Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރޭންކް ރިބެރީ

ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން ރިބެރީ އާކޮށްފި

ރިބެރީ 2019 ވަނަ އަހަރުގެ ނިޔަލަށް ބަޔާންގައި މަޑުކުރާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 7 މެއި 2018 | ހޯމަ 14:25
ބަޔާންގެ އާ ކޮންޓްރެކްޓްގައި ރިބެރީ ސޮއިކުރަނީ

ބަޔާންގެ އާ ކޮންޓްރެކްޓްގައި ރިބެރީ ސޮއިކުރަނީ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގަރ ފްރޭންކް ރިބެރީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ބަޔާންއާއެކު ރިބެރީ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު ކޮންޓްރެކްޓް އާކުރުމުގެ ކުރިން އޭނާ ވަނީ ތަކުރާރުކޮށް އެ ޓީމުގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. އޭނާ ބަޔާންއާއެކު ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އުމުރުން 35 އަހަރުގެ ރިބެރީއަށް އަނިޔާގެ ސަބަބުން މި ސީޒަނުގައި ގިނަ މެޗުތަކެއް ގެއްލުނުއިރު އޭނާ ވަނީ ކުޅުނު 32 މެޗުގައި ބަޔާންއަށް ހަ ލަނޑު ޖަހައިދީފައެވެ.

ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސާން ސަލިހަމިޑްޒިޗް ރިބެރީ ކޮންޓްރެކްޓް އާކުރުމާއި ގުޅިގެން ބުނެފައިވަނީ މި ސީޒަނުގައި ބަޔާން ކުޅުނު ހުރިހާ މުބާރާތެއްގައި ވެސް ރިބެރީ މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި އޭނާއަކީ ވަރަށް ކޮލިޓީ ކުޅުންތެރިޔެއްކަން ކްލަބްގެ ހުރިހާ އެންމެން ވެސް ގަބޫލްކުރާ ކަމަށެވެ. ހަމައެހެންމެ އޭނާއަކީ ނަތީޖާ ބަދަލުކުރެވޭ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ ސަޕޯޓަރުން ވެސް ވަރަށް ގަޔާވާ ކުޅުންތެރިޔެއް ކަމަށް ސަލިހަމިޑްޒިޗް ބުނެފައިވެއެވެ.

ކޮންޓްރެކްޓް އާކުރުމަށްފަހު ވާހަކަ ދައްކަމުން ރިބެރީ ބުނެފައިވަނީ ބަޔާން ފަދަ ބޮޑު ޓީމެއްގައި އިތުރު އަހަރެއް މަޑުކުރަން ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށާއި މިއުނިކަކީ އޭނާގެ އަމިއްލަ ސިޓީއެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އަންނަ ސީޒަނުގައި ބަޔާންގެ ޖާޒީއާއެކު އޭނާއަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމުގެ ގޮތުގައި ރިބެރީ ވަނީ ސިފަކޮށްފައެވެ.

ރިބެރީ ކޮންޓްރެކްޓް އާކޮށްފައިވާއިރު އޭނާއާއެކު ބަޔާންގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ނެދަލޭންޑްސްގެ ވިންގަރ އާޔެން ރޮބެންގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް އެ ކްލަބުން އަންނަނީ ކުރަމުންނެވެ. ރޮބެން ވެސް ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

ބަޔާންގެ ޗީފް އެގްޒެކްޓިވް ކާލް ހެއިންޒް ރުމެނިގާ ބުނެފައިވަނީ ރޮބެންގެ ކޮންޓްރެކްޓް އާކުރުމާމެދު ދައްކަން ޖެހޭ މާ ގިނަ ވާހަކަތަކެއް ނެތް ކަމަށެވެ. އޭނާ ބުނީ މި މަހުގެ ތެރޭގައި ރޮބެންއާއެކު ވެސް ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް ކުރިޔަށް ގެންދާނެ ކަމަށާއި އެކަމަށް ރޮބެން ވެސް އެއްބަސްވެފައިވާ ކަމަށެވެ. ހަމައެހެންމެ ބަޔާންއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމާ ގާތްވުމަކީ މާބޮޑު މައްސަލައެއް ކަމުގައި ރޮބެން ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް އުމުރުން 34 އަހަރުގެ ރޮބެން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ މިއީ އޭނާ ބަޔާންގައި ހޭދަކުރާ އެންމެފަހު ސީޒަނަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި ކޮންމެ ކަމެއް ވެސް މި ދަނޑިވަޅުގައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ބުނީ މިހާރު ކުރިޔަށް ވާންހުރި ކަންކަމާމެދު ނުވިސްނާ ކަމަށާއި މިހާރު ވިސްނަމުންދަނީ ސީޒަނުގައި ކާމިޔާބު ހޯދުމަށް ކަމަށެވެ.

ރޮބެން އަދި ރިބެރީގެ މޮޅު ކުޅުމާއެކު ބަޔާނުން ބުންޑެސްލީގާގެ ތަށި ޔަގީންކޮށްފައިވާއިރު އެ ޓީމަށް ޖަރުމަނު ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް މި ސީޒަނުގައި ވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
ޒައިދު ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް ފަޒީލް މުގުރާލައިފި

ޒައިދު ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް ފަޒީލް މުގުރާލައިފި

12 މާރިޗު 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު