Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިސާން ހުސައިން

ހިސާންގެ ރައްދު ސަރުކާރަށް: ގާނޫނުގައި ހަމަ އެކަނި އޮތީ އިންތިހާބަށް ކުރިމަތިލެވޭ މީހާގެ ޝަރުތުތޯ؟

18 މެއި 2018 | ހުކުރު 23:51

ރައީސް ޔާމިން އަމަލު ކުރައްވަނީ އެމަނިކުފާނު ބޭނުންފުޅުވާ ނިންމުންތަކަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 18 މެއި 2018 | ހުކުރު 23:51
މިރޭ ބޭއްވި ޖަލްސާގައި ހިސާން ބައިވެރިވަޑައިގަންނަވަނީ:- އޭނާ ވަނީ ނަޝީދަށް ކުރިމަތި ނުލެއްވޭނެ ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވާފަ

މިރޭ ބޭއްވި ޖަލްސާގައި ހިސާން ބައިވެރިވަޑައިގަންނަވަނީ:- އޭނާ ވަނީ ނަޝީދަށް ކުރިމަތި ނުލެއްވޭނެ ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވާފަ

ޖަލު ހުކުމެއް އައިސްފައިވާތީ ރިޔާސީ އިންތިހާބުގައި މި ފަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ވިދާޅުވެ ސަރުކާރުން ވާހަކަ ދައްކަވާއިރު ގާނޫނު އަސާސީގައި އޮތީ ހަމަ އެކަނި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހާގެ ޝަރުތު ތޯ ސުވާލު ކުރައްވައި، މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެއިން ސަރުކާރުގެ ވާހަކަތަކަށް ރައްދެއް ދެއްވައިފި އެވެ.

ބ.ތުޅާދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ނަޝީދުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސުއިން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޝަރީއަތަކީ އިންސާފެއް ހަމައެއް ނެތި، އެތައް ހައްގުތަކެއް ނިގުޅައިގަނެ ހިންގާފައިވާ ޝަރީއަތެއް ކަމަށެވެ. އަދި އެ ހުކުމާ އަޅުވައި، ނަޝީދަށް ކުރިމަތި ނުލެއްވޭނެ ކަމަށް ސަރުކާރުން ބުނަމުންދާއިރު ގާނޫނު އަސާސީގައި އޮތީ ހަމަ އެކަނި ރިޔާސީ އިންތިހާބަކަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޝަރުތުތައް އެކަނި ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.

Advertisement - newsAdvertisement
"މީހަކާ މެދު އިންސާފުވެރި ކަމާއެކު ޝަރީއަތް ކުރެވުމުގެ ހައްގު. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު. މިނިވަން ކަމާއެކު ތިމާ އިހްތިޔާރުކުރާ މީހަކަށް ވޯޓުލުމުގެ ހައްގު. އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު. މިއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި ސަރުކާރުން މި ބުނަނީ އިންތިޚާބަކައް ކުރިމައްޗެއް ނުލެވޭނެ އޭ. ގާނޫނު އަސާސީގައި އޮތީ ހަމަ އެކަނި ރިޔާސީ އިންތިހާބަކަށް ކުރިމަތިލުމުގެ ޝަރުތުއެކަނި ތޯ. އެހެން އެއްވެސް ހައްގެއް، ގާނޫނު އަސާސީގެ ދެވަނަ ބާބުގައި އެވާ އެއްވެސް ހައްގެއް ނެތީތޯ؟، އަޅުގަނޑުމެންގެ ލޯމަތިން އެބައި ފޮހެވިގެން ދިޔައީ ތޯ،" ހިސާން ވިދާޅުވި އެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް އ.ދގެ ވާރކިންގ ގުރޫޕުން ގޮވާލުމުން އެ ނިންމުމަކީ ރާއްޖެއިން ތަބާވާން ޖެހޭ ނިންމުންތަކެއް ނޫން ކަމަށާއި ރާއްޖެއިން އަމަލު ކުރަމުންދާނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަށް ކަމަށް ސަރުކާރުން ބުނިކަން ހިސާން ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް ސަރުކާރުން ގަބޫލު ކޮށްގެން ތިބި ސުޕްރީމް ކޯޓާއި އދ.ގެ ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ރައީސް ނަޝީދު ދޫކޮށްލަން އެންގުމުން އެކަމަށް ވެސް ރައީސް ޔާމިން ތަބާ ނުވުމުން ބޮޑު މަންޒަރު ސާފުވާ ކަމަށް ހިސާން ވިދާޅުވިއެވެ.

"ބޮޑު މަންޒަރު ބަލާލުމުން ސާފު ވެގެންދަނީ ރައީސް ޔާމިން ހަގީގަތުގައި އަމަލު ކުރައްވަން ބޭނުންވަނީ އެމަނިކުފާނު ނިންމަވާ ނިންމުންތަކަށް އެކަނިކަން. އެމަނިކުފާނު ރުހޭ ރުހުންތަކަށް ކަން. އެމަނިކުފާނު ހިތްޕުޅާނުވާ މީހެއް ނަމަ އެމީހަކީ ވުޖޫދުގައި ހުރެގެންވާ މީހެއް ކަމަކަށްވެސް ނުވޭ. އެމީހަކީ މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިގެންވާ މީހެއް ކަމަކަށްވެސް ވެގެން ނުވޭ،" ހިސާން ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ތާއިދު ހޯދާ ދިނުމަށް ބޭއްވި މި ޖަލްސާގައި ހިސާން ވިދާޅުވީ އެކަނިވެރިމައިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް އިނާޔަތް ދެއްވައި، ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލައްވައި، އިޖްތިމާއީ ރައްކާތެރިކަން ހޯދާދެއްވި ރައީސަކީ ރައީސް ނަޝީދު ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ޖަޒީރާކަން ނަގާލަން މަސައްކަތްކުރާއިރު ދިވެހި ރައްޔިތުން އެގޮތް ބޭނުން ނުވާކަމަށް ފާހަގަ ކުރައްވައި ޕްރައިމަރީގައި ރައީސް ނަޝީދު ބޭނުން ކުރައްވަމުން ގެންދަވާ ޝިއާރަށް ވެސް ތާއިދު ކުރައްވާ ހިސާން ވަނީ ވާހަކަ ދައްކަވާފައެވެ.

"އަޅުގަނޑުމެން ދިވެހި ރައްޔިތުން ބޭނުމެއް ނޫން މުޅި މާލެ އާއި މާލެ ވަށައިގެން އެކަނި ހިދުމަތްތައް ތައާރަފުވެ، އެތަނަށް އެންމެން ތޮއްޖެހި، ނޭވާ ނުލެވޭ ހާސްކަން ބޮޑު ދިރިއުޅުމެއް އުޅޭކަށް. އަޅުގަނޑުމެންގެ މި ޖަޒީރާވަންތަ ގައުމުގައި މި ކުދިކުދި ރީތި ރަށްތަކުގައި ހަމަޖެހިގެން ހިންދިރުވާލައިގެން އުޅެވޭނެ އާއިލާއެއް އުޅޭނެ މަންޒަރު ބަލަން އަޅުގަނޑުމެން ބޭނުމީ. އިރާދަކުރެއްވިޔާ އެމްޑީޕީގެ ދެން އަންނަ ވެރިކަމެއްގައި އެކަން ހަގީތަތަކަށް ހަދާދޭނެ،" ހިސާން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް