Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެންޔާ

ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރާނަން: އިދކޮޅު ކެންޑިޑޭޓް

ކެންޔާގެ އިލެކްޝަން ކޮމިޝަނުގެ ޗެއާމަން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބަކީ "މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް" ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2017 | ބުދަ 01:41
އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ، ރައިލާ އޮޑިންގާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައި

އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ، ރައިލާ އޮޑިންގާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައި

ހަލަބޮލިވެފައިވާ ކެންޔާގައި ރިޔާސީ އިންތިޚާބު އަލުން ބާއްވަން ޖެހި، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާ ގާބޫލުނުކުރައްވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ، އަންގާރަ ދުވަހު ރިޕޯޓަރުންނަށް ވިދާޅުވީ ކެންޔާއަށް "ޑިމޮކްރަސީ ގެނައުމަށްޓަކައި" ސިޔާސީ ކޭމްޕޭނެއް ފަށްޓަވާނެ ކަމަށެވެ.

ކެންޔާގެ އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބު، މިހާރުގެ ރައީސް އުހުރު ކެންޔައްޓާ ކާމިޔާބު ކުރެއްވީ 98 ޕަސެންޓް ވޯޓާއެކުގައި ކަމަށެވެ. އިންތިޚާބުގައި ވޯޓު ލީ ވޯޓު ލެވޭ އާބާދީގެ 38.8 ޕަސެންޓް މީހުންނެވެ.

ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ ވަނީ ބޯއިކޮޓް ކުރައްވާފައެވެ.

ކެންޔާގެ އިލެކްޝަން ކޮމިޝަނުގެ ޗެއާމަން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބަކީ "މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް" ކަމަށެވެ.

ހަމަނުޖެހުންތަކާއި އަދި އިދިކޮޅު ފަރާތްތަކުގެ ބޯއިކޮޓް ކުރުމާއެކު ކެންޔާގައި ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުގައި ހަަރަކާތްތެރިވި އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ވަނީ ސަލާމަތީ ސަބަބުތަކާ ހެދި އެމީހުން ބޭނުވި މިންވަރަށް އިންތިޚާބު އޮބްޒާވް ކުރަން ދަތިތަކާ ކުރިމަތިވެފައެވެ.

ކެންޔާގައި ބުރާސްފަތި ދުވަހު އަލުން ބޭއްވި އެގައުމުގެ ރިޔާސީ އިންތިޅާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. އެހެންނަމަވެސް އެ ޕެޓިޝަން ސުޕްރީލް ކޯޓުން ބެލޭގޮތެއް ނުވިއެވެ. ސުޕްރީމް ކޯޓުން ބުނެފައި ވަނީ ރިޔާސީ އިންތިޚާބު ފަސްކުރުމާ ބެހޭ ޕެޓިޝަން އެ ކޯޓަށް ބެލޭގޮތް ނުވީ ފަނޑިޔާރުންގެ ކޯރަމް ހަމަނުވުމާ ގުޅިގެން ކަމަށެވެ. މައްސަަލަ ފައިސަލާ ކުރުމަށް ކޯޓަށް ހާޒިރުވީ ދެ ފަނޑިޔާރުންނެވެ. ކޯރަމް ހަމަވާނީ ފަސް ފަނޑިޔާރުން ތިބިގެންނެވެ.

ކެންޔާގައި އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާއިރު އެ ނިންމުން ސުޕްރީމް ކޯޓުން ނިންމީ އިންތިޚާބުގައި ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވީ ވެސް އެގައުމުގެ ވެރިކަމުގައި ހުންނަވި އުހުރު ކެންޔައްޓާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު