ކ. މާލެ
|
14 މެއި 2018 | ހޯމަ 12:13
ކޮލަމާފުށި
ކޮލަމާފުށި
ގޫގުލް
ތިޖޫރި ފަޅާލުން
ކޮލަމާފުށި ކައުންސިލްގެ ތިޖޫރީ ފަޅާލައި މުވައްޒަފުންގެ ރޯދަ އިނާޔަތް ވަގަށް ނަގައިފި
ކޮލަމާފުށީ ތިޖޫރި ފަޅާލީ ކައުންސިލް އިދާރާގެ ދޮރެއް ހަލާކުކޮށްލައިގެން އެ އިދާރާއަށްވަދެ
ފުލުހުން ދަނީ މި މައްސަލަ ބަލަމުން
އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަނީ ގެއްލިފައި

ގއ. ކޮލަމާފުށީ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައިފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ހޯމަ ދުވަހުގެ ހެންދުނު 08:05 ހާއިރު ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ކޮލަމާފުށީ ކައުންސިލްގެ މެންބަރު އިބްރާހިމް ވަހީދު ވިދާޅުވީ، ތިޖޫރި ފަޅާލިކަން އެނގިފައިވަނީ ހެނދުނު އޮފީހަށް އައުމުން ކަމަށާއި ތިޖޫރި ފަޅާލާފައިވަނީ ކައުންސިލް އިދާރާގެ ކުޑަ ދޮރެއް ހަލާކުކޮށްލައި ވަދެ ކަމަށެވެ.

ގާތްގަނޑަކަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާ ތިޖޫރީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި މުވައްޒަފުންނަށް ދިނުމަށް ގެނެސްފައިވާ ރޯދަ އެލަވަންސް އާއި ބައެއް ބިލްތަކަށް ދައްކަންޖެހޭ ފައިސާވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހުރިހާ ފައިސާއެއް ވަނީ ވަގަށް ގެންގޮސްފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް