Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

ޤާނޫން އަސާސީ އިސްލާހު ކުރީ ޖަލުތަކުގެ އަނިޔާގެ ސަބަބުން: މާރިޔާ

6 މެއި 2018 | އާދީއްތަ 23:16

މިހާރު އަނެއްކާވެސް އަނިޔާކުރުމުގެ ސަޤާފަތް ވަނީ ފެށިފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 6 މެއި 2018 | އާދީއްތަ 23:16
ގުޅިފައިިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި މާރިޔާ ދީދީ

ގުޅިފައިިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕެނަލް ޑިސްކަޝަންގައި މާރިޔާ ދީދީ

ޤާނޫން އަސާސީ އިސްލާހް ކުރީ އަނިޔާކުރުމުގެ ސަޤާފަތެއް ޖަލުގައި އޮތުމުން އެކަން އިސްލާހް ކުރުމަށް ކަމަށާއި ޤާނޫން އަސާސީން ގެނައި ބަދަލު މިހާރު ނެތިގެން ހިނގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލާ ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މ. ކުނޫޒްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޤާނޫން އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް އުޅުއްވި މާރިޔާ ވިދާޅުވީ މިހާރު އަނިޔާވެރިކަންވަނީ ހައްދުފަހަނައަޅާފައި ކަމަށާއި ޤާނޫން އަސާސީ އިސްލާހު ކުރީ މިގޮތައް އަނިޔާވެރިކަމުގެ ސަޤާފަތެއްހެން ކުރިއަށްދާތީ ކަމަށެވެ. އަދި މާރިޔާ ވިދާޅުވީ ޤާނޫން އަސާސީތަކުގައި އެހާ ތަފްސީލުކޮށް ލިޔެފައި ނުހުންނަކަމަށާއި އެކަމަކު ޤާނޫން އަސާސީ ހެދިއިރު ވަރަށްގިނަ ތަފްސީލުތައް ލިޔެފައި ހުންނާނެ ކަމަށެވެ. ޤާނޫން އަސާސީ އިސްލާހު ކުރެވުމާއެކު ޖިނާއީ އިޖުރާއަތުގެ ޤާނޫނެއް ހެދިން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވެރިކަމަށް ގެންނެވި އެއްބަފާ ބޭބޭފުޅަށް ކުރަމުންދާ އަނިޔާއަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވީ ރައްޔިތުން އަބަދުވެސް ވެރިކަމުގައި ހުންނަން ބޭނުންވަނީ ކުލުނު ހުންނަ ވެރިއެއް ކަމަށާއި ރައީސް ޔާމީނަކީ އެފަދަ ވެރިއެއް ނޫން ކަމަށެވެ. ފްލެޓްގެ ވާހަކަ ދެއްކިއަސް އަދި އުމުރުން ދުވަސްވީ މީހުންނަށް 5000 ރުފިޔާ ދިނަސް ޢާއްމުން ދެކެނީ ޔާމީނަކީ އަނިޔާވެރިއެއް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރައީސް މައުމޫނަކީ މިއަދު އެފަދަ އަނިޔާތައްދޭ ވަރުގެ ބޭފުޅެއް ނޫން ކަމަށާއި ރައީސް ޔާމީންވެސް ހިމެނޭ ގޮތުން މައްޗަންގޮޅީ އުތުރުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނު ދޫކޮށްލަން އެދޭ ކަމަށެވެ. މިހާރު ޤާނޫން އަސާސީ އޮތްގޮތުން މީހުން ހައްޔަރު ކޮށްފައި ބެހެއްޓޭނީ ވަރަށް ހަނިފުރުސަތަކުން ކަމަށާއި އޭގެ ތެރޭގައި ހެކި ނައްތާލަން އުޅުމާއި ފިލުމާއި މުޖުތަމައުއަށް ނުރައްކާވާފަދަ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ އެފަދަ އެއްވެސް ކަމެއްގެ ދަށުން ނޫން ކަމަށާއި މިހާރުން މިހާރަށް ދޫކޮށްލަން ގޮވާލާ ކަމަށް މަރިޔާ ވިދާޅުވި އެވެ.

ކުރިން ބަންޑާރަނައިބުކަންވެސް ކުރެއްވި މާރިޔާ ވިދާޅުވީ ތަހުޒީބުގެ މަގުން ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ޝަރީއަތްތައް ހިންގުމަށް ގޮވާލާ ކަމަށާއި ހުކުމް ކުރަން އިންނަ މީހާވެސް މިހާރު ހެކިބަސްދޭކަމަށެވެ. މާރިޔާ ވިދާޅުވީ ޤާނޫން އަސާސީ އިސްލާހު ކުރިއިރު ގެނައީ ބާރުތައް ވަކިވެފައިވާ ނިޒާމެއްކަމަށާއި ރައްޔިތުން ބާރުވެރި ކުރުވާނެ ނިޒާމެއް ކަމަށެވެ. ސަރުކާރު ހިންގަނީ ރައްޔިތުންދިން ބާރާ އެއްގޮތައްތޯ ބަލަން މަޖިލިސް އޮންނައިރު އެކަން ކުރަނީ ޤާނޫނޫނާ އެއްގޮތައްތޯ ބަލާނީ ކޯޓުތަކުން ކަމަށެވެ.

ސިޔާސީ ދައުވާތައް ކުރެވިދާނެތީ މިނިވަން ޕީޖީއެއް ކަނޑައެޅިކަމަށާއި އެއީ މިނިވަންކަމާއެކު މީހުންނަށް ދައުވާކޮށް ހެދުމަށް ހެއްދެވި ގޮތެއްކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ އެންމެންވެސް ކަންކުރަން ޖެހޭނީ ޤާނޫނާ އެއްގޮތަށް ކަމަށް ބުނެފައިވީނަމަވެސް މިހާރު މިފެންނަނީ އެގޮތަކަށް ނޫން ކަމަށާއި ފަނޑިޔާރުންނަށްވެސް ކަންކަން ކުރެވޭނީ ޤާނޫން އަސާސީއާ އެއްގޮތައް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ތިންބާރުގެ އިތުރުން ކަންކަމަށް ފާރަވެރިވުމަށް މިނިވަން މުއައްސަސާތަކެއް އުފެއްދެވިކަމަށާއި އެތަންތަންވެސް ވަނީ ވާވެފައި ކަމަށެވެ. އެންމެކުޑަމިނުން ބަޔާންގަނޑެއް ހިސާބުވެސް ނެރެލަން ނުކެރޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް