Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބްނާނުގެ އިންތިޚާބު

ލުބްނާނުގެ އިންތިޚާބުގެ ކާމިޔާބީ ހިޒްބުﷲއިން ފާހަގަކޮށްފި

8 މެއި 2018 | އަންގާރަ 06:39

128 ގޮނޑީގެ ތެރެއިން 67 ގޮނޑި ކާމިޔާބުކޮށްފިކަމަށް ބެލެވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 މެއި 2018 | އަންގާރަ 06:39
ހިޒްބުﷲ ވަނީ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދި

ހިޒްބުﷲ ވަނީ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދި

2009ވަނަ އަހަރަށް ފަހު ލުބްނާނުގައި ބޭއްވި ފުރަތަމަ އާއްމު އިންތިޚާބުގައި ކާމިޔާބު ހޯދިއްޖެ ކަމަށް ޝީޢީންގެ ޖަމާއަތް ހިޒްބުﷲ އިން ބުނެފިއެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވީ އިންތިޚާބުގައި ލިބުނު ކާމިޔާބީއާއި އެކު، އިސްރާއީލާއި ދެކޮޅަށް ކުރާ މަސައްކަތަށް އިތުރު ނަސްރެއް ލިބިއްޖެ ކަމަށެވެ.

އިންތިޚާބުގައި ބޮޑުވަޒީރު ސާދު ޙަރީރީގެ ފިއުޗަރ މޫވްމަންޓް ޕާޓީއަށް ޤާނޫނު ހަދާ މަޖިލީހުގައި ކުރިން ލިބިފައިވާ ގޮނޑިތަކުގެ ތިންބައިކުޅަ އެއް ބައި ގޮނޑިތައް ވަނީ ގެއްލިފައެވެ. އެހެން ނަމަވެސް ލުބްނާނުގެ އިންތިޚާބީ ނިޒާމު އޮންނަ ގޮތުން ސަރުކާރު އެކުލަވާލައްވަން ޖެހިވަޑައިގަންނަވާނީ ސާދު ޙަރީރީއަށެވެ. ލުބްނާނުގެ ނިޒާމު އޮންނަ ގޮތުން ބޮޑުވަޒީރުކަމުގައި ހުންނަވާނީ ސުންނީ މުސްލިމެކެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ ރައީސްކަމުގައި ޝީޢީއަކު ހުންނަވަން ޖެހޭއިރު، ރައީސްކަމުގައި ހުންނަވާނީ ނަޞާރާއެކެވެ.

ނަތީޖާ ނިކުތް ގޮތުން ސާދު ހަރީރީ އެކުލަވާލާ ސަރުކާރުގައި އެމަނިކުފާނުގެ އަމިއްލަ ބާރު ކުޑަވާނެއެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ލުބްނާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 128 ގޮނޑީގެ ތެރެއިން 67 ގޮނޑި ކާމިޔާބުކުރީ ހިޒްބުﷲއެވެ. ބޮޑުވަޒީރު ސާދު ހަރީރީގެ ޕާޓީއަށް މީގެ 9 އަހަރު ކުރިން ބޭއްވި އިންތިޚާބުގައި 33 ގޮނޑި ލިބުނު ނަމަވެސް، މިފަހަރު ލިބުނީ އެންމެ 21 ގޮނޑިއެވެ.

ހިޒްބުﷲ އަކީ ހުޅަނގުގެ ޤައުމުތަކުންނާއި އިސްރާއީލުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ބަލާ ޖަމާޢަތެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2017

އަވަސް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ބޮޑުވަޒީރު ކެޓަލޯނިއާއަށް

12 ނޮވެމްބަރު 2017
އަވަސް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ބޮޑުވަޒީރު ކެޓަލޯނިއާއަށް
04 ނޮވެމްބަރު 2017

އީރާނާ ހެދި ކަމަށް ބުނެ ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ އިސްތިއުފާ ދެއްވައިފި

04 ނޮވެމްބަރު 2017
އީރާނާ ހެދި ކަމަށް ބުނެ ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ އިސްތިއުފާ ދެއްވައިފި
01 ނޮވެމްބަރު 2017

ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރާނަން: އިދކޮޅު ކެންޑިޑޭޓް

01 ނޮވެމްބަރު 2017
ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރާނަން: އިދކޮޅު ކެންޑިޑޭޓް
22 އޮކްޓޯބަރު 2017

ޖަޕާނުގެ އަވަސް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ

22 އޮކްޓޯބަރު 2017
ޖަޕާނުގެ އަވަސް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ
24 ސެޕްޓެމްބަރު 2017

ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ

24 ސެޕްޓެމްބަރު 2017
ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ
01 ސެޕްޓެމްބަރު 2017

ކެންޔާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލުކޮށްފި

01 ސެޕްޓެމްބަރު 2017
ކެންޔާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލުކޮށްފި
16 ޖުލައި 2017

ނާކާމިޔާބު ކޮށްލި ބަޣާވާތަށް އެއް އަހަރުފުރުން ތުރުކީގައި ފާހަގަކޮށްފި

16 ޖުލައި 2017
ނާކާމިޔާބު ކޮށްލި ބަޣާވާތަށް އެއް އަހަރުފުރުން ތުރުކީގައި ފާހަގަކޮށްފި
02 ޖުލައި 2017

ކެނެޑާ އުފެދުނުތާ 150 އަހަރު ފުރުން ފާހަގަކޮށްފި

02 ޖުލައި 2017
ކެނެޑާ އުފެދުނުތާ 150 އަހަރު ފުރުން ފާހަގަކޮށްފި
07 ޖޫން 2017

އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!

07 ޖޫން 2017
އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!
27 ފެބުރުއަރީ 2017

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް