Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮރޯނާ ވައިރަސް

ކޮރޯނާވައިރަސް: އިނގެނީ ކިހާވަރަކަށް؟

މި ބަލި ދަނީ ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2020 | ބުދަ 12:54
ކޮރޯނާއިން ސަލާމަތްވުމުގެ ގޮތުން ކޮރެޔާގެ އެއާޕޯޓުގައި ސްޕްރޭ ކުރަނީ

ކޮރޯނާއިން ސަލާމަތްވުމުގެ ގޮތުން ކޮރެޔާގެ އެއާޕޯޓުގައި ސްޕްރޭ ކުރަނީ

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާއިން ވަނީ އެ ޤައުމުގެ 50 މިލިއަނަށްވުރެ ގިނަ މީހުން ކަރަންޓީނު ކޮށްފައެވެ. ސްކޫލުތައް ބަންދުކޮށް، ޖަނަވާރުންގެ މަސް ވިއްކާ ބާޒަރުތައްވެސް ވަނީ ބަންދުކޮށްފައެެވެ. ދުނިޔޭގެ އެއަރޕޯޓުތަކުން ދަނީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޤައުމަށްވާ ޗައިނާއިން އެޤައުމުތަކަށްދާ މީހުން ސްކްރީން ކުރަމުންނެވެ.

ކޮރޯނާ ވައިރަސް ފެތުރެން ފެށިތާ ތިން ހަފުތާ އަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ބައްޔަށް ފަރުވާ ހޯދަން ތަޖުރިބާރާކަރުން ކުރާ މަސައްކަތް ކަމިޔާބުވެދާނެ ކަމާމެދު އަދި އެއްޗެކޭ ބުނަން ދައްޗެވެ.

ޗައިނާ ހިމެނޭ ގޮތަށް ހަ ޤައުމަކުން ވަނީ ގައިން ގަޔަށް އަރާ މިބަލި ފެނިފައިވާކަން ކަަށަވަރު ކޮށްދީފައެވެ. ޗައިނާއިން މި ބަލި ފެންނަމުންދާ ޢަދަދު އިތުރުވަމުން އަންނައިރު، ވައިރަސް ފެނުނު ވޫހަން ސިޓީ ދޫކޮށް ފަސް މިލިއަނެއްހާ މީހުން އެހެން ޞަރަޙައްދުތަކަށް ގޮސްފައިވާއިރު، އެ މީހުން އެ ބަލި އެހެން ތަންތަނަށް ގެންގޮސްފައިވުން އެކަށީގެންވެއެވެ.

ކޮރޯނާ ވައިރަސް، ޗައިނާގެ 5،974 މީހުންނަށް ޖެހިފައިވާއިރު، އަންގާރަ ދުވަހާ ހަމަޔަށް 132 މީހަކު ވަނީ މި ނުރައްކާ ބަލީގެ ސަބަބުން މަރުވެފައެވެ. މި ޢަދަދަކީ މީގެ އެތަކެއް އަހަރު ކުރިން ޢާންމުވި ސާސް އާއި މޭސް ބަލި މީހުންނަށް ޖެހުނު ޢަދަދަށްވުރެ ބޮޑު ޢަދަދެކެވެ.

ޞިއްޙީ އޮފިޝަލުން ވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން ކުރާ މަސައްކަތް ކާމިޔާބުވެދާނެ ކަމާމެދު ގިނަ ސުވާލުތަކެއް އުފައްދާފައެެވެ. އެގޮތުން ބަލި ކިހާ ނުރައްކާތޯ އާއި ވައިރަސްގެ އަސަރު ހަށިގަނޑުގައި ހުރެ އޭގެ އަލާމާތްތައް ނުފެންނަތޯ އާއި ބަލީގެ އަސަރު އެންމެ ބޮޑީ އަދި ވައިރަސް އެންމެ ބޮޑަށް ފެތުރެނީ ޗައިނާއިން ތޯ އެވެ. މިއީ ހައްތާވެސް ޞިއްހީ މާހިރުން އުފައްދާ ސުވާލުތަކެވެ.

ކޮރޯނާގެ އަލާމާތްތައް:

މި ބަލީގެ އަލާމަތްތައް ތަފާތު ގޮތަކަށް ފެނެއެވެ. އެމެރިކާގެ ސެންޓަރ އޮފް ޑިޒީސަސް އިން ބުނާ ގޮތުން ބަލީގެ އަލާމަތްތަކުގެ ތެރޭގައި، ހުން އައިސް ކެއްސުމުގެ އިތުރުން ނޭވާކުރުވުން ހިމެނެއެވެ. ބަލި ޖެހުމަށް ފަހު ބަލީގެ އަލާމާތްތައް ދެ ދުވަހާއި 14 ދުވަހާއި ދެމެދު ފެނިދާނެއެވެ. ބަލީގެ ސަބަބުން ނިއުމޯނިޔާ އާއި ކިޑްނީ ފޭލްވެއެވެ.

ބަލި ފެނުނީ ކޮންތަނަކުން:

ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 31 ގައި ޗައިނާގެ ވޫހާން ސިޓީން ވަނީ، އެ ސިޓީގައި ނިއުމޯނިޔާ ބަލީގެ ކޭސްތައް ފެންނަމުންދާކަން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސަމާލުކަމަަށް ގެންސްފައެވެ. އަލަށް ފެނިގެން މިއުޅޭ ''ކޮރޯނާ ވައިރަސް'' ފެނިފައިމިވަނީ ޤަވާއިދާ ޚިލާފަށް މަސް ވިއްކަމުންދާ ސީފުޑް މާރކެޓުންނެވެ. ބައެއް މާހިރުން ލަފާކުރާ ގޮތުގައި މި ބަލި އިންސާނުންނަށް ޖެހިގެން އުޅެނީ ހަރުފައެއްގެ ސަބަބުންނެވެ.

ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

- ސައިބޯންޏާއި، ސެނެޓައިޒަރ ބޭނުންކޮށްގެން ދެއަތް ރަނގަޅަށް ދޮވުން

- ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފާތް ރަނގަޅަށް ފޮރުވުން، އަދި ކެއްސުމަށް ފަހު ބޭނުންކުރާ ޓިޝޫ އެއްލާލުމަށް ފަހު ރަނގަޅަށް އަތް ދޮވުންް

- ހުން ނުވަތަ ކެއްސާ މީހަކާއި މާ ގާތްނުވުން

- އެއްވެސް ވަރަކަށް ހުން އައިސް ނޭވާލާން އުދަނގޫވާނާމަ، އަވަހަށް ޑޮކްޓަރަށް ދެއްކުން

- މާރުކޭޓު ފަދަ ތަންތަނަށް ޒިޔާރާތްކުރާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ ޖަނަވާރުގެ މަހުގައި އަތް ނުލުން

- ރޮލަށް ނޫނީ މާ ބޮޑަށް ކައްކާފައި ހުންނަ އެއްގަމުމަހުގެ ބާވަތްތަކާއި ދުރުވުން. ރޯ މަހާއި، ކިރާއި، ޖަނަވާރުގެ ގުނަވަަންތައް ގެންގުޅޭއިރު ސަމާލުވުން

ބަލި ފެނުނު ޤައުމުތައް:

ޗައިނާ، ހޮންގްކޮންގ، މަކާއޯ، ޓައިވާން، އޮސްޓްރޭލިޔާ، ކެމްބޯޑިއާ، ކެނެޑާ، ފްރާންސް، ޖަޕާން، މެލޭޝިޔާ، ނޭޕާލް، ސިންގަޕޫރް، ތައިލެންޑް، ކޮރެޔާ، އެމެރިކާ، ވިއެޓްނާމް، ޖަރމަނީ، އުރުދުން އަދި ޔޫއޭއީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޗައިނާއިން ބޭރުން ކޮރޯނާވައިރަސް ފެންނަމުންދާ ނިސްބަތް އިތުރުވަމުންދާތީ ކަންބޮޑުވުން އިތުރުވަނީ

ޗައިނާއިން ބޭރުން ކޮރޯނާވައިރަސް ފެންނަމުންދާ ނިސްބަތް އިތުރުވަމުންދާތީ ކަންބޮޑުވުން އިތުރުވަނީ

23 ފެބުރުއަރީ 2020
ކޮރޯނާވައިރަސް އާއެކު އޭޝިޔާގެ އެތައް މިލިއަން ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ތަޖުރިބާ ކުރަމުންދަނީ

ކޮރޯނާވައިރަސް އާއެކު އޭޝިޔާގެ އެތައް މިލިއަން ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ތަޖުރިބާ ކުރަމުންދަނީ

16 ފެބުރުއަރީ 2020
ކޮރޯނާވައިރަސް ފުޅާކޮށް ފެތުރިގެން އައީ ވުހާންގެ ހޮސްޕިޓަލެއްގެ ތެރެއިން!

ކޮރޯނާވައިރަސް ފުޅާކޮށް ފެތުރިގެން އައީ ވުހާންގެ ހޮސްޕިޓަލެއްގެ ތެރެއިން!

09 ފެބުރުއަރީ 2020
ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު ބޮޑީ ދޮށީ އުމުރުގެ ފިރިހެނުންނަށް!

ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު ބޮޑީ ދޮށީ އުމުރުގެ ފިރިހެނުންނަށް!

01 ފެބުރުއަރީ 2020
ވޫހާން މޭޔަރ ވިދާޅުވަނީ ކޮރޯނާވައިރަސްއާއި ބެހޭ މަޢްލޫމާތު ނުދެވިގެން އުޅެނީ ބެއިޖިންގއާ ހެދިކަމަށް

ވޫހާން މޭޔަރ ވިދާޅުވަނީ ކޮރޯނާވައިރަސްއާއި ބެހޭ މަޢްލޫމާތު ނުދެވިގެން އުޅެނީ ބެއިޖިންގއާ ހެދިކަމަށް

31 ޖެނުއަރީ 2020

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު