Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީގެ ބަޣާވާތް

ނާކާމިޔާބު ކޮށްލި ބަޣާވާތަށް އެއް އަހަރުފުރުން ތުރުކީގައި ފާހަގަކޮށްފި

16 ޖުލައި 2017 | އާދީއްތަ 06:19

މިދިޔަ ހުކުރުދުވަހުވެސް ވަނީ އިތުރު 7،563 ސިފައިންނާ ފުލުހުން އަދި ދައުލަތުގެ ވަޒީފާތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ވަކިކޮށްފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 16 ޖުލައި 2017 | އާދީއްތަ 06:19
އޮރްދޮޣާން ވަނީ ހަތިޔާރާއެކު ބަޣާވާތް ރޭވި ފަރާތްތަކާ ކުރިމަތިލީ ރައްޔިތުންނަށް ތައުރީފް ކުރައްވާފަ

އޮރްދޮޣާން ވަނީ ހަތިޔާރާއެކު ބަޣާވާތް ރޭވި ފަރާތްތަކާ ކުރިމަތިލީ ރައްޔިތުންނަށް ތައުރީފް ކުރައްވާފަ

ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން މަގާމުން ދުރުކުރުމަށް ރޭވި ބަޣާވާތް ނާކާމިޔާބު ކޮށްލެވުން ފާހަގަ ކުރުމަށް އިސްތަންބޫލްގައި އެތައް ހާސްބަޔަކު ބައިވެރިވި ބޮޑުއެއްވުމެއް ބާއްވައިފިއެވެ.

ބޮސްފަރަސް ބްރިޖް ނުވަތަ މިހާރު ކިޔާ އުޅޭގޮތުންނަމަ 15 ޖުލައިގެ ޝަހީދުންގެ ބްރިޖްގައި ހޮނިހިރު ދުވަހު އެއްވެ ތިބި ފަރާތްތަކާ ބައިވެރިވެ ވަޑައިގެން ރައީސް އޮރްދޮޣާން ވަނީ ބަޣާވާތުގައި ބައިވެރިވި ފަރާތްތަކުގެ"ބޯތަށް ޗިސްޗިސް ކޮށްލައްވާނެކަމަށް"ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

"އެންމެ ފުރަތަމަ ބޯތަށް ޗިސްޗިސް ކޮށްލާނީ އެ ޣައްދާރުންގެ" މަރުގެ އަދަބު ތަންފީޒު ކުރަންޖެހޭ އެއްވެސް ގާނޫނެއް ފާސްކޮށްފިނަމަ ތަސްދީގު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން އޮރްދޮޣާން ވިދާޅުވިއެވެ.

"މިއީ މިއީ ގާނޫނުގެ ބާރު ހިނގާ ދައުލަތެއް. ގާނޫނު ހަދާ މަޖިލީހުން ފާސްވެ އަޅުގަނޑާ ހަމައަށް އަތުވެއްޖެނަމަ އަޅަނގަނޑު އޭގައި ސޮއިކުރާނަން"އޮރްދޮޣާން ވިދާޅުވިއެވެ.

އެ ގައުމުން މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގާނޫނެއް ތަންފީޒުކޮށްފިނަމަ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރަކަށްވުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާލަން ޖެހޭނެއެވެ.

ރައީސް އޮރްދޮޣާން ވަނީ ހަތިޔާރާއެކު ބަޣާވާތް ރޭވި ފަރާތްތަކާ ކުރިމަތިލީ ރައްޔިތުންނަށް ތައުރީފް ކުރައްވާފައެވެ.

ވެރިރަށް އަންކާރާއިން އިސްތަންބޫލަށް ރައީސް އޮރްދޮޣާން ވަޑައިގެންފައިވަނީ ރަސްމީ މަތިންދާ ބޯޓް ކޮޅުގެ އިތުރުން އެކުގައި ދަތުރުކުރި އެފް 16 ހަނގުރާމަމަތީ ބޯޓަކާވެސް އެކުގައެވެ.

ތުރުކީގެ އިދާރާތަކުންވަނީ ޖުލައި 15 ވަނަ ދުވަހަކީ ތުރުކީގެ ޑިމޮކްރަސީއަށް ނަސްރު ލިބުނުދުވަހެއްގެ ގޮތުގައި ފާހަގަކޮށް" ޑިމޮކްރަސީއާ އެއްބައިވަންތަކަމުގެ ދުވަހު"ގެ ގޮތުގައި އެ ދުވަސް ފާހަގަކުރުމަށް ހަމަޖައްސާފައެވެ.

ނާކާމިޔާބު ބަޣާވާތަށްފަހު ތުރުކީއިން 50،000 މީހުން ހައްޔަރުކޮށް އޭގެ ތިންގުނަ މީހުން ވަޒީފާތަކުން ވަނީ ވަކިކޮށްފައެވެ. މިއީ އެގައުމުގެ ތާރީޚްގައި މިހާ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ވަޒީފާތަކުން ސޮއިކުރި ފުރަތަމަ ފަހަރެވެ.

ރައީސް އޮރްދޮޣާންވަނީ މި އަހަރުގެ ކުރީކޮޅު ނެގި ފެން ނުފެންނަ ވޯޓް ކާމިޔާބް ކުރައްވައި ބާރުތައް ވަރުގަދަ ކުރައްވާފައެވެ.

އެންމެ ފަހުން މިދިޔަ ހުކުރުދުވަހުވެސް ވަނީ އިތުރު 7،563 ސިފައިންނާ ފުލުހުން އަދި ދައުލަތުގެ ވަޒީފާތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ވަކިކޮށްފައެވެ.

މިދިޔަ އަހަރުގެ ޖުލައިމަހުގެ 20 ން ފެށިގެން ތުރުކީގައި އަދިވެސް އޮތީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2017

ޒިމްބާބްވޭގެ މަސްރަހު: "ބަޣާވާތަށް" ފަހު ފުރަތަމަ ފަހަރަށް މުގާބޭގެ ފޮޓޯފުޅުތަކެއް އާންމުކޮށްފި

16 ނޮވެމްބަރު 2017
ޒިމްބާބްވޭގެ މަސްރަހު: "ބަޣާވާތަށް" ފަހު ފުރަތަމަ ފަހަރަށް މުގާބޭގެ ފޮޓޯފުޅުތަކެއް އާންމުކޮށްފި
07 އޮކްޓޯބަރު 2017

ސައުދީ ޝާހީ ގަނޑުވަރަކަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

07 އޮކްޓޯބަރު 2017
ސައުދީ ޝާހީ ގަނޑުވަރަކަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި
04 ސެޕްޓެމްބަރު 2017

ބުއްޓޫ އަވަހާރަކޮށްލި މައްސަލަ: ދައުވާއާ ކުރިމަތިލައްވަން ވަޑައިގަންނަވާނެކަމަށް މުޝައްރަފް ވިދާޅުވެއްޖެ

04 ސެޕްޓެމްބަރު 2017
ބުއްޓޫ އަވަހާރަކޮށްލި މައްސަލަ: ދައުވާއާ ކުރިމަތިލައްވަން ވަޑައިގަންނަވާނެކަމަށް މުޝައްރަފް ވިދާޅުވެއްޖެ
02 ސެޕްޓެމްބަރު 2017

ނާކާމިޔާބުކޮށްލި ބަޣާވާތާ ގުޅުންހުރި ކަމަށްބުނެ ތުރުކީން ޖަރުމަނު ދެ މީހުން ހައްޔަރުކޮށްފި

02 ސެޕްޓެމްބަރު 2017
ނާކާމިޔާބުކޮށްލި ބަޣާވާތާ ގުޅުންހުރި ކަމަށްބުނެ ތުރުކީން ޖަރުމަނު ދެ މީހުން ހައްޔަރުކޮށްފި
18 ޖުލައި 2017

ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި

18 ޖުލައި 2017
ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި
24 ޖޫން 2017

އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

24 ޖޫން 2017
އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި
23 ޖޫން 2017

މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި

23 ޖޫން 2017
މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި
27 މެއި 2017

ފޭސްބުކްއަށްޓަކައި ކިޔެވުން ދޫކޮށްލި ޒަކަބާގަށް ހަވާޑްގެ އޮނަރަރީ ޑިގްރީ

27 މެއި 2017
ފޭސްބުކްއަށްޓަކައި ކިޔެވުން ދޫކޮށްލި ޒަކަބާގަށް ހަވާޑްގެ އޮނަރަރީ ޑިގްރީ
30 އެޕްރީލު 2017

ތުރުކީގައި ވިކިޕީޑިއާ ބްލޮކް ކޮށްފި

30 އެޕްރީލު 2017
ތުރުކީގައި ވިކިޕީޑިއާ ބްލޮކް ކޮށްފި
05 މާރިޗު 2017

ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި

05 މާރިޗު 2017
ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް