Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫން ހައްޔަރުކުރުން

އުމުރު ދުވަހު ގައުމަށް ޚިދުމަތް ކުރެއްވި ބޭފުޅުން ހައްޔަރުކުރަން މިސަރުކާރުން ލަދު ގަންނަންޖެހޭ: ޑރ މަޖީދު

18 މެއި 2018 | ހުކުރު 07:33

އިދިކޮޅު ލީޑަރުން ހިފާ ހައްޔަރުކުރަނީ ރައީސް ޔާމިންގެ ވެރިކަން ދިފާއު ކުރަން

އަމްނާ އިމާދު
އަމްނާ އިމާދު | 18 މެއި 2018 | ހުކުރު 07:33
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ

ގައުމަށް އުމުރު ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން ހައްޔަރުކޮށް ބަންދުކޮށްގެން އުޅެން މިސަރުކާރުން ލަދު ގަންނަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުހައްގުން ޖަލުގައި ހައްޔަރުކޮށްފައިވާތީ ކަންބޮޑުވުންފާޅު ކުރައްވާ ޑރ މަޖީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ލީޑަރުން ހިފާ ހައްޔަރުކުރަނީ ރައީސް ޔާމިންގެ ޣައިރު ގާނޫނީ ވެރިކަން ދިފާއު ކުރެއްވުމަށް ކަމަށެވެ. މިގޮތަށް ހިފާ ހައްޔަރުކޮށް ކުރާ ތުހުމަތުތަކަށް އިއުތިރާފްވާން ނުޖެހޭނެ ކަމަށާއި، އިއުތިރާފް ވުމަކީ ފިނޑި އަމަލެއް ކަމަށެވެ. އަދި ވިދާޅުވީ ނުކުރާ ކަމަކަށް ރައީސް މައުމޫން އިއުތިރާފް ނުވާނެ ކަމަށާއި، އިސްލާހީ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މައުމޫނަކީ ހިތްވަރު ގަދަ ބޭފުޅެއްކަން ފާހަގަކުރައްވާ ޑރ މަޖީދު ވިދާޅުވީ އެމަނިކުފާނު ދައްކަވާ ހިތްވަރުން ދިވެހި ރައްޔިތުންނަށް ހިތްވަރު ލިބޭ ކަމަށެވެ.

މީގެ އިތުރަށް ގުޅިފައިވާ ޕާޓީތަކުން ބުނީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާއާއި ވަކީލުން އެދުނު ނަމަވެސް އެކަމަށް އިޖާބަ ނުދީ މި ބަރަކާތްތެރި ރަމަޟާން މަހު ޖަލުގައި ބެހެއްޓުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

ރައީސް މައުމޫން ބަންދުގައި ގެންގުޅުއްވުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބެލިކަމުގައި ވިޔަސް އެކަށީގެންވާކަމެއް ނޫންކަމާއި ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް އެމަނިކުފާނަށް ބޭނުންފުޅުވާ އެހީތެރިކަން ފޯރުކޮށްދެވޭނީ އާއިލާއާ އެކުގައި ހުންނެވުމުން ކަމަށްވާތީ އެމަނިކުފާނުގެ ބަންދަށް ލުޔެއް ދެއްވައި ގޭ ބަންދަށް ވިޔަސް ބަދަލު ކޮށްދެއްވުމަށް އާއިލާއާ ވަކީލުންގެ ފަރާތުން ދައުލަތުގެ ކަމާބެހޭ އެކި އިދާރާތަކުގައި ދެންނެވި ނަމަވެސް އެކަމަށް އިޖާބަދީފައެއްނުއެވެ.

ރައީސް މައުމޫން ޖަލަށް ލާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ހެދިފައި ހުރި އެންމެހާއި ޤާނޫނުތަކާ ޚިލާފަށް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ޒާތީ ހަސަދައިގައި ކަމަށް ވެސް ޕާޓީތަކުން ބުނެ އެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

3

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

4

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

5

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް