Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން

އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލުމަށް ޙުކުމްކޮށްފި

ހުކުމް ކުރީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒް ފޯރުމުގެ ދައުވާ ސާބިތުވެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 10 މެއި 2018 | ބުރާސްފަތި 13:57
އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

ވަކި ގޮތަކަށް އަމުރު ނެރުމަށް ދެ ގާޒީ އަކަށް ނުފޫޒުފޯރުވި ކަމަށްބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އެ ކުށުގެ އަދަބެއްގެ ގޮތުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް އެ ދެބޭފުޅުން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ޝަހީދު ޙުކުމް ކުރެއްވީ ބުރާސްފަތި ދުވަހު މެންދުރު ފަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

Advertisement - newsAdvertisement

އަލީ ހަމީދާއި އަބްދުﷲ ސައީދަށް އިއްވާފައިވާ ޖަލު ހުކުމުގެ މިންގަނޑަކީ އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަށްވުރެ ހަތަރު ދަރަޖަ އިތުރު މިންވަރެކެވެ. އެ ކުށުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކަނޑައެޅުވީ އެ ދެ ފަނޑިޔާރުން ހިންގި އަމަލުގެ ގޮތުން ކަމަށެވެ. ފަނޑިޔާރުންނަކީ އެމީހުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާމެދު ރައްޔިތުން ސުވާލު އުފައްދާފަދަ ބަޔަކަށް ވެގެންނުވާއިރު އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު އަދުލު އިންސާފުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ހުވާ ކުރައްވައި ތިއްބަވައިގެން ފަނޑިޔާރުން އަމަލުކުރަން ޖެހޭ ގޮތްތަކާ ޚިލާފަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ޝަރުއީ ނިޒާމަށް ގެއްލުން ދީފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެން ނަމަވެސް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ ދިފާއީ ވަކީލުން ވަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދީފައިނުވާތިއްޔާއި ކަނޑައަޅާފައިވާ އަދަބުގެ ބޮޑުކަމުން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް ޙުކުމް ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލިސްވަނީ ހުޅުވާލާފައެވެ. އަދި ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ މަޖިލީހުގައި ސިއްރުން ހެކިބަސް ދިން ދެ މީހުން ބުނެފައިވާ ވާހަކަތައް ޙުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވިއެވެ.

އެގޮތުން ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރު ނެރުނު ފަހުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ގުޅުއްވައި ސިޔާސީ ފަރާތްތަކާއި ޖުޑިޝަރީގެ ބޭފުޅުން ހައްޔަރުކުރުމުގެ ކުރިން ވިސްނާލުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގަތް ކަމަށް ހެކިބަސް ދިން ފުރަތަމަ މީހާ ބުނެފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވި ގޮތުގައި އޭނާ ތަހުގީގަށް ދީފައިވާ ބަޔާނުގައި، ސިޔާސީ އެކި ބޭފުޅުން ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުތައް ބާތިލުކޮށްފައިވަނީ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު އެގޮތަށް އެންގެވުމުން އެ ބޭފުޅުން އެންގެވި ގޮތަށް އަމަލު ކުރެއްވުމަށް ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

ނަމަވެސް ކޯޓުގައި ހެކިބަސް ދެމުން އޭނާ އެކަމަށް އިންކާރު ކޮށްފައިވާ ކަމަށާއި، އެ އަމުރުތައް ބާތިލުކުރުމަށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އެންގެވި ނަމަވެސް އަމުރުތައް ބާތިލުކުރެއްވީ އެ ދެ ފަނޑިޔާރުން އެންގެވި ގޮތަށް އަމަލު ކުރުމަށް ނޫން ކަމަށް ހެކިވެރިޔާ ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ހެކިބަސް ދެމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހައްޔަރުކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރުމަށް ދެ ފަނޑިޔާރުން އެންގެވުމުން، އެ އަމުރަކީ ލިބިފައިވާ ހެކިތަކަށް ރިޔާއަތްކޮށް ނެރެފައިވާ އަމުރެއް ކަމަށާއި އެ އަމުރު ބާތިލުކުރެވެން ނެތްކަން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް އެންގި ކަމަށްވެސް ފުރަތަމަ ހެކިބަސްދިން މީހާ ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު ދެ ގާޒީއަކަށް ނުފޫޒު ފޯރުވިކަން ސިއްރުން ހެކިބަސްދިން ދެ ގާޒީންގެ ހެކިބަހުން އެނގޭކަމަށް ޙުކުމް އިއްވަމުން ގާޒީ ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ ތެރެއިން ސިއްރުން ހެކިބަސްދިން އެކަކު އޭނާއަށް ނުފޫޒު ފޯރުވުގެ ގޮތުން ވަކި ގޮތަކަށް ހުކުމް ނެރުމަށް ފަނޑިޔާރު އަލީ ހަމީދު އެންގެވި ނަމަވެސް އެ ނުފޫޒުގައި ޖެހިގެން ޙުކުމް ކޮށްފައި ނުވާނެ ކަމަށް ބުނެފައިވާކަން އެނގެން އޮންނަ ކަމަށްވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

ސިއްރުން ހެކިބަސްދިން ފުރަތަމަ ހެކިވެރިޔާ ދައްކާފައިވާ ވާހަކަތަކާއި، ލީކުވެފައިވާ ބަޔާންތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފު ދެއްވާފައިވާ ބަޔާނުގައި ހުރި ވާހަކަތަކާ އެއްވެސް ތަފާތެއް ނެތެވެ.

އަދި ދެ ވަނައަށް ސިއްރުން ހެކިބަސް ދިން މީހާ ދައްކާފައިވާ ވާހަކަތައް ވެސް ގާޒީ ޝަހީދު ވިދާޅުވިއިރު އެ ވާހަކަތައް ހަމަ އެގޮތައް ސިވިލް ކޯޓުގެ ގާޒީ އަހްމަދު ހަލީމް ފުލުހުންނަށް ދެއްވާފައިވާ ބަޔާނެއް ވަނީ ލީކުވެފައެވެ.

އެގޮތުން ހެކިބަސްދިން ގާޒީ ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު ކޯލްތައް ވަޓްސްއެޕްއިން ލިބެން ފެށީ ޕީޕީއެމްއާ ގުޅޭ އަމުރެއް ނެރުނު ހިސާބުން ކަމަށާއި، އަދި އަލީ ހަމީދު އަންގައިގެން ސުޕްރީމް ކޯޓަށް ދިޔަ ކަމަށާއި ހަމަ އެހެންމެ އޭނާ ލިޔެފައިވާ ހުކުމަށް ފަނޑިޔާރު އަލީ ހަމީދު ބައެއް އިތުރުކޮށްފައިވާކަމަށެވެ.

އެހެން ކަމުން ހެކިންގެ ހެކިބަހަށާއި ހުށަހަޅާފައިވާ ހެކި ގަރީނާތަކަށް ބަލާއިރު 2016 ވަނަ އަހަރުން ފެށިގެން މިދިޔަ ފެބްރުއަރީ މަހާ ހަމައަށް، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންތަކަކަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށްބުނެ އުފުލި ދައުވާ ސާބިތުވާ ކަމަށް ގާޒީ ކަނޑައެޅުއްވިއެވެ.

ހުކުމް ކުރުމުގެ މަޖިލީސް ހިނގަމުންދިޔައިރު ދެ ފަނޑިޔާރުން އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ. އަދި ހުކުމް އިއްވުމުން، ކޯޓު ރޫމުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ނުކުމެވަޑައިގަތްއިރު ވެސް ތިއްބެވީ ހިނިތުންވެވަޑައިގެންނެވެ. ހުކުމް އިއްވުމަށްފަހު ގާޒީ ޝަރީއަތުގެ މަޖިލީހުން ނިކުމެވަޑައިގަތުމުން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާ އެކު ނުކުމެ ވަޑައިގަތުމުގެ ކުރިން، ދެ ބޭފުޅުން އާދައިގެ މަތިން ބޭފުޅުންގެ ވަކީލުންނާ ސަލާމް ކުރެއްވިއެވެ. އަދި ނުކުމެ ވަޑައިގަތުމުގެ ކުރިން ދިފާއީ ވަކީލުންނާ މުޚާތަބު ކުރައްވައި، "ގާނޫނުއަސާސީ ނެގެހެއްޓުމަކީ ބޮޑު މަސައްކަތެއް" ކަމަށް އުއްތަމަ ފަނޑިޠާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލި ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް މިދިޔަ އަންގާރަ ދުވަހު ހުކުމް ކޮށްފައިވާއިރު، އެމަނިކުފާނާއި ދެކޮޅަށް އުފުލާފައިވާ ދެ ދައުވާއެއްގައި ހުކުމް ނުކޮށް އަދި އެބަ އޮތެވެ. އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފައިވާއިރު އަދި ހުކުމް ނުކޮށް ދެ މައްސަލަ އެބަ އޮތެވެ. މި ދެ ބޭފުޅުންވެސް ތިބީ އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު