Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުމްނާ މައުމޫނު

ވަކީލަކާއިއެކު ހާޒިރުވުމަށް ޔުމްނާއަށް ފުރުސަތު ދީފި

7 މެއި 2018 | ހޯމަ 12:40

ވަކީލަކު އައްޔަން ކުރަން ދިނީ އެއް ދުވަސް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 7 މެއި 2018 | ހޯމަ 12:40
ޔުމްނާ ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ވަޑައިގަންނަވަނީ

ޔުމްނާ ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ވަޑައިގަންނަވަނީ

އަންގާރަ ދުވަހު ހަވީރު 4:30 އަށް ޤާނޫނީ ވަކީލަކާއިއެކު ފުލުހުންގެ އިދާރާއަށް އަނެއްކާވެސް ހާޒިރުވުމަށް އަންގައި، ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް އަނެއްކާވެސް ޗިޓް ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހުގެ ހަވީރު 4:00 އަށް ފުލުހަށް ހާޒިރުވާން އެންގުމުން ޔުމްނާ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެން، މައްސަލައިގައި ކުރިއަށްދާން ބޭނުންވެވަޑައިގަންނަވަނީ ޤާނޫނީ ވަކީލަކާއިއެކު ކަމަށް ވިދާޅުވުމުން، ފުލުހުން ވަނީ އެއް ދުވަހުގެ ފުރުސަތު ދީފައެވެ. އެހެން ނަމަވެސް އެއް ދުވަހުން ޤާނޫނީ ވަކީލެއް ހޯދުމަށް ދަތިވާނެކަމަށް ފުލުހުންނަށް ދެންނެވިކަމަށް ޔުމްނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

"އަޅުގަނޑު ދެންނެވިން އެކަމަކު އެއް ދުވަހުން އަޅުގަނޑަށް ޤާނޫނީ ވަކީލުން ހަމަނުޖެއްސިދާނެއޭ. އެނގިވަޑައިގަންނަވާނެ ގޮތުގައި އަޅުގަނޑުގެ އާއިލާގެ 3 ބޭފުޅުން މިހާރުވެސް ތިއްބެވީ ބަންދުގައި. ޤާނޫނީ ވަކީލުން ވަރަށް ބިޒީކޮށް އެއުޅުއްވަނީ. ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ، އެހެންވީމަ ވަރަށް ބުރަކޮށް ޤާނޫނީ ވަކީލުން އެއުޅުއްވަނީ"، ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ވަކީލުން ހަމަޖެހޭތޯ މަސައްކަތް ކުރައްވާނެކަމަށާއި، ހަމަނެޖެހިއްޖެނަމަ ލިޔުމުން އެންގުމަށް ފުލުހުން ދެންނެވިކަމަށެވެ.

ޔުމްނާ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވިއިރު ގުޅިފައިވާ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާއި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުންގެ އިތުރުން، ހައްޔަރުކޮށްފައިވާ ބައެއް ފަރާތްތަކުގެ އަނބިކަނބަލުން އެކަމަނާ އާއިއެކު ފުލުސް އޮފީހަށް ވަޑައިގަތެވެ.

ހޯމަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފުލުހުން ޗިޓް ފޮނުއްވުމުން އާއިލީ ކަންތައް ހުރި ގޮތުން ފުލުހަށް ހާޒިރުވެވަޑައިގަތުން އަންގާރަ ދުވަހުގެ ހަވީރަށް ލަސްކޮށްދެއްވުމަށް އެދިވަޑައިގެން ޔުމްނާ ފުލުހުންގެ އެކްޓިންގ ކޮމިޝަނަރ އަބްދުﷲ ނަވާޒަށް ސިޓީފުޅެއް ފޮނުއްވިނަމަވެސް، ފުލުހުން ބުނީ ދުވަސް ބަދަލުކޮށްދެވެން ނެތްކަމަށެވެ.

ޔުމްނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ ރިޝްވަތުގެ މައްސަލަތަކަކާއި ސަރުކާރު ވައްޓާލަން އުޅުނު މައްސަލައެއްކަމަށް ބުނެ ފުލުހުން ތަހުޤީގުކުރަމުންދާ މައްސަލައެއްގައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް