Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ގާޒީ ބަދަލުވި ސަބަބު ނާންގައި އޮތުމުން ނަދީމްގެ މައްސަލަ މިއަދު ކުރިއަށް މިދިޔަ

7 މެއި 2018 | ހޯމަ 08:08

ގާނޫނު ބުނާ ގޮތުން މައްސަލައިގެ ގާޒީ ބަދަލުވި ސަބަބުން ބުނަން ޖެހޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 7 މެއި 2018 | ހޯމަ 08:08
ޔުމްނާގެ ފިރިކަލުން މުހައްމަަދު ނަދީމް:- އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި

ޔުމްނާގެ ފިރިކަލުން މުހައްމަަދު ނަދީމް:- އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި

ޓެރަރިޒަމްގެ ދައުވާ ލިބޭ ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްސަލަ ފުރަތަމަ ބެއްލެވި ގާޒީ ބަދަލުވެފައިވާ ސަބަބު އޭނާއަށް އަންގާފައިނުވާތީ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންގޮސް ހުއްޓާލައްވައިފި އެވެ.

ނަދީމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ޝަހީދެވެ. އެ ދުވަހުގެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ނަދީމްގެ މައްޗަށް ކުރާ ދައުވާވެސް އިއްވާފަ އެވެ. އޭގެ ފަހުން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށުނުއިރު މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ އަހްމަދު ހައިލަމެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ބޭއްވި އިބްތިދާއީ ދެ ވަނަ އަޑުއެހުމުގައި ނަދީމް ވަކީލުންނާއިއެކު ކޯޓަށް ވަޑައިގެންނެވިއިރު ދައުލަތުގެ ވަކީލު ދައުވާ އިއްވަން ފެށުމާއެކު ނަދީމްގެ ދިފާއީ ވަކީލް މޫސާ ސިރާޖު ވަނީ އިޖްރާއީ ނުކުތާއެއް ނަންގަވާފަ އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ އެންމެ ފުރަތަމަ ބައްލަވަމުން ގެންދެވި ގާޒީ މިހާރު ބަދަލުވެފައިވާއިރު އެސަބަބު ނަދީމަށް އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި މައްސަލަ ބައްލަވާ ގާޒީ ބަދަލުވެއްޖެ ނަމަ އެކަން މައްސަލައިގައި ހިމެނޭ ދެ ފަރާތައް ކޯޓުގެ އިސް ގަޒީ އަންގަންވަން ވާނެ ކަމަށް ބުނެފައިވާއިރު އެ އިޖްރާއަތު ފުރިހަމަ ކޮށްފައިނުވާކަމަށް ސިރާޖު ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން ގާޒީ ހައިލަމް ވަނީ މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފައިވާ ސަބަބު އަންގާފައިނުވާތީ މި އަޑުއެހުން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އަޑުއެހުން ނިންމަވާލައްވާފަ އެވެ. ހޯމަ ދުވަހުގެ ހެނދުނު 9.00 ގައި ބާއްވަން ހަމަ ޖައްސާފައިވާ މި އަޑުއެހުން ބޭއްވުނީ 11.45 ހާއިރެވެ. އަދި ދެ ގަޑިއިރަށް ވުރެ ގިނަ އިރު މި އަޑުއެހުން ނުފެށި ދިޔައިރުވެސް އަޑުއެހުން ނުފެށުނު ސަބަބެއް ކޯޓުން ނުބުނެ އެވެ. އަދި އަޑުއެހުން ފެށުމަށްފަހު ހޭދަވީ ގާތްގަނޑަކަށް ފަސް މިނެޓެވެ.

ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް މަޖިލިސް މެމްބަރުންތަކަކާ ގުޅިގެން، ފާރިސް އެންގެވި ގޮތަށް އަމަލުކޮށް، ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަ ނުޖެހުން ނަގާލަން މަސައްކަތްކޮށްފައިވާތީ ކަމަށެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ވެރިކަން ބަދަލުކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް ނަދީމު މެދުވެރި ކުރުވާފައިވާ ކަމަށް ވެސް ނަދީމުގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް