Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނިޕާ ވައިރަސް

ނިޕާ ވައިރަސް: އިންޑިއާގައި ފެތުރެމުންދާ މި ބަލީގެ ހަޤީޤަތަކީ ކޮބާ؟

މި ބައްޔަށް މިހާތަނަށް ބޭހެއް އަދި ވެކްސިނެއްވެސް ހޯދިފައެއް ނުވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 23 މެއި 2018 | ބުދަ 11:26
ނިޕާ ވައިރަސް އަކީ އާންމު ގޮތެއްގައި ވާލުން ފެތުރޭ ބައްޔެއް

ނިޕާ ވައިރަސް އަކީ އާންމު ގޮތެއްގައި ވާލުން ފެތުރޭ ބައްޔެއް

ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައަކީ ގިނަ އަދަދެއްގެ ދިވެހިންވެސް އާންމުކޮށް ގޮސް އުޅޭ، އިންޑިއާގެ ކެރެލާ ސްޓޭޓްގައި ނިޕާ ވައިރަސްގެ ނަން ދީފައިވާ ވައިރަހެއް ފެތުރި އޭގެ ސަބަބުން މީހުން މަރުވަމުންދާ ވާހަކައެވެ. މި ބަލީގައި މިހާތަނަށް 10 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި މި ބަލި ޖެހިފައި ތިބި ބަޔަކަށް ފަރުވާ ދެނިކޮށް މި ބަލި ޖެހުނު ނަރުހެއްވެސް ހިމެނެއެވެ. މަރުވި މީހުންގެ އިތުރުން ބަލި ޖެހިގެންނާއި، ބަލީގެ އަލާމާތްތައް ފެނިގެން ކެރެލާގައި މިހާރު ވެސް 100 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ކަރަންޓީނު ކޮށްފައެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކުން ފެށިގެން ސިކުނޑި ދުޅަވުން ފަދަ ކަންކަމާއި ހަމައަށް އިންސާނާއަށް އެކިއެކި ގެއްލުންތައް ކުރިމަތި ކުރުވާ މި ބައްޔަކީ އިންސާނުންގެ އިތުރުން ޖަނަވާރުންނަށް ވެސް ޖެހޭ ބައްޔެކެވެ.

ނިޕާ ވައިރަސް ނުވަތަ NiV

ނިޕާ ވައިރަސް އަކީ ކޯއްޗެއް؟

ނިޕާ ވައިރަސް ނުވަތަ NiV އަކީ ހައިރާން ކުރުވާފަދަ ނުރައްކާތެރި ބާރުތަކެއް ލިބިފައިވާ ޒޫނޮޓިކް ޕެތޯޖެންއެކެވެ. ޒޫނޮޓިކް ޕެތޯޖެން އަކީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ ވައިރަސްއެވެ.

މި ވައިރަސް ފުރަތަމަ ފެނިފައިވަނީ 1998 ވަނަ އަހަރު މެލޭޝިއާގެ ކަމްޕުންގ ސުންގައި ނިޕާއިންނެވެ. އޭރު މެލޭޝިއާ އާއި ސިންގަޕޫރުގައި ބައެއް އިންސާނުންނަށް މި ބަލި ޖެހުނު އިރު، އޭރު އިންސާނުންނަށް އަރާފައިވަނީ ބަލި ޖެހިފައިވާ އޫރުގެ މަސް ކެއުމުގެ ސަބަބުންނެވެ. މި ބަލީގެ ޤުދުރަތީ ހޮސްޓަކީ، ނުވަތަ ޤުދުރަތީ ގޮތުން މި ބަލި ފަތުރާ ޖަނަވާރަކީ ފްރުޓް ބެޓް (ވާ) އެވެ.

މެލޭޝިއާ އާއި ސިންގަޕޫރުން މި ބަލި ފެނުނުފަހުން އިތުރު ސަރަޙައްދަކުން މި ބަލި ނުފެނި ހުރުމަށް ފަހު ދެން މި ބަލި ފެނިފައިވަނީ 2004 ވަނަ އަހަރެވެ.

އެ އަހަރު މި ބަލި ފެނިފައިވަނީ ބަންގްލަދޭޝްއިންނެވެ. ބެލެވޭ ގޮތުގައި ބަންލަދޭޝްގައި އިންސާނުންނަށް މި ބަލި ޖެހިފައިވަނީ މި ވައިރަސް އުފުލަމުންދިޔަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ ތަކެތި ހޭކިފައިވާ މޭވާ ކެއުމުގެ ސަބަބުންނެވެ.

މި ބައްޔަކީ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން 'ބްލޫޕްރިންޓް ޕްރައިއޮރިޓީ'ގެ ގޮތުގައި ލިސްޓު ކޮށްފައިވާ ބައްޔެކެވެ.

މި ބަލި ފެތުރެނީ ކިހިނެއް؟

މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ހަށިގަނޑުގައި ހިއްލާ ދަލާއި، ކުޅުވެސް ހިމެނޭ ގޮތަށް، ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި އުފެދޭ ދިޔަ އަނެކާގެ ގައިގައި ހޭކުމުގެ ސަބަބުން މި ބަލި ފެތުރެއެވެ.

މީގެ އިތުރުން ވާ ކައިފައި، ނުވަތާ ކޮށާފައި ހުންނަ މޭވާ ކެއުމާއި، ބަލި ޖެހިފައިވާ ޖަނަވާރުގެ މަސް ރަނގަޅަށް ނުކައްކައި ކެއުމަކީވެސް މި ބަލި ފެތުރިދާނެ ގޮތެކެވެ. މި ވައިރަސް އުފުލާ ވާ އުޅޭ ރުކުގެ ރުކުރާ ބުއިމުން ވެސް މި ބަލި ޖެހުމުގެ ފުރުޞަތު އޮވެއެވެ.

ބަލީގެ އަލާމާތްތައް

އިންސާނަކަށް މި ބަލި ޖެހުމުން އެއްވެސް އަލާމާތެއް ނުފެނިވެސް ހުންނަކަން ވަނީ ހާމަވެފައެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި މި ބަލީގެ އަލާމާތްތަކުގެ ގޮތުގައި ބަލަނީ އިންފްލުއެންޒާގެ އަލާމާތްތަކުގެ ގޮތުގައިވެސް ބަލާ ކަންކަމެވެ. އޭގެ ތެރޭގައި ހުން އައުމާއި، ކަރުތެރެއަށް އުނދަގޫވުމާއި، ބޮލުގައި ރިއްސުމާއި، ހޮޑުލުމުގެ އިތުރުން ގައިގައި ރިއްސުން ހިމެނެއެވެ.

މި ބަލި ޖެހި ގިނަ ދުވަސްވަމުންދާ ވަރަކަށް ނޭވާލާ ނިޒާމުގެ ބާރު ދެރަކޮށްލައެވެ. އޭގެ ސަބަބުން ނޭވާ ލުމަށް ދަތިވެއެވެ. މި ސްޓޭޖުގައި މި ބަލިޖެހިފައިވާ މީހުންނަށް ނޭވާލާ ނިޒާމުގެ އެހެން ބަލިތަކާއި ނިއުމޯނިއާ ޖެހެއެވެ.

ބަލި ބޮޑުވެ، ބަލި ޖެހިފައިވާ މީހާގެ ސިކުނޑި ދުޅަވާގޮތްވެއެވެ. މީގެ ސަބަބުން ބޯ އަނބުރައި، ހޭނެތި، ނާރުގެ މައްސަލަތައް ކުރިމަތިވެއެވެ. މި ސްޓޭޖުގައި ސިކުނޑި މާ ބޮޑަށް ދުޅަވުމާ، ފިޓު ޖެހުމުގެ ސަބަބުން ބަލި ޖެހިފައިވާ މީހާ ކޯމާއަށް ދެއެވެ.

ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

- ރައްކާތެރި ފިޔަވަޅުތައް އަޅައިގެން ނޫނީ ބަލި ޖެހިފައިވާ މީހުންނާއި ކައިރި ނުވުން

- NH95 ނުވަތަ އެއަށްވުރެ މަތީ ގްރޭޑްތަކުގެ މާސްކު ބޭނުންކުރުން

- ގިނަގިނައިން ސައިބޯނި ބޭނުންކޮށްގެން އަތް ދޮވުން

- ވާ ފަދަ ޖަނަވާރު އެއްބައި ކައިފައި ހުންނަ މޭވާ އާއި ތަރުކާރީ ނުކެއުން

- ސްޓެރިލައި ނުކޮށް ހުންނަ ޖޫސްފަދަ ތަކެތި ނުބުއިން

- ޖަނަވާރު ގެންގުޅޭ ތަންތަނާއި ކައިރިނުވުން

- ކަދުރު ރުކުގެ ފަނި، ނުވަތަ ރުކުރާ ބޯނަމަ ކޮންމެވެސް ވަރަކަށް ކައްކައިގެން ބުއިން

- މޭވާ ކެއުމުގެ ކުރިން ރަނގަޅަށް ދޮވެ، ތޮށި މެށުން

- އާންމު ސާފުތާހިރުކަން ދެމެހެއްޓުން

- ގޭތެރޭގައި ހިފާ ގެންގުޅޭ ތަކެތި ހާމައަށް ނުބެހެއްޓުން

ނިޕާ ވައިރަސް ފަތުރާ ފްރުޓް ބެޓް

ފަރުވާ

މި ބަލި ޖެހިފައިވާ އިންސާނުންނާއި ޖަނަވާރުންނަށް ދެވޭނެ ބޭހެއްވެސް، އަދި ވެކްސިންއެއްވެސް މިހާތަނަށް އުފެއްދިފައެއް ނުވެއެވެ. މިހާރު މި ބައްޔަށް ދެވޭ ފަރުވާ އަކީ ހޮސްޕިޓަލުގެ އައިސީޔޫގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ދެވޭ އާންމު ފަރުވާއެވެ.

މި ވައިރަސް ހަށިގަނޑަށް ވަންނަ ދުވަހުން ފެށިގެން ބައްޔަށް ބަދަލުވެ، އަލާމާތްތައް ފެންނަން އާންމުކޮށް 4 ދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. ބައެއް ފަހަރު މި މުއްދަތު 45 ދުވަހަށް ދެމިގެންދާކަންވެސް ވަނީ ރިޕޯޓްކޮށްފައެވެ.

މި ބަލީގެ ސީރިއަސް ސްޓޭޖްގައި ދިމާވާ ސިކުނޑި ދުޅަވުމުގެ މައްސަލަ ހައްލުވެއްޖެ ނަމަ މި ބަލިން ފުރިހަމަ ޝިފާއެއް ލިބެއެވެ. ނަމަވެސް އެ ސްޓޭޖަސް ދިއުމަށްފަހު ރަނގަޅުވާ ފަރާތްތަކަށް ދިގު މުއްދަތުގައި މިޒާޖު ބަދަލުވުމާއި، ފިޓު ޖެހުންފަދަ ނާރުގެ މައްސަލަތައް ކުރިމަތިވެއެވެ.

އަދި ބަލިން ރަނގަޅުވާ ބައެއް ފަރާތްތަކުގެ ސިކުނޑި ދުޅަވުމުގެ މައްސަލަ ފަހުން ތަކުރާރުވާކަންވެސް ވަނީ ފާހަގަވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު ބޮޑީ ދޮށީ އުމުރުގެ ފިރިހެނުންނަށް!

ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު ބޮޑީ ދޮށީ އުމުރުގެ ފިރިހެނުންނަށް!

01 ފެބުރުއަރީ 2020
ވޫހާން މޭޔަރ ވިދާޅުވަނީ ކޮރޯނާވައިރަސްއާއި ބެހޭ މަޢްލޫމާތު ނުދެވިގެން އުޅެނީ ބެއިޖިންގއާ ހެދިކަމަށް

ވޫހާން މޭޔަރ ވިދާޅުވަނީ ކޮރޯނާވައިރަސްއާއި ބެހޭ މަޢްލޫމާތު ނުދެވިގެން އުޅެނީ ބެއިޖިންގއާ ހެދިކަމަށް

31 ޖެނުއަރީ 2020
ކޮރޯނާވައިރަސް: އިނގެނީ ކިހާވަރަކަށް؟

ކޮރޯނާވައިރަސް: އިނގެނީ ކިހާވަރަކަށް؟

29 ޖެނުއަރީ 2020
އިންޑިއާގައި ވެގެން މިއުޅެނީ ކިހިނެއް؟

އިންޑިއާގައި ވެގެން މިއުޅެނީ ކިހިނެއް؟

22 ޑިސެމްބަރު 2019
ރޯދަމަހާ ދިމާކޮށް އިންޑިއާގައި \'\'ރޫހް އަފްޒާ\' ލިބުން ދަތިވެގެން އުޅެނީ ކީއްވެ؟

ރޯދަމަހާ ދިމާކޮށް އިންޑިއާގައި \'\'ރޫހް އަފްޒާ\' ލިބުން ދަތިވެގެން އުޅެނީ ކީއްވެ؟

11 މެއި 2019

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު