Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ދައުވާތައް

އަލީ ހަމީދު، ފާރިސް އަދި އިލްހާމްގެ މައްޗަށްކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދު

13 މެއި 2018 | އާދީއްތަ 22:48

އަލީ ހަމީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު 11:00 އަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 13 މެއި 2018 | އާދީއްތަ 22:48
ފަނޑިޔާރު އަލީ ހަމީދު - އޭނާގެ މައްޗަށް މިހާރުވެސް ޖަލު ހުކުމެއް އިއްވާފައިވޭ

ފަނޑިޔާރު އަލީ ހަމީދު - އޭނާގެ މައްޗަށް މިހާރުވެސް ޖަލު ހުކުމެއް އިއްވާފައިވޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން މިއަދު 11:00 އަށް ތާވަލްކޮށްފައިވާއިރު، ފާރިސް މައުމޫންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު މެންދުރުފަހު 01:00 އަށެވެ. އަދި އިލްހާމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ ހެނދުނު 11:00 އަށެވެ.

Advertisement - newsAdvertisement

ފަނޑިޔާރު އަލީ ހަމީދު - އޭނާގެ މައްޗަށް މިހާރުވެސް ޖަލު ހުކުމެއް އިއްވާފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

އެންމެފަހުން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން އަލީ ހަމީދު ރިޝްވަތުގެ ފައިސާގައި ހިއްޕަވައި ވަކި ބަޔަކަށް މަންފާވާ ގޮތަށް ހުކުމްތައް ކުރައްވާފައިވާ ކަމަށެވެ. އަދި މުއައްސަސާތަކުގެ މަސައްކަތަށް ބުރޫ އަރުވައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

އަހުމަދު ފާރިސް މައުމޫން - އޭނާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދިއުމަށް ގާޒީ ވަނީ ނިންމަވާފައި -- ފޮޓޯ: ރާއްޖެ.އެމްވީ

ފާރިސްގެ މައްޗަށް ކުރާ ޓެރަރިމަޒްގެ ދައުވާގައިވާ ގޮތުން 2013 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން އުޅުމާއި، މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ އިތުރުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ވެސް ފާރިސް ބައިވެރިވި ކަމަށް ދައުވާގައިވެ އެވެ. އަދި އެ އަމުރު ނެރުމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ލައްވައި، ބައެއް ފުލުހުން މަގުމައްޗަށް ނެރެގެން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.

އެ ދައުވާ ސާފުނުވާ ކަމަށާއި ރިޝްވަތު ދިން ގާޒީންގެ ނަމުގެ އިތުރުން ރިޝްވަތު ދިނީ ކިތައް ގާޒީންނަށް ކަމެއްވެސް ދައުވާއިން ސާފުނުވާ ކަމަށް ފާރިސްގެ އިތުރުން ފާރިސްގެ ގާނޫނީ ވަކީލުން ވެސް ވިދާޅުވި އެވެ. އެހެންނަމަވެސް ފާރިސް ވިދާޅުވީ ޖިނާއި ކުށެއް ކޮށްފައިވާނުވާނެތީވެ، ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ.

އެ ދައުވާއަށް ފާރިސް އިންކާރު ކުރެއްވުމުން އެ ދައުވާ ފާރިސްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ވަނީ 32 ހެއްކާއި ގަރީނާ ހުށަހަޅާފަ އެވެ. ހެކީގެ ތެރޭގައި ސިއްރު 17 ހެކިވެރިއަކާއި ހަތް ފުލުހަކާއި ހަތަރު ސިއްރު ލިޔުމެއްގެ އިތުރުން އިތުރު ބައެއް ހެކިތަކެއް ވެސް ހިމެނެ އެވެ.

އިލްހާމް އަހުމަދު - އޭނާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދިއުމަށް ގާޒީ ވަނީ ނިންމަވާފައި -- ފޮޓޯ: ރާއްޖެ.އެމްވީ

އިލްހާމްގެ މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައިވަނީ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން އޭނާ އެދުނު އެއްވެސް ކަމެއް ކޮށްދެއްވެން ނެތް ކަމަށް ނިންމައި، ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ. އެގޮތުން ގާނޫނުލް އުގޫބާތުގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ކުށް ފުރިހަމަވާނެ ކަމަށް ބުނެފައިވާ އަމަލުތައް އިލްހާމް ހިންގެވިކަން ދައުވާއިން ސާފުވާން ނެތުމުން އެ ދައުވާއަކީ ބާތިލް ދައުވާއެއް ކަމަށް ކަނޑައަޅައިދޭން އިލްހާމްގެ ފަރާތުން އެދުނެވެ. ނަމަވެސް އެކަންވެސް ގަޒީ ބަލައިގެންފައެއް ނުވެ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް