Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ނަދީމްގެ ބަންދަށް ބަދަލެއް ގެނެވޭކަށް ނެތް: ގާޒީ

15 މެއި 2018 | އަންގާރަ 14:18

އޭނާ ހުންނެވީ މާފުށީގައި ހައްޔަރުކޮށްފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 15 މެއި 2018 | އަންގާރަ 14:18
ޓެރަރިޒަމްގެ ދައުވާ ލިބޭ ނަދީމް - އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުގައި

ޓެރަރިޒަމްގެ ދައުވާ ލިބޭ ނަދީމް - އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުގައި

އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ލިބޭ މުހައްމަދު ނަދީމްގެ ބަންދަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ނިންމަވައިފިއެވެ.

ނަދީމްގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ނަދީމްގެ ދިފާއީ ވަކީލުން ވިދާޅުވީ އޭނާ އެއްކޮށް މިނިވަން ނުކުރެވޭ ކަމަށްވާނަމަ ގެއަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށެވެ. ސަބަބަކީ އޭނާއަކީ ކުށުގެ ރެކޯޑް އޮތް މީހަކަށް ނުވެފައި، އޭނާއަކީ ހެއްކަތް ނުފޫޒު ފޯރުވާނެ މީހެއް ކަމަށް ބެލުމުގެ ފުރުސަތުވެސް ނެތުމެވެ. ނަމަވެސް ޝަރީއަތުން ފާހަގަ ކުރެއްވީ އޭނާ ބަންދުގައި ބަހައްޓާފައި ހުރީ ކޮށްފައިވާ ޓެރަރިޒަމް އަމަލަށް ބެލުމަށްފަހު ކަމަށެވެ.

Advertisement - newsAdvertisement

ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް އޭނާ ބަންދުކޮށްފައި ހުންނައިރު ޓެރަރިޒަމްގެ ދައުވާކޮށްފައި ތިބޭ އެންމެން ތިބެނީ ބަންދުގައި ނޫން ކަމަށް ނަދީމްގެ ދިފާއީ ވަކީލު މޫސާ ސިރާޖު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގައް ނެގި ކަމަށްބުނެ ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ ފަރާތްތައްވެސް ތިބީ ދޫކޮށްލާފައި ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސިރާޖު ވިދާޅުވީ މާފުށީގައި ނަދީމް ބަހައްޓާފައި ހުންނަވާއިރު އިންތިޒާމްތައް ހަމަ ޖައްސާދީފައިވަނީ އެފަދަ އެހެން މީހުންނާ ތަފާތު ކުރުންތަކެއް ގެންގުޅޭގޮތަށް ކަމަށެވެ. އެގޮތުން އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ނުވަ މީހުން ބަންދުގައި ކޮށްފައި ތިބޭއިރު އެމީހުނަށް ސުޕެޝަލް ޕްރޮޓެކްޝަން ހަމަ ހަމަ ޖައްސަދީފައިވާއިރު ނަދީމަށް ހާއްސަ ގޮތަކަށް އަމަލު ކުރެވެމުން ނުދާ ކަމަށް ވަކީލުން ފާހަގަ ކުރެއްވި އެވެ.

އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލުން ވިދާޅުވީ ހައްޔަރުކޮށްފައި ތިބޭ މީހުންގެ ތެރެއިން ހާއްސަ ރައްކާތެރިކަން ހަމަޖައްސައި ދެނީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ތިބޭ މީހުނަށް ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ސިރާޖު ވިދާޅުވީ ނަދީމަކީ ފެނަކަ ކޯޕަރޭޝަނުގެ ޗެއާމަންކަން ދެ އަހަރަށް ވުރެ ގިނަ ދުވަހު އަދާ ކުރައްވާފައިވާ މީހެއް ކަމަށާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތުށްވެސް ޖަލުގައި ސުޕެޝަލް ޕްރޮޓަކްޝަން ހަމަ ޖައްސައިދޭ ކަމަށެވެ.

މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް މި މަހުގެ 23 ވަނަ ދުވަހުގެ 12.00 ކުރިން ހުށަހެޅުމަށް ވަނީ ފުރުސަތު ދީފަ އެވެ. އަދި ދިފާއުން ހެކި ހުށަހެޅުމަށް ތިން ދުވަސް ޝަރީއަތުން ވަނީ އަރުވާފަ އެވެ. ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް މަޖިލިސް މެމްބަރުންތަކަކާ ގުޅިގެން، ފާރިސް އެންގެވި ގޮތަށް އަމަލުކޮށް، ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަ ނުޖެހުން ނަގާލަން މަސައްކަތްކޮށްފައިވާތީ ކަމަށެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ވެރިކަން ބަދަލުކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް ނަދީމު މެދުވެރި ކުރުވާފައިވާ ކަމަށް ވެސް ނަދީމުގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް