Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބްނާން

އީރާނާ ހެދި ކަމަށް ބުނެ ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ އިސްތިއުފާ ދެއްވައިފި

ޢަރަބި ޤައުމުތައް ވަނީ އީރާނާއި ސަޢޫދީގެ ކޯޅުމުގެ މެދުގައި ތާށިވެފައި ކަމަށް ވިދާޅުވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2017 | ހޮނިހިރު 17:41
އިސްތިއުފާ ދެއްވި ލުބްނާނުގެ ބޮޑުވަަޒީރު ސާދު ހަރީރީ

އިސްތިއުފާ ދެއްވި ލުބްނާނުގެ ބޮޑުވަަޒީރު ސާދު ހަރީރީ

އީރާނުން ލުބްނާނުގެ ދާޚިލީ ކަންކަމާ ބެހޭ ކަމަށް ބުނެ، ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސާދު ހަރީރީ މަޤާމުން އިސްތިއުފާ ދެއްވިކަން އިއުލާންކުރެއްވީ ސަޢޫދީއަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެޤައުމުގެ ވެރިރަށް ރިޔާޒްގައި ހުންނަވައިގެންނެވެ.

ޓީވީން ދެއްކި ޚިޠާބެއްގައި ސާދު ހަރީރީ ވަނީ އެމަނިކުފާގެ އިސްތިއުފާގެ ސަބަބެއް ކަމުގައި އީރާނުގެ އިތުރުން އީރާނުން ވާގިވެރިވާ ލުބްނާނުގެ ޝިޔަޢީ ޖަމާޢަތް ހިޒްބުﷲ ވެސް ހިމނުއްވާފައެވެ. ހަރީރީ ވިދާޅުވީ އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުންދިނުމުގެ ޕްލޭންތަކެއް އީރާނާއި ހިޒްބުﷲއިން ގެންގުޅެމުންދާ ކަމަށެވެ. އަދި ލުބްނާނާއި އަރަބި އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ހިޒްބުﷲ އާއި އީރާނުން މަސައްކަތްކުރަމުންދާ ކަމަށް ސާދު ހަރީރީ ތުހުމަތުކުރެއްވިއެވެ.

ހިޒްބުﷲއަށް ފާޑުވިދާޅުވަމުން ހަރީރީ ވިދާޅުވީ ދައުލަތެއްގެ ތެރޭގައި އިތުރު ދައުލަތެއް އުފައްދައިގެން އެޖަމާޢަތުން ޙަރަކާތްތެރިވަމުން ދާކަމަށެވެ. އީރާނަށް ބަހުގެ ޙަމަލާތަކެއް ދެއްވަމުން ހަރީރީ ވިދާޅުވީ އަރަބި ދުނިޔޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ފާރިސީން ވަނުމުގެ ދުވަސްތައް ނިމިއްޖެ ކަމަށާއި، އަރަބި ދުނިޔެއަށް ވަދެފައިވާ ފާރިސީންގެ ދިގު އަތް ބުރިކޮށްލާނެ ކަމަށެވެ.

ހޮނިހިރު ދުވަހު މަޤާމުން އިސްތިއުފާ ދެއްވި ސާދު ހަރީރީ ލުބްނާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިތާ އަދި އަހަރެއް ވެސް ނުވެއެވެ. އެމަނިކުފާނު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެހެން ނަމަވެސް މީގެ ކުރިން 2009ވަނަ އަހަރުން 2011ވަނަ އަހަރަށް ވެސް ބޮޑުވަޒީރުކަން ކުރެއްވިއެވެ.

ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމާ ހަރީރީ ހަވާލުވެ ވަޑައިގެންނެވީ ލުބްނާނުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރައީސެއް ނެތި ދެ އަހަރުވުމަށް ފަހު މިދިޔަ އަހަރު އެކުލަވާލި ބާރުތައް ހިއްސާކުރާ ސަރުކާރު އެކުލަވާލުމަށެވެ. ރައީސަކަށް ވަޑައިގަތް މިޝޭލް އައޫންއަކީ ހިޒްބުﷲގެ ބައިވެރިއެކެވެ. ހިޒްބުﷲ ޖަމާޢަތަކީ ޝީޢީންގެ ހަތިޔާރު އެޅި ޖަމާޢަތެކެވެ. އަދި 2005ވަނަ އަހަރު ކާރު ބޮމުގެ ޙަމަލާއެއްދީ، ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު އަދި ސާދު ހަރީރީގެ ބައްޕާފުޅު ރަފީޤުލް ހަރީރީ އަވަހާރަކޮށްލީ ވެސް ހިޒްބުﷲ ޖަމާޢަތުންނެވެ. ރަފީޤުލްޙަރީރީ އަވަހާރަކޮށްލި މައްސަލައިގައި އެޖަމާޢަތުގެ މެމްބަރުންގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާޢީ ކުށްތަކާއި ބެހޭ ކޯޓުގައި ދައުވާ ވެސް އުފުލުނެވެ.

ހަރީރީ އިސްތިއުފާ ދެއްވުމާ ގުޅިގެން ލުބްނާނުގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އަދި މިއީ އީރާނާއި ސަޢޫދީގެ ކޯޅުންތަކުގެ ސަބަބުން މެދުއިރުމައްޗާއި އަރަބި ދުނިޔެއަށް އަސަރުކުރާ ގޮތުގެ ފުރިހަމަ މިސާލެއް ކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

އީރާނުގެ ސަބަބުން އިސްތިއުފާ ދެއްވި ކަމަށް ހަރީރީ ވިދާޅުވުމާ ގުޅިގެން އީރާނުގެ ޚާރިޖިއްޔާގެ އޮފިޝަލަކު ވިދާޅުވީ ސާދު ހަރީރީގެ އިސްތިއުފާގެ ފަހަތުގައި ތިއްބެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސަޢޫދީ ވަލީޢަހުދު އަމީރު މުހައްމަދު ބިން ސަލްމާން ކަމަށެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބެއިރޫތުގައި ހުންނަވައިގެން އިސްތިއުފާ އިއުލާންކުރެއްވުމުގެ ބަދަލުގައި ސައޫދީގައި ހުންނަވައިގެން ސާދު ހަރީރީ އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ ބާރު ލުބްނާނުގެ ސަރުކާރުގެ ތެރޭގައި ކުޑަވުމުގެ ސަބަބުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރާލީ ކިމް ޖޮން ނަމް ކަން، ހެދި ޑީއެންއޭ ޓެސްޓުތަކުން ދައްކައިފި: މެލޭޝިއާ

މަރާލީ ކިމް ޖޮން ނަމް ކަން، ހެދި ޑީއެންއޭ ޓެސްޓުތަކުން ދައްކައިފި: މެލޭޝިއާ

16 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

10 މާރިޗު 2017
މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

04 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު