ކ. މާލެ
|
23 މެއި 2018 | ބުދަ 02:05
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މިހާރު
ސޯޝަލް ހައުސިންގ ސްކީމް
ހަ ރަށެއްގައި ސޯޝަލް ހައުސިންގ ޔުނިޓް އަޅަނީ
ބިޑަށް ހުޅުވާލަނީ މެއި 31 ވަނަ ދުވަހު
ބިޑް ސެކިއުރީޓީ ހުށަހަޅަންޖެހޭ

ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން  ހަ ރަށެއްގައި ގާއިމް ކުރާ ހައުސިން ޔުނިޓުތައް ޑިޒައިންކޮށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ތަރައްގީ ކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމުގެ ތެރެއިން ތަރައްގީ ކުރާ ފްލެޓްތައް އެޅުމަށް ހަމަޖެހިފައިވަނީ  ބ. އޭދަފުއްޓާއި ދ. ކުޑަހުވަދޫ އާއި ދ. މީދޫ އާއި ލ.ގަމުގެ އިތުރުން ރ.މަޑުއްވަރީ އަދި ށ.ކޮމަންޑޫގަ އެވެ.

މިކަމަށް އެދި ލިޔުންތައް ހުށަހެޅުމަށް ހުޅުވާލާފައިވާ އިރު މިކަމަށް އެދޭ ފަރާތްތަކަށް ބީލަމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 31 މެއި އެވެ.

ސޯޝަލް ހައުސިންގ ގެ ތެރެއިން ބ. އޭދަފުށީގައި 100 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ހުށަހަޅަންޖެހެ އެވެ. ދ. ކުޑަހުވަދޫގައި ގާއިމުކުރާ 50 ހައުސިންގ ޔުނިޓަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހެނީ ދެ ލައްކަ ރުފިޔާ އެވެ. ދ. މީދޫގައި ގާއިމުކުރާ 50 ހައުސިންގ ޔުނިޓުގެ ބިޑް ސެކިއުރިޓީ އަކީވެސް ދެ ލައްކަ ރުފިޔާ އެވެ. ލ. ގަމުގައި ގާއިމުކުރާ 200 ހައުސިންގ ޔުނިޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި އަށް ލައްކަ ރުފިޔާ ހުށަހަޅަންޖެހޭ އިރު ރ. މަޑުއްވަރީގައި ގާއިމް ކުރާ 250 ހައުސިންގ ޔުނިޓާއި އާއި ށ. ކޮމަންޑޫގައި ގާއިމް ކުރާ 50 ހައުސިންގ ޔުނިޓަށްވެސް ހުށަހަޅަންޖެހެނީ ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ ލައްކަ ރުފިޔާ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް