Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދިއްދޫ ކައުންސިލް ރައީސް

ހާޝިމް ހައްޔަރުކުރީ ފުލުހުންގެ އިހުމާލުން 5000 ޑޮލަރު ގެއްލުނު ކަމަށްބުނެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް

އެފައިސާ ހުރީ އަލީ ހާޝިމްގެ ކޮޓަރިކޮޅުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 މެއި 2018 | ބުދަ 07:52
އަލީ ހާޝިމް މެޑަމް ފާތުންއާ ސަލާމް ކުރައްވަނީ

އަލީ ހާޝިމް މެޑަމް ފާތުންއާ ސަލާމް ކުރައްވަނީ

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ޙާޝިމް ހައްޔަރުކޮށްފައި ވަނީ އޭނާގެ ވަތްގަނޑެއްގައި ބަހައްޓާފައި ހުރި އޭނާގެ 5000 ޑޮލަރު ފުލުހުންގެ އިހުމާލުން ގެއްލިފައިވާ ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް ކަމަށް ރާއްޖެ އެމްވީއަށް އެނގިއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ މެންބަރަކު ވިދާޅުވީ ދިއްދޫ ކައުންސިލްގެ އިދާރާ ފުލުހުން ވަދެ ޗެކް ކުރިއިރު ކައުންސިލްގެ ރައީސްގެ ކޮޓަރިކޮޅު ޗެކްކުރީ ރައީސްގެ ޣައިރު ހާޒިރުގައި ކަމަށާއި އޭރު ކައުންސިލް ރައީސްގެ ކަބަޑެއްގެ ވަތްގަނޑުގައި 5000 ޑޮލަރު ހުންނާނެ ކަމަށް ރައީސް ވިދާޅުވިކަމަށެވެ. އެއީ ކައުންސިލްގެ ރައީސް އަމިއްލަ ކަމަކު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި އެދުވަހު ގެނެސް އޮފީހުގައި ބަހައްޓާފައި ހުރި އޭނާގެ އަމިއްލަ ފައިސާ ކަމަށް ކައުންސިލް މެމްބަރު ވިދޅާުވި އެވެ.

Advertisement - newsAdvertisement

އެފައިސާ ނެތްކަން އެނގިވަޑައިގަތީ އޮފީސް ޗެކްކުރުމަށްފަހު ކައުންސިލްގެ ރައީސާއި އެހެން މެންބަރުން ސަސްޕެންޑް ކުރުމަށްފަހު އެސަސްޕެންޝަންގެ މުއްދަތު ހަމަވުމުން އޮފީހަށް ނިކުންނެވުމުންނެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވި ކައުންސިލް މެންބަރު ވިދާޅުވީ އެފައިސާ ނެތްކަން އެނގުމުން ދިއްދޫ ފުލުހުންނަށް ރަސްމީކޮށް އެމައްސަލަ ހުށަހަޅާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

މީގެ ދެތިން ދުވަސްކުރިން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނިކޮށް ކައުންސިލްގެ ރައީސް ޢަލީ ހާޝިމް ފުލުހުން ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ މެންދަމު އޭނާ ދިރިއުޅުއްވާ ގެ، ހއ. ދިއްދޫ ބުރުނީވިލާ ބަލައި ފާސްކުރުމަށް ފަހުއެވެ. ހާޝިމް ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމަށް ފުލުހުން ގެންދިޔަ ކޯޓު އަމުރުގައިވަނީ ގެ ބަލާ ފާސްކުރަނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވި ކައުނސިލް މެންބަރު ވިދާޅުވީ ސައްޙަ ނޫން ލިޔެކިޔުންތަކެއްކަމަށް ފުލުހުން އެބުނާ ލިޔެކިޔުންތަކަކީ ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ނެރުނު އަމުރު ތަންފީޒް ނުކުރުމާ ގުޅިގެން ކައުންސިލުން ނެރެފައިވާ ނޫސްބަޔާންކަމަށް ބެލެވޭކަމަށެވެ. އެމައްސަލައިގައި ކައުންސިލަށް ފިޔަވަޅު އަޅާފައިވާއިރު ކައުންސިލްގެ އެހެން ބައެއް މެންބަރުންވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު