Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިއްދޫ ޖަލްސާ

މިގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވޭނީ ރައީސް ނަޝީދަށް: ދިއްުދޫ ކައުންސިލްގެ ރައީސް

13 މެއި 2018 | އާދީއްތަ 10:40

ރައީސް ޔާމިންގެ ވެރިކަމުގައި ރައްޔިތުން ވަނީ ބިކަ ހާލުގައި ޖައްސާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 13 މެއި 2018 | އާދީއްތަ 10:40
ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

މިގައުމު މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގެ ގާބިލްކަން ހަމައެކަނި ލިބިފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅުގައި ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ދިއްދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހާޝިމް ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި ރައްޔިތުން ބިކަ ހާލުގައި ޖައްސާފައިވާ ކަމަށެވެ. ހާޝިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންނާއި ގާތުން ގައުމު ހިންގާނެ ވެރިއެއް ކަމަށާއި، މުޅި ގައުމު ހަމަމަގަށް އެޅުވޭނެ ގާބިލް ބޭފުޅަކަށް ހުންނެވީ ހަމައެކަނި ރައީސް ނަޝީދު ކަމަށެވެ.

Advertisement - newsAdvertisement

ހާޝިމް ވިދާޅުވީ މިސަރުކާރުގެ ހިޔާނާތައި ވައްކަމުގެ ރިޕޯޓުތައް ނެރެނީ އޭސީސީންނާއި، ދައުލަތުގެ އޮޑިޓާރ ޖެނެރަލް އޮފީހުން ކަމަށެވެ. އެހެންކަމުން ރައީސް ޔާމިންގެ ސަރުކާރަކީ ވައްކަމާއި، ފޭރުމާއި، ކޮރަޕްޝަނުން އިންތިހާއަށް ބޮޑު ސަރުކާރެއް ކަމަށް ސާބިތުވާ ކަމަށް ހާޝިމް ވިދާޅުވިއެވެ.

ހާޝިމް ވިދާޅުވީ ގައުމަށް ތަރައްގީ ގެންނަނީ ބޮޑެތި އިމާރާތްތަކުން ދައުލަތް ނުއަގުގައި ދަރުވާލައިގެން ކަމަށެވެ. އަދި މިގޮތަށް ގެންނަ ތަރައްގީ ރައްޔިތުން ބޭނުން ނުވާ ކަމަށް ވެސް ހާޝިމް ވިދާޅުވިއެވެ.

" ކޮރަޕްޝަން އިންޑެކްސްގައި ދުނިޔޭގެ ލެވަލްގައި ދިވެހިރާއްޖެ އޮތީ ނޯތް ކޮރެއާ ހިސާބުގައި. ވައްކަން ކުރުމާއި މައުލޫމާތު ހާމަކުރުމާއި މިހުރިހާ މިންގަނޑަކުން ބަލާއިރު ރާއްޖެ ވެއްޓިފައިވަނީ ވަރަށް ބޮޑު އަދަވަޅަކަށް. މިހުރިހާ ކަމަކުން އަޅުގަނޑުމެންނަށް އަރައިގަނެވެން އަންނަނީ އަޅުގަނޑުމެންގެ ވެރިކަމުގެ މުގޫ މިހާރު މިތިއްބެވި ބޭފުޅުން އަތުލައި އަޅުގަނޑުމެންގެ ރައިސް ހަވާލުކޮށްގެން" ހާޝިމް ވިދާޅުވިއެވެ.

ހއ. ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް ވިދާޅުވީ ރައީސް ޔާމިން ވެރިކަމުގެ ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު އެންމެ ފަހަރަކު ވެސް އެރަށު ރައްޔިތުންގެ ހާލު ބެއްލެވުމަށް ވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ހައްޔަރުގައި ހުންނަވައިގެން ދިއްދޫގެ ރައްޔިތުންގެ ހާލު ރައީސް ނަޝީދު ބައްލަލައްވާފައިވާކަން ހާޝިމް ފާހަގަކުރެއްވިއެވެ.

ހާޝިމް ވިދާޅުވީ ދިއްދޫގެ ތަރައްގީއަށް ރައީސް ޔާމިންގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްދީފައި ނުވާ ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމުގައި 34 މިލިއަން ރުފީޔާ އެރަށަށް އިންވެސްޓް ކޮށްދެއްވި ކަމަށެވެ. އެރަށުގެ ބިން ހިއްކަވައިދެއްވާ ސްކޫލުގެ އިމާރާތެއް އަޅުއްވައިދެއްވި ކަމަށް ހާޝިމް ވިދާޅުވިއެވެ.

ހާޝިމް އިތުރަށް ވިދާޅުވީ ރަމަޟާން މަހަށް މިސްކިތްތައް އާބާތުރަ ފިލުވުމަށް ވެސް ބަޖެއްދީފައި ނުވާ ކަމަށެވެ. އަދި ރަމަޟާން މަހު ތަރާވިސް ނަމާދު ކުރުމަށް ހާފިޒުން ހޯދީ ވެސް ރައްޔިތުން އަމިއްލައަށް ރައްޔިތުން ފައިސާދޭ ގޮތަށް ކަމަށް ވެސް ހާޝިމް ފާހަގަކުރެއްވިއެވެ.

މިސަބަބުތަކަށްޓަކައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިނަށް ވޯޓުދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް ހާޝިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

06 މާރިޗު 2017

ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް

06 މާރިޗު 2017
ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
19 ފެބުރުއަރީ 2017

ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު

19 ފެބުރުއަރީ 2017
ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް