Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2018

އަންނަ ހަފްތާގައި އިނގިރޭސި ސްކޮޑް އިއުލާން ކުރާނެ

12 މެއި 2018 | ހޮނިހިރު 10:35

ސައުތުގޭޓް ނަގާނީ 23 ކުޅުންތެރިންގެ ސްކޮޑެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 12 މެއި 2018 | ހޮނިހިރު 10:35
ކޮލިފައިން މެޗެއްގައި ކުޅުނު އިނގިރޭސި ސްކޮޑް

ކޮލިފައިން މެޗެއްގައި ކުޅުނު އިނގިރޭސި ސްކޮޑް

މިއަހަރުގެ ޖޫން މަހު ރަޝިއާގައި ފަށާ ފީފާ ވޯލްޑް ކަޕަށް ދާ އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ސްކޮޑް އަންނަ ހަފްތާގެ ތެރޭގައި އެ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް އިއުލާންކުރާނެއެވެ.

އިނގިރޭސި އެފްއޭއިން ބުނެފައިވާ ގޮތުގައި ސައުތުގޭޓް ނަގާ 23 ކުޅުންތެރިންގެ ސްކޮޑް އިއުލާންކުރާނީ އަންނަ ހަފްތާގެ ބުދަ ދުވަހުއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތް ހިމެނިފައިވަނީ ޓިއުނީޝީއާ އާއި ޕެނަމާ އަދި ބެލްޖިއަމް އާއެކު ގްރޫޕް ޖީ ގައެވެ. އެގޮތުން ޖޫން މަހުގެ 18 ވަނަ ދުވަހު ޓިއުނީޝިއާ އާ ދެކޮޅަށް އިނގިރޭސިވިލާތް ނުކުންނައިރު ޖޫން މަހުގެ 24 ވަނަ ދުވަހު އެ ޓީމު ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.

ވޯލްޑް ކަޕަށް އިނގިރޭސިވިލާތް ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އެގޮތުން ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗު އެ ޓީމުން ކާމިޔާބުކުރިއިރު އެ ޓީމު ވަނީ ދެ މެޗުން އެއްވަރުވެފައެވެ. ވޯލްޑް ކަޕަށް ދިޔުމުގެ ކުރިން ޖޫން މަހުގެ ދެވަނަ ދުވަހު ނައިޖީރިއާ އާއި ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއްގައި ނުކުންނައިރު ޖޫން މަހުގެ ހަތް ވަނަ ދުވަހު ކޮސްޓަރިކާ އާ ދެކޮޅަށް ވެސް އެ ޓީމު ނުކުންނާނެއެވެ. މި ދެ ރަހުމަތްތެރިކަމުގެ މެޗު ވެސް އެ ޓީމު ކުޅޭނީ އަމިއްލަ ގައުމުގައެވެ.

ސްކޮޑް އިއުލާންކުރާއިރު ސައުތުގޭޓަށް އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިން ސްކޮޑުގައި ނުހިމެނޭނެއެވެ. އެގޮތުން ލިވަޕޫލްގެ މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބަލިން އަދި އެ ޓީމުގެ ޑިފެންޑަރު ޖޯ ގޯމޭޒް އަށް ވެސް ވަނީ އަނިޔާގެ ސަބަބުން ސްކޮޑުން ފުރުސަތު ގެއްލިފައެވެ. ބެލެވޭ ގޮތުގައި މިފަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅާނީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއެވެ.

ސައުތުގޭޓްގެ ކުރިން އެ މަގާމުގައި ހުރި ރޯއި ހޮޖްސަންގެ އިރުޝާދުގެ ދަށުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އެ ޓީމު ކެޓިއިރު ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯގައި އެ ޓީމު ކެޓީ ދެވަނަ ބުރުންނެވެ. އިނގިރޭސިވިލާތަށް ވޯލްޑް ކަޕްގައި މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބަކީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް