Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އާޒިމާއަށް ދިޔާނާގެ ހޫނު ރައްދެއް

8 މެއި 2018 | އަންގާރަ 02:31

އާޒިމާ ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް އަލުން ނުބެލޭނެކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 8 މެއި 2018 | އަންގާރަ 02:31
ކުރީގެ ބަންްޑާރަ ނައިބް ދިޔާނާ ސައީދު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަނީ

ކުރީގެ ބަންްޑާރަ ނައިބް ދިޔާނާ ސައީދު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަނީ | އަވަސް

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓަށް ވެސް ބާޠިލްނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝުކޫރު ދެއްކެވި ވާހަކަތަކަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ހޫނު ރައްދެއް ދެއްވައިފި އެވެ.

ސަރުކާރުގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރާ ދައުލަތުުގެ މީޑިއާގައި ވާހަކަދައްކަވަމުން، އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުންް ފާސްކޮށް، ބަންޑާރަ ނައިބުކަމުން ދުރުކުރި އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ ރާއްޖޭގައި ސުޕްރީމް ކޯޓުން ކުރާ ނިހާއީ ޙުކުމެއް އަލުން ބަދަލުކުރުމުގެ ބާރު ޤާނޫނީ ގޮތުން ސުޕްރީމް ކޯޓަށް ވެސް ލިބިދީފައި ނެތްކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓަށްވެސް ބާތިލްނުކުރެވޭނެކަމަށް އާޒިމާ ވިދާޅުވިި އެވެ.

Advertisement - newsAdvertisement
"އަދި ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގަ ސުޕްރީމް ކޯޓުގެ ޙުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލުކުރެވޭނެ އެއްވެސްކަހަލަ ޤާނޫނީ ފުރުސަތެއް ނެތޭ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑަކުއެއް. ދުނިޔޭގެ ބައެއް ތަންތާ މިސާލަކަށް، މިސްކަރޭޖް އޮފް ޖަސްޓިސް ހުރި ކަމަށްވަންޏާ ސުޕްރީމް ކޯޓުން ނިމުނަސް އެވަރުގެ ކަމެއް ފެނިއްޖެއްޔާ ފަހުން އެފުރުސަތުތައް އޮންނަ ޤާނޫނީ އޮނިގަނޑުތައް ހުރޭ. އެހެން ނަމަވެސް ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި އެއީ ހަމަ ސީލްޑް، ނިމިފައި އޮތް ނިންމުމެކޭ ސުޕްރީމް ކޯޓުން ކޮށްފައި އޮތް ޙުކުމެއް. އެހެންވީމަ ފަހުންކުރާ އަމުރަކުންނެއް އެއެއް ޗޭންޖެއް ނުކުރެވޭނެ. އެއަށް ބަދަލުގެނައުމުގެ ބާރު ސުޕްރީމްކޯޓަކަށްވެސް ނުލިބޭ." އާޒިމާ ވިދާޅުވި އެވެ.

އާޒިމާގެ އެ ވާހަކަތަކަށް ރައްދުދެއްވައި، ބަންޑާރަ ނައިބުކަން ކުރައްވާފައިވާ އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ މަޝްހޫރު ގާނޫނީ ވަކީލު ދިޔާނާ ސައީދު ވިދާޅުވީ އައިސީސީޕީއާރުގެ 14 ވަނަ މާއްދަގެ 6 ވަނަ ނަމްބަރުގެ ދަށުން މިސްކަރޭޖް އޮފް ޖަސްޓިސް ނުވަތަ އިންސާފުގެ ހަމަތަކާއި އުސޫލުގެ ބޭރުުންކޮށްފައިވާ ހުކުމެއްކަމަށްވެއްޖެނަމަ، އެ މީހަކަށް ޤާނޫނީ އިމުގެ ތެރެއިން ބަދަލު ދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމްކުރާކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނިންމާ ނިންމުން އަލުން ރިވިއުކުރުމުގެ ބާރު އެ ކޯޓަށް ލިބިގެން ނުވާނަމަ، އައިސީސީޕީއާރުގެ 14 ވަނަ މާއްދަގެ 6 ވަނަ ނަމްބަރުގައި އެހެން އޮތުމުގެ ބޭނުމެއް ނެތްކަމަށް ދިޔާނާ ފާހަގަކުރެއްވެވި އެވެ.

ދިޔާނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައަކީ އިންސާފުގެ ހަމަތަކާއި އުސޫލުގެ ބޭރުންކޮށްފައިވާ ހުކުމެއްކަމަށާއި، އެ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ނިންމާފައިވާކަމަށްވެސް ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ފަހާގަކުރައްވާފައިއެވަނީ ފެބުރުއަރީ މަހުގެ އެއްވަން ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުުގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގާފައިވަނީ އިންސާފުގެ ހަމަތަކާއި އުސޫލުގެ ބޭރުންކަމަށް ކަނޑައަޅައި، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލްކުރުމަށް އަމުރުކުރި ބަޔަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދަށް ޓެރަރިޒަމްގެ ހުކުމެއް އިއްވީ އެމަނިކުފާނުގެ މައްޗަށް ކުރިން ކުރި ގާނޫނާ ޚިލާފަށް މީހަކު ހިފައި ހައްޔަރުކުރުމުގެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު އެވެ.

އޭގެއިތުރުން ސުޕްރީމް ކޯޓުން 1 ފެބުރުއަރީގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި 13 އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލްކުރިއިރު، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ވަނީ ރައީސް ނަޝީދުގެ މައްޗަށް ޖަލު ހުކުމް އިއްވީ، ފަނޑިޔާރު ލިޔުއްވި ހުކުމެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށް ވިދާޅުވެ ސިޓީއެއްވެސް ފޮނުވާފަ އެވެ.

ރައީސް ނަޝީދު މިނިވަންކުރަން ކޯޓުން ކުރާ އަމަރަށް ތަބާވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، ފެބްރުއަރީ 1 ވަނަ ދުވަހު ކުރި އަމުރަށް ގޮންޖައްސަވައި، އެ މަނިކުފާނު ވަނީ ކުއްލި ނުރައްކަލު ހާލަތު އިއުލާނުކޮށް، އަސްކަރިއްޔާ ބޭނުންކޮށްގެން ކޯޓްތަކާއި ރައްޔިތުންގެ މަޖިލިސް ހިސޯރުކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ވިޔަފާރިވެރިން ވެސް ހައްޔަރުކޮށްފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 މާރިޗު 2017

މަހުލޫފް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވައިފި

24 މާރިޗު 2017
މަހުލޫފް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވައިފި
23 މާރިޗު 2017

އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!

23 މާރިޗު 2017
އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!
22 މާރިޗު 2017

އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް

22 މާރިޗު 2017
އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
13 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް

13 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި

12 މާރިޗު 2017
ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް