Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ ބަދަލު

ފަނޑިޔާރުންގެ އެންމެ ގަދަ ކަމަކަށްވާނީ ރައްޔިތުންގެ އިތުބާރު ލިބުން: އިންތި

8 މެއި 2018 | އަންގާރަ 21:00

ގާނޫނު އަސާސީއާ އެއްގޮތަށް ކަންކަން ކުރަން ޖެހޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 8 މެއި 2018 | އަންގާރަ 21:00
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ (އިންތި)

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ (އިންތި)

ފަނޑިޔާރުގެއެއްގެ ނުވަތަ ފަނޑިޔާރުންގެ އެންމެ ގަދަ ކަމަކަށްވާނީ ރައްޔިތުންގެ އިތުބާރު ލިބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ބޮޑުސުވާލު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިންތި ވަނީ މިއަދު ރާއްޖޭގެ ހާލަތަކީ މާފިއާ ނެޓްވޯކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އިންތި ވިދާޅުވީ، ހުރިހާ ބޭފުޅުންވެސް ޤާނޫނު އަސާސީ އާއި ޤާނޫނީ ހަމަތަކުގެ މަތިން ކަންކަން ކުރައްވާނަމަ އެއްވެސް ފަރާތެއް ދެކެ ބިރު ގަންނަން ނުޖެހޭނެ ކަމަށެވެ. އެގޮތަށް ކަން ކުރައްވާނަމަ އެބޭފުޅުންގެ މަގާމުތައްވެސް ދިފާއު ކުރެއްވޭނެ ކަމަށާއި ރައްޔިތުންގެ އިތުބާރުވެސް ލިބޭނެ ކަމަށް އިންތި ވިދާޅުވިއެވެ. ހަމައެހެންމެ ފަނޑިޔާރުންގެ އެންމެ ގަދަ ކަމަކަށްވާނީ ރައްޔިތުންގެ އިތުބާރު ލިބުން ކަމަށްވެސް އިންތި ވިދާޅުވިއެވެ.

"ފަނޑިޔާރު ގެއެއްގެ އަދި ފަނޑިޔާރެއްގެ ގަދަކަމަކީ، ވަރުގަދަ ކަމަކީ، މޮޅު ކަމަކީ، އިތުބާރު ހޯދުން ރައްޔިތުންގެ. އެކަން ކުރެއްވުމަށް ތިބޭފުޅުން އެއް ބޭފުޅެއްގެ މައްޗަށް ޗެމްޕިއަންކަން ވެވަޑައިގަންނަވާށޭ" އިންތި ވިދާޅުވިއެވެ.

ހަމައެހެންމެ އިންތި ވިދާޅުވީ ޝަރީއަތްތައް އަސްލު ހިންގަން ޖެހޭނީ އާންމުކޮށް ހުޅުވާލައިގެން ކަމަށާއި ޝަރީއަތް ސިއްރު ކުރެވޭނީ ވަރަށް ހާއްސަ ހާލަތެއްގައި ކަމަށެވެ. ސިއްރިއްޔާތުގައި މިހާރު ދެމުންދާ ބަޔާންތަކަކީ ހާމަކަންމަތީ ދޭންޖެހޭ ބާޔާންތަކެއް ކަމަށާއި މި ބަޔާންތައް ސިއްރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އިންތި ވިދާޅުވިއެވެ.

"ސިއްރިއްޔާތުގައި މިދޭ ކަމަކީ (ބަޔާން ދޭ ކަމަކީ) ކޮންމެވެސް މީހަކަށް ލަނޑެއް ދިނުމުގެ ކަންތައްތައް ކުރަންވީމަ. ކޮންމެވެސް ނުބައި ނިޔަތެއްގައި ކޮންމެވެސް ނުބައި ކަމެއް ކުރަން" އިންތި ވިދާޅުވިއެވެ.

އިންތި މި ފަދައިން ވާހަކަ ދައްކަވާފައިވާއިރު އެކެއް ފެބްރުއަރީގެ އަމުރާއި ގުޅިގެން ހައްޔަރުކޮށްފައިވާ ބައެއް ފަރާތްތަކާއި ގުޅިގެން ސިއްރު ހެކިވެރިން ދީފައިވާ ބަޔާންތަކެއް ދާދިފަހުން ވަނީ ލީކުވެފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް