Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރޫހް އަފްޒާ

ރޯދަމަހާ ދިމާކޮށް އިންޑިއާގައި ''ރޫހް އަފްޒާ' ލިބުން ދަތިވެގެން އުޅެނީ ކީއްވެ؟

އާއްމުކޮށް ރޯދަމަހު ރޯދަ ވީއްލަން ބޭނުން ކުރާ ބުއިމެއް

އަލީ ސަމާޚް
އަލީ ސަމާޚް | 11 މެއި 2019 | ހޮނިހިރު 06:09
ރޫހް އަފްޒާ ވިއްކާ ފިހާރައެއް

ރޫހް އަފްޒާ ވިއްކާ ފިހާރައެއް

ދިއްލީގެ އެންމެ ގިނަ ދުވަސްވި ޗާންދްނީ ޗޯކް ސަރަހައްދުގައި ހުންނަ ގެއެއްގައި ދިރިއުޅޭ ޝައިސްތާ ހުރީ ރޯދައަށެވެ. ގޭގެ ބޭރު އާދަޔާ ހިލާފަށް ހޫނެވެ. އެހެން ނަމަވެސް ރޯދަ ވީއްލާ ގަޑިއަށް'' ރޫހް އަފްޒާ'' ހޯދަން އެ ހޫނު އޭނާގެ ހުރަހަކަށް ނުވެއެވެ.

ގިނަ ފިހާރަތަކުގައި އަދިވެސް އެބުއިމެއް ލިބޭކަށެއް ނެތެވެ. އުމުރުން 45 އަހަރުގެ ތިން ދަރިންގެ މަންމަ މޫނަށް އުފާވެރިކަން ލިބުނީ މަޝްހޫރު އެ ބުއިން ތައްޔާރު ކުރާ ކުންފުންޏަށް ގޮސް އޭގެ ފުޅިއެއް ލިބުނެވެ.

''އަހަރެން ގޮސްފިން މި ސަރަހައްދުގައި ހުންނަ 10 ފިހާރައަށް އާއްމުކޮށް ރޫހް އަފްޒާ ލިބެން ހުންނަ. ހުރިހާ އެންމެން ބުނަނީ މާރުކޭޓުގައި ނެތޭ. އެހެންވެ މި ހޫނުގައި އަހަރެން ހިނގާފަ ހަމްދާދް ސްޓޯރަށް ދިޔައީ،'' އޭނާ ބުންޏެވެ.

މި އަހަރުގެ ރޯދަމަސް އިންޑިއާގެ މިލިއަނެއްހާ މުސްލިމުންނާއި ބައްދަލުކުރީ ގިނަ ދަތިތަކާ އެކުގައެވެ. ހޫނު މޫސުމުގެ އިތުރުން ރޯދަ މަހުގައި ބުއިމަކަށް ބޭނުން ކުރާ ''ރޫހް އަފްޒާ'' ލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އެއީ ޝަރުބަތު ތައްޔާރު ކުރުމަށާއި ފަލޫދާ ހެދުމަށް އެވަރެއް ނެތް ބުއިމެކެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި "ރޫހް އަފްޒާ" ސަޕްލައި ކުރެވޭ ވަރު މަދުވެފައި މި ވަނީ އެ އުފައްދާ ކުންފުނީގެ ތެރޭގައި އާއިލީ މައްސަލަތަކެއް ޖެހިގެންނެވެ. ކުންފުނިން އެވާހަކަތައް ދޮގުކުރެއެވެ. ހާބަލް އިންގްރީޑެންޓްސް ލިބުމަށް ދަތިތަކެއް ދިމާވާތީ ކަމަށް ބުނެ ހަމްދާދް ލެބްރޮޓެރީ ކުންފުނިން "ރޫހް އަފްޒާ" އުފެއްދުމުގެ މަސައްކަތް ހުއްޓާލާފައި ވަނީ ނޮވެމްބަރު މަހުއެވެ. އޭގެ އަސަރު އެތައް ބަޔަކަށް ކޮށް އެ މީހުންގެ އިހްސާސްތައް ޓްވިޓާއަށް ވަނީ ބަންޑުންކޮށްލާފައެވެ. އެންމެ ފަހުން ގޮތް ހުސްވެގެން އެ ކުންފުނިންޏަށް ރޫހް އަފްޒާ ގެންނަން ޖެހުނީ ޕާކިސްތާނުންނެވެ. އިންޑިއާ އިން 135 ރުޕީސް އަށް ލިބޭ ފުޅިއެއް ޕާކިސްތާނުން އިމްޕޯޓް ކޮށްގެން ވިއްކަނީ ދެގުނަ ބޮޑުކޮށް 350 ރުޕީސް އަށެވެ. ޕާކިސްތާނުގައި ހުންނަ އެ ކުންފުނީގެ ގޮފިން ރޯދަމަށް ބޭނުންކުރެވޭ ވަރަށް ވަނީ އެތެރެކޮށްފައެވެ.

ދިއްލީގެ ހޫނުން މީހުން ސަލާމަތް ކޮށްދިނުމަށް 1908 ވަނަ އަހަރު ހަކީމް ހާފިޒް އަބްދުލް މަޖީދު އުފެއްދި "ރޫހް އަފްޒާ"ގެ މާނައަކީ އުރުދޫ ބަހުން ''ހިތްތަކަށް ފިނިކަން ގެނެސްދޭ '' އެވެ.

އިންޑިއާގެ މުގަލްގެ ރަސްކަމުގެ ދުވަސްވަރު ބޭނުން ކުރި އުނާނީ ބޭސްވެރިކަމުގެ ސާމާނާއި ފަތްޕިލާވެލިގެ އިތުރުން ސިރަޕް ބޭނުންކޮށްގެން އުފެއްދި އެ ބުއިމަކީ އެންމެ ފުރަތަމަ ބޭހެއް ގޮތުގައި ބޭނުން ކުރި ބުއިމެކެވެ. އަހަރުތަކެއް ފަހުން އެއީ އާންމުކޮށް ކަރުހިއްކުން ފިލުވުމަށް ވެސް ބޯ ބުއިމެއްގެ ގޮތުގައި ބޭނުން ކުރަން ފެށުނެވެ.

އިންޑި އާއި ޕާކިސްތާނު، ދެ ގައުމެއްގެ ގޮތުގައި ވަކިވެ ކުންފުނީގެ ބާނީގެ އާއިލާ ގިނަ މީހުން ޕާކިސްތާނަށް ހިޖްރަކޮށް، ހަމައެކަނި އިންޑިއާގައި މަޑުކުރީ ހަކީމް އަބްދުލް ހަމިދާއި އޭނާގެ ދެ ދަރިންނެވެ. ހަކީމް އަބްދުލް ހަމީދު އިންޑިއާގައި އަދި އޭނާގެ ކޮއްކޮ ޕާކިސްތާނުގައި ހުރެގެން ދެ ގައުމުގައި ވިޔަފާރި ކުރިޔަށް ގެންދިޔައެވެ. ހަމްދާދުގެ ގޮތްޕެއް ބަންގްލަދޭޝްގައި ވެސް ހުރެއެވެ.

ހަމްދާދްގެ ޗީފް ސޭލްސް އެންޑް މާކެޓިންގ އޮފިސަރު މަންސޫރު އަލީ ވިދާޅުވީ، ސްޓޮކް މަދުވެގެން އުޅެނީ އެ އުފައްދަން ބޭނުންވާ އެއްޗެހި ލިބުމުގެ ދަތިކަން ދިމާވުމުން ކަމަށެވެ. އަލީ ވިދާޅުވި ގޮތުގައި، ހަފްތާއެއްގެ ތެރޭގައި ފަސޭހަކަމާ އެކު ރޫހް އަފްޒާ ލިބެން ފަށާނެއެވެ.

އިންޑިއާގެ މުސްލިމުންނަށް ހޫނު މޫސުމުގައި އެންމެ މުހިންމު އެކެއްޗަކީ "ރޫހް އަފްޒާ" އެވެ. ހާއްސަކޮށް މި ފަަހަރުގެ ރޯދަ މަސް ހޫނު މޫސުމާ ދިމާވުމުން އޭގެ މުހިންމުކަން އިންތިހާ އަށް ވަނީ ބޮޑުވެފައެވެ. އޭގެ ތެރެއިން އިންޑިއާގެ އުތުރު ސަރަހައްދުތައް ކަމަށްވާ ދިއްލީ ފަދަ ހޫނު މިން ރެކޯޑް މިންވަރަކަށް މައްޗަށްދާ ސަހަރުތަކުގައި މި ބުއިމުގެ މުހިންމުކަން ވަނީ ބޮޑުވެފައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2021

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

21 މާރިޗު 2021
ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
13 ފެބުރުއަރީ 2020

އިންޑިއާގައި ބާއްވާ ސަރަހައްދީ ބައްދަލުވުމާ ގުޅިގެން ޕާކިސްތާންގެ ނުތަނަވަސްކަން

13 ފެބުރުއަރީ 2020
އިންޑިއާގައި ބާއްވާ ސަރަހައްދީ ބައްދަލުވުމާ ގުޅިގެން ޕާކިސްތާންގެ ނުތަނަވަސްކަން
13 ޖެނުއަރީ 2020

ޕްރައިމަރީތަކާ ދިމާކޮށް، އެމްޑީޕީއަށް މެންބަރުން ވެއްދުމުގައި އުޅެނީވެސް ވާދަވެރިން!

13 ޖެނުއަރީ 2020
ޕްރައިމަރީތަކާ ދިމާކޮށް، އެމްޑީޕީއަށް މެންބަރުން ވެއްދުމުގައި އުޅެނީވެސް ވާދަވެރިން!
22 ޑިސެމްބަރު 2019

އިންޑިއާގައި ވެގެން މިއުޅެނީ ކިހިނެއް؟

22 ޑިސެމްބަރު 2019
އިންޑިއާގައި ވެގެން މިއުޅެނީ ކިހިނެއް؟
06 މެއި 2019

ރޯދަމަހާ ދިމާކޮށް ފިހާރަތަކަށް ބާރުބޮޑު!

06 މެއި 2019
ރޯދަމަހާ ދިމާކޮށް ފިހާރަތަކަށް ބާރުބޮޑު!
04 ސެޕްޓެމްބަރު 2018

ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!

04 ސެޕްޓެމްބަރު 2018
ޖަޒީރާ ރާއްޖޭގެ ތަސައްވަރު: އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ހައްލު!
23 މެއި 2018

ނިޕާ ވައިރަސް: އިންޑިއާގައި ފެތުރެމުންދާ މި ބަލީގެ ހަޤީޤަތަކީ ކޮބާ؟

23 މެއި 2018
ނިޕާ ވައިރަސް: އިންޑިއާގައި ފެތުރެމުންދާ މި ބަލީގެ ހަޤީޤަތަކީ ކޮބާ؟
15 ޖެނުއަރީ 2018

ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟

15 ޖެނުއަރީ 2018
ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟
31 މެއި 2017

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު