Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: މައްސަލަ ބޮޑުވި ކްލެސިކޯ އެއްވަރުވެއްޖެ

މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 7 މެއި 2018 | ހޯމަ 14:04
ސުއަރޭޒްއަށް ރެފްރީ ރީނދޫ ކާޑު ދައްކަނީ

ސުއަރޭޒްއަށް ރެފްރީ ރީނދޫ ކާޑު ދައްކަނީ

ސްޕެނިޝް ލަލީގާގައި ރެފްރީންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ ވަރުގަދަ ބާސެލޯނާ އަދި ރެއާލް މެޑްރިޑް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބާސާގެ ދަނޑު ކަމަށްވާ ކޭމްޕް ނޫގައި ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއީ މި ދެ ޓީމުގެ މެދުގައި އެކި މުބާރާތްތަކުގައި ކުޅެވުނު 238 ވަނަ މެޗެވެ. މި މެޗުގައި ރެއާލްގެ ޓީމުން ބޮޑު ބަދަލުތަކެއް ފެނިގެންދިޔައިރު އިސްކޯ އަދި ކަވަހާލްއަށް އަނިޔާގެ ސަބަބުން ކުޅެވިފައެއް ނުވެއެވެ. މި ކުޅުންތެރިންގެ ބަދަލުގައި ރެއާލްގެ ފުރަތަމަ އެގާރައިން ގެރެތު ބޭލް އަދި ކަސިމޭރޯގެ އިތުރުން ނާޗޯ ފަނާންޑޭޒްއަށް ޖާގަ ލިބުނުއިރު ބާސާފެ ފުރަތަމަ އެގާރައިން ވެސް ދެ ބަދަލެއް ވަނީ ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. ފުރިހަމަ ކައުންޓާ އެޓޭކެއްގައި ސާޖީ ރޮބާޓޯ ނަގައިދިން ހުރަހަކުން ބާސާއަށް މެޗުގެ 10 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ލުއިސް ސުއަރޭޒްއެވެ. މި ލަނޑަށްފަހު ރެއާލްއިން މެޗުގެ ކޮންޓްރޯލް ނެގިއިރު އެ ޓީމުން ވަނީ އޭގެ ފަސް މިނެޓު ފަހުން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ބެންޒޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން ރެއާލްއަށް ޖަހައިދިނީ ރޮނާލްޑޯއެވެ.

މި ލަނޑަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ފެނިގެންދިޔައިރު ކުޅުންތެރިންގެ މެދުގައި ވަނީ ހަމަނުޖެހުންތަކެއް ވެސް ހިނގާފައެވެ. ގިނަ ރީނދޫ ކާޑުތަކެއް މެޗުގައި ފެނިގެންދިޔައިރު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބާސާގެ ރޮބާޓޯއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ރެއާލްގެ މާސެލޯގެ މޫނުމަތީގައި ޖެހުމުންނެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެވެ. 10 ކުޅުންތެރިންނާއެކު ކުޅުނު ނަމަވެސް ބާސާއިން ވަނީ ފުލުފުލުގައި ރެއާލްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ސުއަރޭޒްގެ އެހީތެރިކަމާއެކު މެސީ ވަނީ އަލުން އަނބުރާ ބާސާއަށް ލީޑު ނަގައިދީފައެވެ. ރިޕްލޭތަކުން ފެންނަ ގޮތުގައި ސުއަރޭޒް މެސީއަށް ބޯޅަ ދިނީ ރެއާލްގެ ޑިފެންޑަރަށް ފައުލް ކުރުމަށްފަހުއެވެ.

ރެއާލްގެ ކީޕަރު ނަވާސްގެ ފަރާތުން މެޗުގައި ގިނަ ސޭވްތަކެއް ފެނިގެންދިޔައިރު ރެއާލްއަށް ނަތީޖާ ހަމަހަމަވެގެންދިޔައީ މެޗުގެ 72 ވަނަ މިނެޓުގައި ގެރެތު ބޭލް ޖަހައިދިން ލަނޑާއެކުއެވެ. މި ލަނޑު އޭނާ ޖަހައިދިނީ އަސެންސިއޯ ދިން ޕާހަކުން އޭރިއާ ބޭރުންނެވެ. މި މެޗުގައި ނުވަ ކުޅުންތެރިޔަކަށް ރެފްރީ ރީނދޫ ކާޑު ދައްކެއިރު މެޗުގެ ކޮންޓްރޯލް ރެފްރީއަށް ގެއްލުނު މަންޒަރު ވެސް ފެނިގެންދިޔައެވެ.

މި ކްލެސިކޯ ވެގެންގޮސްފައިވަނީ ބާސާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާގެ އެންމެ ފަހު ކްލެސިކޯއަށެވެ. މި މެޗުގައި ޖެހި ލަނޑާއެކު ރޮނާލްޑޯއަކީ 18 ލަނޑާއެކު ކްލެސިކޯގެ ތާރީހުގައި ވެސް އަލްފްރެޑޯ ޑިސްޓެފާނޯއާއެކު ރެއާލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. ހަމައެހެންމެ ރެއާލް ވެގެންގޮސްފައިވަނީ ކްލެސިކޯގެ ތާރީހުގައި ވެސް 400 ލަނޑު ޖެހި ފުރަތަމަ ޓީމަށެވެ. މި މެޗާއެކު ބާސާއިން ވަނީ އެއްވެސް މެޗަކުން ބަލިނުވެ ސީޒަން ނިންމާލުމުގެ އުއްމީދު ދަމަހައްޓާފައެވެ.

ބާސާއިން ލަލީގާގެ ތަށި ޔަގީންކޮށްފައިވާއިރު އެ ޓީމު އޮތީ ކުޅުނު 35 މެޗުން ލިބުނު 87 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި 75 ޕޮއިންޓާއެކު އެޓްލެޓިކޯ މެޑްރިޑް އޮތްއިރު ތިންވަނައިގައި 72 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

13 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު