Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ އިދިކޮޅު ޕާޓީތައް

އިދިކޮޅު ޕާޓީތަކުގެ ކޮންގްރެސް ބާއްވަން ތަނެއް ނުލިބުނު، އެކަމަކު ޕީޕީއެމަށް ތަންތަން 'ހިތަކަށް' ލިބޭ!

9 މެއި 2018 | ބުދަ 10:32

އެމްޑީޕީން އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތަނެއް ލިބޭތޯ މަސައްކަތް ކުރަމުންދާތީ ދުވަސްތަކެއް ވެއްޖެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 މެއި 2018 | ބުދަ 10:32
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ ކުނޫޒުގައި ބެއްވި ޖަލްސާއެއްގެ ތެރެއިން (ފައިލް ފޮޓޯ)

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ ކުނޫޒުގައި ބެއްވި ޖަލްސާއެއްގެ ތެރެއިން (ފައިލް ފޮޓޯ)

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމަށް ހަރަކާތްތައް ހިންގުމަށް އެެއްވެސް ދައްޗަކާ ނުލައި ތަންތަން ލިބެމުންދާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ ކޮންގްރެސް ބާއްވާނެ ތަނެއް ނުލިބިގެން މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ އެކްޓިވިޓީ ކޮމެޓީގެ ޗެއާރ ޑރ. އަބްދުﷲ މައުސޫމްއާއި އެޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް މާލެއިން ތަނެއް ހޯދުމަށް މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި މިހާތަނަށް އެއްވެސް ތަނެއް ހަމަޖެހިފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

މައުސޫމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތަނެއް ލިބޭތޯ ކަމާބެހޭ އިދާރާތަކަށް ސިޓީތައް ފޮނުވިނަމަވެސް މިހާތަނަށް އެއްވެސް ތަނެއް ހަމަޖެހިފައި ނުވާކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ލިބޭތޯ ވެސް މަސައްކަތް ކުރިކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މަގުމަތީ ނަމަވެސް ބާއްވާނަން،" މައުސޫމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ބުނީ ހުރިހާ ބޭފުޅުންނަށް ވެސް ސިޔާސީގޮތުން ކުރިއަށް ދިއުމަށް ފުރުސަތު އެ ޕާޓީގައި އެބައޮތް ކަމަށާއި ޕާޓީގެ ކަންކަން އިސްލާހުކުރުމަށް ޕާޓީގެ މެންބަރުން ބޭނުންވާނަމަ ގައުމީ ހިންގާ ޖަލްސާއަށް އިސްލާހުތައް ހުށަހަޅައިގެން ޕާޓީގެ ކަންކަން އިސްލާހުކުރަން ފުރުސަތު އޮންނާނެ ކަމަށެވެ.

ނަމަވެސް މިވަގުތު ޕާޓީގެ އަސާސީ ގަވާއިދު އޮތް ގޮތުން ޕާޓީގެ ލީޑަރަކީ ވެސް އަދި ރިޔާސީ ކެންޑިޑޭޓަކީ ވެސް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެއެވެ. ޖޭޕީން އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތަނެއް ހޯދަމުންދާއިރު، އެމްޑީޕީން ވެސް އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެމްޑީޕީން ވެސް ބުނެފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ލިޔެގެންވެސް މިހާތަނަށް އަދި ތަނެއް ހަމަޖެހިފައި ނުވާކަމަށެވެ.

އެމްޑީޕީން ދަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމުގެ ތައްޔާރީތައް ވަމުންނެވެ. އެމްޑީޕީގެ ޕަރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ހަރަކާތްތައް ހިންގުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފުރުސަތުތައް ފަހިކޮށް ދިނުމުގެ ބަދަލުގައި ދަތިތައް ކުރިމަތި ކުރުވަމުންދާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެއެވެ.

ސަރުކާރުން ހިންގާ ޕާޓީން މާލޭގައި ޖަލްސާތަކާއި އެކިއެކި ހަރަކާތްތައް ހިންގަމުންދާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖަލްސާތަކާއި އެއްވުންތައް ބާއްވަން ޖެހިފައިވަނީ އެ ޕާޓީތަކުގެ ހަރުގެ ތެރޭގަ އެވެ. ގުޅިފައިވާ ޕާޓީތަކުން ހަރުގެ ތެރޭގައި ހަރަކާތްތައް ހިންގަމުންދާއިރުވެސް ފުލުހުންގެ ފަރާތުން ދަތިތައް ކުރުވަމުންދާ ކަމަށް އެޕާޓީތަކުން ދަނީ ބުނަމުން ނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
22 ފެބުރުއަރީ 2017

"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"

22 ފެބުރުއަރީ 2017
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!

15 ފެބުރުއަރީ 2017
ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް