ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދުތެރޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރައިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، މިއަދު ހެދުނު 10:00 އިން ފެށިގެން މާދަމާ ހެދުނު 10:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. އަދި ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރު މިނުގައެވެ.
މީގެ އިތުރަށް މެޓް އޮފީހުން ބުނީ، އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.