Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީގެ ފަލަ ސުރުހީ

އެމްޑީޕީގެ ފަލްސަފާއަކީ ރައްޔިތުން ކައިރިއަށް ގޮސް ރުހުން ހޯދައިގެން ކާމިޔާބު ކުރުން: ހަސަން ލަތީފު

އެމްޑީޕީން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 މެއި 2018 | ބުރާސްފަތި 04:14
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު

އެމްޑީޕީގެ ފަލްސަފާއަކީ ރައްޔިތުން ކައިރިއަށް ގޮސް އެރައްޔިތުންގެ ރުހުން ހޯދައިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ 'ފަލަ ސުރުޚީ' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވާނެ ކަމަށާއި، އެރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި މައްސަލަ ތަކަށް ހައްލު ހޯދާނެ ކަމަށެވެ. ހަސަން ލަތީފު ވިދާޅުވީ ރިޔާސީ އިންތިހާބަށް އެޕާޓީން ނުކުންނަނީ ރައްޔިތުންގެ ރުހުމާއެކު އިންތިހާބު ކާމިޔާބު ކުރުމަށްށެވެ.

ހަސަން ލަތީފު ވިދާޅުވީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެގޮތުން ރައްޔިތުންގެ ހާލުބެލުމަށް އެމްޑީޕީން ނުދާ ރަށެއް މަދުވާނެ ކަމަށެވެ.

"ދަތުރުތައް ކުރަންޖެހޭ ސަބަބަކީ ރައްޔިތުންގެ ކަރިއަށް ގޮސް އެމީހުންނާ ސުވާލުކޮށް، އެމީހުންނާ ވާހަކަ ދައްކާ އެމީހުންގެ އެނދުގައި އިށީންދެ ޖޯލީގައި އޮށޯވެ މިހުރިހާ ކަމެއްކޮށް އެމީހުންނާއެކު ކައިބޮއެ ހެދީމަ އެނގެނީ އެމީހުންގެ އަސްލު ވިސްނުމަކީ ކޮބައިކަން. އެމީހުންނަށް ދަތިވާ ކަންކަމަކީ ކޮބައިކަން" ހަސަން ލަތީފު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ ހާލަތު ދެނެނުގަނެ މެނިފެސްޓޯއެއް އެކުލަވައި ނުލެވޭނެ ކަމަށާއި، މެނިފެސްޓޯ އަކީ ކުރަހާލެވޭ މަންޒެއް ކަމަށެވެ. އެގޮތުން ރައީސް ނަޝީދު އެވިދާޅުވާ އަނެއް ދިވެހިރާއްޖޭގެ މާނައަކީ ރައްޔިތުން ސަލާންޖަހަން ނުޖެހޭ އެތަކެއް ކަމަކަށް ހައްލު ހޯދައިދޭނެ މެނިފެސްޓޯގެ ތަސައްވުރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ޕްރިންޓް ކުރުމާއި ހަމައަށް ބަދަލުތައް ގެންނާނެ ކަމަށާއި، މެނިފެސްޓޯ އެކުލަވާލަމުން ދަނީ ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

ރައީސް ޔާމިންގެ ރިޔާސީ މެނިފެސްޓޯއަކީ ސަޕްރައިޒެއް ކަމަށް ވިދާޅުވެފައިވަތީ އެކަމަށް އިޝާރާތް ކުރައްވާ ހަސަން ލަތީފު ވިދާޅުވީ މިއީ މެނިފެސްޓޯ އެކުލަވާލާ ގޮތް ނޫން ކަމަށެވެ. ރައްޔިތުންނަށް ސިއްރުން ކަންކަން ކުރުމުން އެރައްޔިތުން ހާލަތާއި، ރައްޔިތުން ބޭނުންވާ ކަންކަން ދެނެނުގަނެވޭނެ ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

"އެއީ ޖާދޫގަރު ރައްޔިތުން އެއްކޮށްފަ އޭނަ ތޮފިން މިފަހަރު ނަގާނީ ކޮންއެއްޗެއްތޯ މިއަހަނީ. ރައްޔިތުން ވިސްނާނީ ރުމާލެއްތޯ؟ މުސަޅެއްތޯ؟ ނޭނގޭ ހިސާބުގައި އޮންނަ ކަމެއް ނޫން މިއީ. ރައްޔިތުން މުސަޅު ބޭނުންވާ ކަމަށްވަންޏާ އަޅުގަނޑުމެން މުސަޅު ދޭނެ. އެއީ ހަގީގަތުގައި އެކަންކުރާ ގޮތަކީ. ރައްޔިތުންނަށް ފައިދާވާނީ އެހެން ކަންތައްކުރީމަ. ސާފުކޮށް ސިޔާސަތުތައް ކިޔާދެނީ އެހެންވެ." މިސާލު ދައްކަވަމުން ހަސަން ލަތީފު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމިން ދޭތެރެ ދޭތެރެއިން ޖަލްސާއެއް ބާއްވާ، އެޖަލްސާތަކަށް މަޖުބޫރުން މީހުން ގެންދިޔަ ނަމަވެސް ރައްޔިތުންގެ ލޮއެއްބާއި ތާއީދު ނުލިބޭނެ ކަމަށެވެ. އެޖަލްސާގެ ބޮޑު މަންޒަރެއް ފޮޓޯއަކުން ފެނުނު ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު