމަށް ޖިނާޢީ އިޖްރާއަތުގެ ގާނޫނުގައި ބުނެފައިވާއިރު އެކަން ބަޔާން ކޮށްފައި ނެތުމުން ދައުވާ ބާތިލް ކޮށްދޭން ވަނީ ހުށަހަޅުއްވާފަ އެވެ.

އޭގެ އިތުރުން ފުލުހުން ހޯދަމުންދިޔަ މީހަކު ފުލުސް އޮފީހަށް ހާޒިރުވެފައިނުވާ ކަމަށް ބުނެ ކޮށްފައިވާ ދައުވާ ސާބިތު ކުރުމަށް ހަސަން ސައީދު އުޅޭ ގެއަށް ދިޔަ ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާތީ އެ ހެކިން ބަލައި ނުގަތުމަށާއި ކްރިމިނަލް ކޯޓުން އޭނާ ހައްޔަރު ކުރުމަށް ނެރުނު އަމުރު ވެސް ބަލައި ނުގަތުމަށް ވަނީ ހުށަހަޅުއްވާފަ އެވެ. އޭގެ ސަބަބެއް ކަމަށް ސަފާ ވިދާޅުވީ ކްރިމިނަލް ކޯޓުން އަދި އަމުރެއް ނެރެފައި އޮތްކަން ހަސަން ސައީދަށް އެނގިފައި އޮތުމަކީ ފުލުހުން އޭނާ ހޯދާކަން އެނގޭނެ ސަބަބަކަށް ނުވުމާއި އެއީ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ އަމުރަކަށް ވުމެވެ. އޭގެ އިތުރުން ސުޕްރީމް ހަސަން ސައީދު ހޯދުމަށް ފުލުހުން ކޯޓު އަމުރެއް ހޯދައި އަމަލުކުރި އިޖްރާއަތްތަކަކީ ސުޕްރީމް ކޯޓުން ފަހުން ބާތިލްކޮށްފައިވާ އިޖްރާއަތްތަކަކަށް ވާއިރު އޭގެ މައްޗަށް ހިންގުނު ތަހްގީގަކަށް ބަލައި މި ދައުވާ ދަށު ކޯޓަށް ހުށަނޭޅޭނެ ކަމަށް ވަނީ ފާހަގަކޮށް މި މައްސަލަ ބާތިލްކޮށްދޭން

ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހަޅާފައިވަނީ ދެ ކަމެކެވެ. އެއީ މި މައްސަލަ ސާބިތުކުރަން ހުށަހަޅާފައިވާ އެންމެ ހެކިންގެ ހެކިބަސް އަޑު ބަދަލުކޮށްގެން ކާކުކަން ނޭނގޭނެ ގޮތަށް ސިއްރުން ހެކިބަސް ނަގާ ދިނުމަށާއި ސިއްރު ހުރިހާ ލިޔުންތަކާއި ހެކިންގެ މައުލޫމާތު ސިއްރުކޮށްފައި ބޭއްވުމުގެ ދާއިމީ އަމުރެއް ނެރެދިނުމަށެވެ. ހެކި ސިއްރުކޮށްދޭން އެދޭ ސަބަބުތައް ކަމަށް ބުނެ ދައުލަތުން ވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 131 ވަނަ މާއްދާގެ (ށ)ގައި ހުރިހާ ސަބަބެއް ނުވަތަ އެ މާއްދާ ހުރި ގޮތައް އަކުރުން އަކުރަށް ހުށަހަޅާފަ އެވެ. އެއީ

1. އެއްވެސް މީހަކަށް ޖިސްމާނީ ނުވަތަ އެކަށީގެންވާ ބޮޑު އިގުތިސާދީ ގެއްލުމެއް ލިބުނު ނުވަތަ ކަމަކަށް މަޖުބޫރުކުރުން ނުވަތަ ތަހްގީގަށް ހުރަސްއެޅުން ނުވަތަ ހެއްކެތްގެ އަސްލު އޮޅުވާލުން ނުވަތަ ހެކި ނައްތާލުން ނުވަތަ ހަލާކުކޮށްލުން ނުވަތަ ގެއްލުވާލުން ނަމަވެސް ދިފާއުން އޭގެ ވަކި ސަބަބެއް ބަޔާން ކޮށްދީފައިނުވާތީ އެކަން ފާހަގަ ކޮށްފަ އެވެ. އަދި ހެކީގެ ގޮތުގައި އިންސާން ހުށަހަޅާފައިވަނިކޮށް ހެކި ސިއްރުކޮށްދޭން އެދެނީ ހެކި ނައްތާލުމާއި ހެކި ހަލާކުކޮށްލުމާއި ހެއްކަށް ބަދަލެއް ގެނެސްފާނެތީ ކަމަށްބުނާއިރު އެކަން ކުރާނީ ކިހިނެތްތޯ ދިފާއުން ސުވާލު އުފެއްދި އެވެ. ރައްދު ދައުލަތުން ބުނީ ހެކިންގެ ވަނަވަރު ހިމެނޭ ލިޔުންތައްވެސް ހުރުމުން އެތަކެތި ދީފި ނަމަ އެއީ ނައްތާލެވިދާނެ ތަކެތި ކަމަށެވެ. ނަމަވެސް ދިފާއުން ވަނީ މީހެއްގެ ވަނަވަރުގެ ކޮޕީއެއް ނައްތާލުމަކީ އެމީހާގެ މައުލޫމާތު ނައްތާލެވޭނެ ގޮތެއް ނޫން ކަމަށްވެސް ފާހަގަކޮށްފަ އެވެ.

ހަމަ އެހެންމެ ހަސަން ސައީދު ހެއްކަށް ނުފޫޒު ފޯރުވައި ކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވާ ކަންކަމަކީ ހަސަން ސައީދަށް ބަންދުގައި ހުރެގެން ކުރުމުގެ ފުރުސަތު އޮންނާނެ ކަންކަން ނޫން ކަމަށްވެސް ދިފާއީ ވަކީލުން ފާހަގަ ކުރެއްވި އެވެ.

ހެކިބަސްދޭ މީހާއަށް ހިމާޔަތް ލިބޭނެ ގޮތައް ހެކިބަސް ނަގާދިނުމަށް 119 ވަނަ މާއްދާގެ ދަށުން ދައުލަތުން އެދޭއިރު އެ ފަދަ ހާލަތު ބަޔާންކުރާ ގާނޫނީ މާއްދާއެއް ބުނެދެވިފައިނުވާ ކަމަށްވެސް ހަސަން ސައީދުގެ ދިފާއީ ވަކީލު ނޫރުއް ސަލާމް ވިދާޅުވި އެވެ. އެއަށް ރައްދެއް ގޮތުން ހެކިވެރިޔާއަށް ހިމާޔަތްލިބޭނެ ގޮތައް ހެކިބަސް ނެގުމަކީ ބަލައިގެންފައިވާ އިޖްރާއަތެއްކަން ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކުން ވެސް އެނގޭ ކަމަށް ދައުލަތުގެ ވަކީލު އަހްމަދު ނައުޝާދު ވިދާޅުވި އެވެ. ނަމަވެސް ނޫރުއް ސަލާމް ވިދާޅުވީ އެ ހަވާލާދޭ ހުކުމަކީ ޖިނާޢީ އިޖްރާއަތުގެ ގާނޫނު އައުމުގެ ކުރިން ދަށު ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ހައި ކޯޓުން ކޮށްފައިވާ ހުކުމެއް ކަމަށެވެ.

ނޫރުއްސަލާމް ވިދާޅުވީ ހެކިވެރިޔާއަށް ހިމާޔަތްލިބޭނެ ގޮތައް ހެކިބަސް ނެގޭނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި ބުނެފައިވާ ގޮތައް ކަމަށާއި އެ މާއްދާގައި ބުނަނީ ހެއްކާބެހޭ ގާނޫނުގައި ސިއްރުން ހެކިބަސް ނެގޭނެ ކަމަށް ކަނޑައަޅާފައިވާ ގޮތްތަކަށް ހެކިބަސް ނެގިދާނެ ކަމަށެވެ. ނަމަވެސް ހެއްކާ ބެހޭ ގާނޫނުގައި ހެކިވެރިޔާއަށް ހިމާޔަތްލިބޭނެ ގޮތައް ހެކިބަސް ނެގޭނެ ގޮތައް ކަނޑައަޅާފައިނުވެ އެވެ.

ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ މި ކަންކަމާމެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް