ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 71 ވަނަ ވަރލްޑް ހެލްތް އެސެމްބްލީ ފަށައިފި އެވެ.
ކޮންމެ އަހަރު ބާއްވާ ވަރލްޑް ހެލްތް އެސެމްބްލީ ބާއްވާފައިވަނީ ސްވިޒްލޭންޑްގެ ޖެނީވާގައެވެ. ހެލްތް އެސެމްބްލީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 194 މެންބަރުން ބައިވެރިވެފައިވެ އެވެ. މިމަހުގެ 21 އިން 26 ވަނަ ދުވަހަށް އެސެމްބްލީ ކުރިއަށްދާނެ އެވެ.
މި އެސެމްބްލީގައި ރާއްޖެ ތަމްސީލު ކުރާނީ ޖެނީވާގައި ހުންނަ ރާއްޖޭޣެ މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް ޑރ. ހާޅާ ހަމީދު އެވެ. މީގެ އިތުރުން ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންނާއި ޖެނީވާ މީޝަންގެ އިސް މުވައްޒަފުން ބައިވެރިވާނެ އެވެ.
މިއަހަރުގެ ހެލްތް އެސެމްބްލީގެ ނައިބު ރައީސުންގެ ތެރޭގައި ރާއްޖޭގެ ފަރާތުން ހެލްތް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުﷲ ވަނީ ހިމެނިފަ އެވެ.
މިއަހަރުގެ އެސެމްބްލީއާއި ގުޅުވައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް 70 އަހަރު ފުރުން ފާޙަގަކުރުމުގެ ގޮތުން މެއި މަހުގެ 20 ވަނަ ދުވަހުގެ ޖެނީވާގައި ވަނީ ވޯކް ދަ ޓޯކް ގެ ނަމުގައި ހިނގާލުމަކަކާއި އެކު ހަރަކާތްތަކެއް ބާއްވާފަ އެވެ. މިހަރަކާތުގެ މައިގަނޑު މްގސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ހެލިފެލިވެ އުޅުން ކުރިއެރުވުމެވެ. ހެލްތް އެސެމްބްލީގައި ފަސް އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޕްލޭން މިއަހަރުގެ ހެލްތް އެސެމްބްލީގައި ހުށަހެޅިގެންދާނެ އެވެ. މި ޕްލޭންގައި ކުރިއަށް އޮތް އަހަރު ސިއްހީ ދާއިރާއިން ހާއްސަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް ސިއްހީދާއިރާގެ އިމަރޖެންސީ ހާލަތްތަކަށް ހާއްސަ ސަމާލުކަމެއް ވަނީ ދީފަ އެވެ.
މީގެ އިތުރުން ސައިޑް އިވެންޓްތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.