Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިޔާދު ޤާސިމް

ސިޔާދުގެ ޝަރީއަތް: ސިޔާދު ލާނެ ގަމީހެއް، ކިޔާލާނެ ފޮތެއް އާއިލާއަށް ނުފޮނުވޭ: ވަކީލުން

ސިޔާދު އެކަހެރިކޮށް ބަހައްޓައިގެން ނުވާނެ ކަމަށް ގާޒީ އެންގެވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 މެއި 2018 | އާދީއްތަ 12:58
މެމްބަރު އަހުމަދު ފާރިސް މައުމޫން (އަތް އުފުއްލަވައިގެން) އާއި އިބްރާހީމް ސިޔާދު ގާސިމް (ލޯންޗުން ފައިބަނީ) ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ)

މެމްބަރު އަހުމަދު ފާރިސް މައުމޫން (އަތް އުފުއްލަވައިގެން) އާއި އިބްރާހީމް ސިޔާދު ގާސިމް (ލޯންޗުން ފައިބަނީ) ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ)

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރުމަށް މިވަގުތަށް ލުޔެއް ދެވެން ނެތް ކަމަށް ކޯޓުން ނިންމައިފި އެވެ.

ސިޔާދުގެ މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އެގޮތަށް ނިންމެވީ ސިޔާދުގެ މައްޗަށް ކުރަނީ އެއްވެސް އަސްލެއްނެތް އަދި ހެކި ވެސް ހޯދިފައިނުވާ ދައުވާއެއް ކަމަށްވިދާޅުވެ، ސިޔާދު ބަންދުން ދޫކޮށްދިނުމަށް، އަދި ބަންދުން ދޫކޮށްދެވެންނެތްނަމަ، އަދަބު ލުއި ކޮށްދެއްވުމަށް ދިފާއީ ވަކީލުން އެދިލެއްވުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ސިޔާދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ސިޔާދު ބަންދުގައި ހުންނަތާ 100 އަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ސިޔާދަށް ތުހުމަތު ކުރާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި ސިޔާދު ދޫކޮށްލިޔަސް ހެކި ނައްތާލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި މުހިންމު ހެކިތައް ހުރީ ދައުލަތުން ސިއްރު ކޮށްފައި ކަން ނޫރު ފާހަގަ ކުރެއްވި އެވެ.

އެކަމަށް ދައުލަތުން ދެކޮޅު ހަދަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ރިޝްވަތުގެ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ނުވިޔަސް، ސިޔާދު ރިޝްވަތު ދިނުމުގެ ސަބަބުން ކުރަން އުޅުނު އަމަލަކީ ޖިނާއި ބޮޑެތި ކުށްތަކެއް ކަމަށެވެ. އަދި އެ މައްސަލާގައި ހެކިބަސް އަދި ނަގަން ފަށާފައި ނުވާއިރު، އަދި ސިއްރު ހެކީންގެ ބަޔާންތަކެއް ލީކުވެ، މި މަރުހަލާގައި ސިޔާދު ދޫކޮށްލައިފި ނަމަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވަކީލާ ވިދާޅުވި އެވެ.

ރައްދުގައި ދިފާއީ ވަކީލު ނޫރު ވިދާޅުވީ ސިއްރު ހެކިންނަށް ނުފޫޒު ފޯރުވާ ނަމަ، އެކަން އޮންނާނީ މިހާރު ހިނގާފައިކަމަށާއި ބަޔާންތައް ލީކުވެފައިވާއިރު، އެ ބަޔާންތަކުގައި ސިޔާދުގެ ނަންވެސް ނެތް ކަމަށެވެ. އެހެންކަމުން އެބަޔާންތަކާއި ދައުލަތުން މިހާރު ހުށަހަޅަފައިވާ ހެއްކަކީ ސިޔާދަށް ނުފޫޒު ފޯރުވޭނެ ހެކިތަކެއް ނޫންކަމަށާއި ގިނަ ހެކިތަކަކީ ސީދާ ސިޔާދާ ގުޅުންހުރި ހެކިތަކެއް ވެސް ނޫންކަމަށް ނޫރު ވިދާޅުވި އެވެ.

ނަމަވެސް ގާޒީ ހައިލަމް ނިންމެވީ މިވަގުތު ސިޔާދްގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށެވެ.

ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ގާޒީ ނިންމެވުމުން ސިޔާދުގެ ވަކީލުން ވަނީ އޭނާ ބަންދުގައި ހުންނަ ހުރުމުގެ އިންތިޒާމްތަކާ މެދު ވެސް ޝަކުވާ ކުރައްވައިފަ އެވެ. އެގޮތުން ސިޔާދު ބަންދުގައި ބަހައްޓާފައި ހުންނަނީ އެކަހެރިކޮށް ކަމަށާއި ކޯޓަށް ހާޒިރުވާއިރު، ލާނެ ގަމީހެއް ވެސް ގެއިން ގެނެވޭނެ އިންތިޒާމެއް ނެތް ކަމަށާއި ކިޔާލާނެ ފޮތެއް ވެސް ނުފޮނުވޭ ކަމަށްވެސް ވަކީލުން ވިދާޅުވި އެވެ. ނަމަވެސް ދާދިފަހުން އެނގުނު ގޮތުގައި ފޮތްތައް ސިޔާދަށް ލިބޭނެގޮތް ވަނީ ހައްދަވާފަ ކަމަށާއި ނަމަވެސް އެ ފޮތްތައް ސިޔާދަށް ލިބޭނީ ޖަލުގެ ލައިބްރަރީ އަށް އެ ތަކެތި ހަދިޔާ ކުރުމަށް ފަހު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އާއިލާއަށް އަންގާފައިވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ ޖަލުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރަންޖެހޭކަން ޖެހޭނީ ކަރެކްޝަނުން އިތުރަށް ސާފުކޮށްލަން ކަމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ހައިލަމް ވިދާޅުވީ ސިޔާދު އެކަހެރިކޮށް ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ. އަދި ސިޔާދުގެ ޖަލު ބަންދުގެ އިންތިޒާމުތަކާއި ގުޅޭގޮތުން އޭނާގެ ފަރާތުން ފާހަގަކުރި ކަންކަމުގެ މައުލޫމާތު ސާފު ކުރުމަށް ފަހު ދެން ބޭއްވޭ އަޑުއެހުމުގައި ޖަވާބުދާރީވާންޖެހޭނެ ކަމަށް ގާޒީ ވަނީ ދައުލަތުގެ ވަކީލުންނަށް އަންގަވާފަ އެވެ.

ސިޔާދުގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ މިދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު