Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މީޑިއާ ގޭޓް

މީޑިއާ ގޭޓާއި ވީއެފްޕީ ގުޅިގެން އޮންލައިން ޝޮޕިން ޕްލެޓްފޯމެއް ތައާރަފުކޮށްފި

މި ހިދުމަތަކީ ގޭގައި ތިބެގެން ބޭނުން ފިހާރައަކުން ވިޔަފާރިކޮށްލުމުން ގެއާ ހަމައަށް މުދާ ގެނެސްދޭ ހިދުމަތެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 7 މެއި 2018 | ހޯމަ 07:16
އޮންލައިން ޝޮޕިން ޕްލެޓްފޯމް ތައާރަފުކުުރުމުގެ ތެރެއިން

އޮންލައިން ޝޮޕިން ޕްލެޓްފޯމް ތައާރަފުކުުރުމުގެ ތެރެއިން

ވީއެފްޕީ އާއި މީޑިއާ ގޭޓު ގުޅިގެން އޮންލައިން ޝޮޕިން ޕްލެޓުފޯމް "ވީއެފްޕީ ބާޒާރު" ގެ ނަމުގައި ލޯންޗު ކޮށްފިއެވެ.

މީޑިއާ ގޭޓާއި ވީއެފްޕީން މެއި ހަވަނަ ދުވަހު އުނިމާ ގްރޭންޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯންޗު ކުރި ވީއެފްޕީ ބާޒާރަކީ ގޭގައި ތިބެގެން ބޭނުން ފިހާރައަކުން ވިޔަފާރި ކޮށްލުމުން ގެއާ ހަމައަށް މުދާ ގެނެސްދޭ ހިދުމަތެކެވެ.

ވީއެފްޕީ ބާޒާރު ލޯންޗުކޮށްފައި ވަނީ ރާއްޖޭގެ ނަން މަޝްހޫރު އެތަކެއް ޕާޓްނަރ ބްރޭންޑުތަކަކާއެކު އެވެ. އެގޮތުން ލެކިއުޓުގެ އިލެކްޓްރޯނިކްސް އާއި ފެޝަން އެންޑް މޭކަޕުގެ އިތުރުން ރެޑްވޭވް، ބީއެޗްއެމް، މޯޑާން ލިވިން، އަދި ޕޮއިޒް ފިހާރައިން ވިއްކާ މުދާ ބާޒާރު މެދުވެރިކޮށް ގަންނަން ލިބެން ހުންނާނެއެވެ.

ވީއެފްޕީ ބާޒާރުން ގަންނަ މުދާ 45 ވަރަކަށް މިނެޓު ތެރޭގައި ގެއަށް ގެނެސްދިނުމުގެ އަމާޒުގައި ފަށައިގަންނައިރު މީޑިއާ ގޭޓުން ބުނާ ގޮތުގައި އެކުންފުނީގެ އަމާޒަކީ މާގިނަ ދުވަސްތަކެއް ނުވެ މި 30 މިނެޓުގެ ތެރޭގައި މުދާތައް ފޯރު ކޮށްދިނުމެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސައިޓަށް ގެންނަ އަޕްޑޭޓަކާއެކު ޑެލިވެރީ ބޯއި ދަތުރު ކުރަމުންދާ މަގުތަކާ، ހުރި ސަރަހައްދެއް ބަލާލުމުގެ ގާބިލުކަން ވެސް ބާޒާރު ބޭނުން ކުރާ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް މީޑިއާ ގޭޓުން ވަނީ ބުނެފައެވެ.

ގޭގައި އަރާމުގައި އިނދެގެން ނުވަތަ ރައްޓެހިންނާއެކު ކޮފީއެއްގައި އިނދެ ގެއަށް ބޭނުންވާ ސާމާނު ގަނެލުމުގެ ފުރުސަތު ހުޅުވާލަމުން މީޑިއާ ގޭޓުން ބުނީ ބާޒާރުން މި ހުޅުވާލި ދޮރާއެކު ވީހާ ވެސް ގިނަ ބަޔަކު އޮންލައިން ޝޮޕިން ހިޔާރުކޮށް، ކޮންމެ މީހަކު ވަކިން ސައިކަލުގައި ނުވަތަ ކާރުގައި ފިހާރަތަކަށް ދިއުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މި ހިދުމަތް ވީއެފްޕީ ސައިޓް މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2017

އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

12 އޯގަސްޓު 2017
އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި
06 އޯގަސްޓު 2017

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
06 ޖޫން 2017

ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް

06 ޖޫން 2017
ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް
23 މެއި 2017

އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި

23 މެއި 2017
އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު