Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބުރާހިމް

ގާސިމް ބޭނުންފުޅުވަނީ ޖޭއެސްސީގެ މެމްބަރުންގެ އަދަދު މަދުކުރަން، ސުއޫދު ވިދާޅުވީ ގޯހެއް ކަމަށް!

11 މެއި 2018 | ހުކުރު 09:57

ގާސިމް ހުށަހަޅުއްވަނީ 10 އިން 7 އަށް މަދުކުރަން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 11 މެއި 2018 | ހުކުރު 09:57
ގާސިމް އިބްރާހިމް: ޖުޑީޝަލް ރިފޯމް އެޖެންޑާގެ ފުރަތަމަ ދައުވު އިއުލާން ކުރެއްވި

ގާސިމް އިބްރާހިމް: ޖުޑީޝަލް ރިފޯމް އެޖެންޑާގެ ފުރަތަމަ ދައުވު އިއުލާން ކުރެއްވި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުންގެ އަދަދު، މަދު ކުރަން ހުށަހަޅުއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމުން، އެއީ ގޯސް ވިސްނުންފުޅެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސޫއޫދު ވިދާޅުވެއްޖެވެ.

ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ނުފޫޒުން ޖުޑީޝަރީ މިނިވަން ކުރެވޭނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށްގެން ކަމަށެވެ. އެގޮތުން ގާނޫނުއަސާސީގެ 159 ވަނަ މާއްދާ އިސްލާހު ކުރުމަކީ އެމަނިކުފާނުގެ ޖުޑީޝަލް ރިފޯމް އެޖެންޑާގެ އެންމެ އިސް މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

ގާނޫނުއަސާސީގެ 159 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖޭއެސްސީ އެކުލެވިގެން ވަނީ 10 މެމްބަރުންގެ މައްޗަށެވެ. އެ ކޮމިޝަނުން އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި ހައި ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ މައްޗަށެވެ. އޭގެ އިތުރުން އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރަކާއި ބަންޑާރަ ނައިބުގެ އިތުރުން ވަކީލުންގެ ތެރެއިން އެބައި މީހުން އިންތިހާބު ކުރާ ގާނޫނީ ވަކީލަކާއެކު ވެސް ޖޭއެސްސީގައި ހިމެނެއެވެ.

ގާސިމް ވިދާޅުވީ ސިޔާސީ ނުފޫޒުން ޖޭއެސްސީ މިނިވަން ކުރުމަށް އެ ކޮމިޝަންގެ މެމްބަރުންގެ އަދަދު 10 އިން ހަތަކަށް ދަށް ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށެވެ. އެގޮތުން މަޖިލީހަށް އެ ކޮމިޝަނުން ކަނޑައަޅާއި މެމްބަރާއި ސީއެސްސީގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރު އެ ކޮމިޝަނުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އެގޮތަށް ވިދާޅުވުމާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނުއަސާސީ އިސްލާހު ކުރެއްވި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހިމެނިވަޑައިގެންނެވި މެމްބަރު ހުސްނުއްސުއޫދު ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރަން ގާސިމް ގެންގުޅުއްވާ ހިޔާލުފުޅަކީ ގޯސް ވިސްނުންފުޅެއް ކަމަށެވެ.

ސުއޫދު ވިދާޅުވީ ޖޭއެސްސީގެ މެމްބަރުންގެ އަދަދު މަދުކުރެއްވުމަށް ގާސިމް ހުށަހެޅުއްވަން އުޅުއްވަނީ ވޭތުވެދިޔަ މުއްދަތުގައި ޖޭއެސްސީގައި ހިނގައިދިޔަ ކަންތައްތަކަށް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާތީ ކަމަށް ވެދޭނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ދެ ވަނަ ވިސްނުމަކަށް ވަޑައިގެންނެވުމަށް ސުއޫދު ވަނީ ގާސިމަށް ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
16 މާރިޗު 2017

އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ

16 މާރިޗު 2017
އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ
15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް