Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެލް ކްލެސިކޯ

އެލް ކްލެސިކޯ: ފަހު ކްލެސިކޯގައި ކުޅުމަށް އިނިއެސްޓާ ފިޓުވެއްޖެ

މިދިޔަ ހަފްތާގައި ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން އިނިއެސްޓާ ބައިވެރިވެފައެއް ނުވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 6 މެއި 2018 | އާދީއްތަ 17:56
ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ

ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ

ސްޕެނިޝް ލަލީގާގައި ވަރުގަދަ ރެއާލް މެޑްރިޑާއި ބާސެލޯނާ ކުޅޭ 'އެލް ކްލެސިކޯ' އަށް ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ފިޓުވެއްޖެއެވެ.

މި މެޗަށް ތައްޔާރުވުމަށް ބާސާއިން މިދިޔަ ހަފްތާގައި ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން އިނިއެސްޓާ ބައިވެރިވެފައެއް ނުވެއެވެ. އެހެން ނަމަވެސް މި މެޗަށް ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ނެގި 18 ކުޅުންތެރިންގެ ސްކޮޑުގައި ކެޕްޓަން އިނިއެސްޓާ ވަނީ ހިމަނާފައެވެ.

މި މެޗަށް ނެގި ސްކޮޑުން ޑިފެންޑަރުން ކަމަށް ޔެރީ މިނާ އާއި އެލެކްސް ވިޑާލް އަދި މިޑްފީލްޑަރު އަންދްރޭ ގޯމޭޒްއަށް ފުރުސަތު ދީފައެއް ނުވެއެވެ. މި މެޗާއި ބާސާއިން ކުރިމަތިލާއިރު އެ ޓީމަށް ވަނީ ސްޕެނިޝް ލަލީގާގެ ތަށި ޔަގީންވެފައެވެ. ބާސާ ސްޕެނިޝް ލަލީގާގެ ތަށި ޔަގީންކުރީ މިދިޔަ ހަފްތާގައި ޑިޕޯޓިވޯއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. ހަމައެހެންމެ މި މެޗަށް ބާސާ ނުކުންނައިރު ލަލީގާގައި ބާސާ ކުޅުނު އެއްވެސް މެޗަކުން އެ ޓީމު މިހާތަނަށް ބަލިވެފައެއް ނުވެއެވެ.

އިނިއެސްޓާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނަފައިވަނީ އޭނާ މެޗުގެ ފުރަތަމަ އެގާރައިން ފެންނާނެ ކަމަށާއި މިއީ އޭނާގެ ފުރަތަމަ ކްލެސްކޯ ނޫންކަން އޭނާއަށް ވެސް އެނގޭނެ ކަމަށެވެ. އެހެންކަމުން އޭނާގެ ފަރާތުން ފެންނަންޖެހޭ ކުޅުން އޭނާ ދައްކާނެ ކަމަށާއި އޭނާގެ ފަރާތުން ވެސް 100 އިންސައްތަ ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ވަލްވާޑޭ މިހެން ބުނެފައިވާއިރު މި ސީޒަނުގައި އިނިއެސްޓާ ފުރިހަމަ 90 މިނެޓު ހަމަކޮށްފައިވަނީ އެންމެ ދެ މެޗުގައެވެ.

މި މެޗަކީ އިނިއެސްޓާގެ އެންމެ ފަހު ކްލެސިކޯއަށްވާއިރު ރެއާލްގެ ކޯޗު ޒިދާން ވެސް ވަނީ އިނިއެސްޓާއަށް ތައުރީފްކޮށްފައެވެ. އޭނާ ބުނީ އިނިއެސްޓާއަކީ އޭނާ ވަރަށް އިހުތިރާމްކުރާ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ އުމުރުން ދުވަސްވެފައި ހުރި ނަމަވެސް ކެރިއަރުގައި އެތަކެއް ކާމިޔާބުތަކެއް ހޯދާފައިވާ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ އިނިއެސްޓާއަކީ ކޮންކަހަލަ ކުޅުންތެރިޔެއްކަން އެންމެނަށް ވެސް އެނގޭ ކަމަށާއި ރެއާލްގެ ފަރާތުން އޭނާއަށް އެދެނީ މުސްތަގުބަލުގައި ކާމިޔާބަށް ކަމަށެވެ.

މިއީ އިނިއެސްޓާ ބާސާއަށް ކުޅެދޭ އެންމެ ފަހު އެލް ކްލެސިކޯއަށްވާއިރު އޭނާ ވަނީ މި ސީޒަނަށްފަހު ބާސާ ދޫކޮށްލާނެކަން ކަށަވަރުކޮށްދީފައެވެ. ބެލެވޭ ގޮތުގައި މި ސީޒަނަށް ފަހު އޭނާ ފެނިގެންދާނީ ޗައިނީޒް ސުޕާ ލީގުގެ ޓީމެއް ކަމަށްވާ ޗޮންގިންގް ލިފާންއެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން އިނިއެސްޓާ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

މިރޭގެ މެޗު ވެގެންދާނީ އިނިއެސްޓާގެ ކެރިއަރުގައި އޭނާ ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ 38 ވަނަ މެޗަށެވެ. އޭގެ ކުރިން ކުޅުނު 16 މެޗުގައި އޭނާވަނީ ބާސާއާއެކު ކާމިޔާބު ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު