Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެސްއެމް

ޕީއެސްއެމްއިން މަސްވެރިކަމުގެ ތެރެއަށްވެސް ވަންނަނީ؟

6 މެއި 2018 | އާދީއްތަ 10:17

މަސްވެރިންގެ ނެޓްވޯކެއް ޤާއިމްކުރުމަށް ވަނީ ނިންމާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 6 މެއި 2018 | އާދީއްތަ 10:17
ޕީއެސްއެމްގެ ޑީއެމްޑީ އިކްރާމް

ޕީއެސްއެމްގެ ޑީއެމްޑީ އިކްރާމް

ސަރުކާރުގެ މީޑިއާގެ ގޮތުގައި މަސައްކަތް ކުރަމުންދާ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން މަސްވެރިކަމުގެ ދާއިރާގެ ތެރެއަށްވަދެ، މަސްވެރިކަމުގެ މަސައްކަތްތަކެއް ކުރަން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ފިޝަރމެންސް ނެޓްވޯކްގެ ނަމުގައި މަސްވެރިން ގުޅުވައިދޭ ނެޓްވޯކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރާކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަދި ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓްކުރުމަށް ޖަލްސާތަކުގައި ވާހަކަ ދައްކަވާ އެއް ބޭފުޅާކަމަށްވާ މުހައްމަދު އިކްރާމް ޢަބްދުއްލަޠީފް ވަނީ ދާދިފަހުން އިއުލާންކުރައްވާފައެވެ.

Advertisement - newsAdvertisement

މަސްވެރިންގެ ޖަމްއިއްޔާއަކުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވީ މިއީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލްގެ ވިސްނުންފުޅެއް ކަމަށާއި، މި ނެޓްވޯކާއިއެކު ވެބްސައިޓަކާއި އެޕްލިކޭޝަނެއްވެސް ލޯންޗްކުރެވޭނެ ކަމަށެވެ.

މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތަކުގެ ތެރެއަށް ޕީއެސްއެމްއިން ވަދެފައިވާއިރު، މިއީ ފިޝަރީޒް މިނިސްޓްރީ އަދި ފިޝަރމަންސް އެސޯސިއޭޝަނާއިވެސް ގުޅިގެން ކުރާކަމެއްކަން އެނގިފައެއް ނުވެއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާ އުފެއްދުމުގެ މަޤްޞަދުތަކާއި، ކުންފުނީގެ މެންޑޭޓްގެ ބޭރުން ޕީއެސްއެމްގެ އެމްޑީ ޚަލީލްއާއި ޑީއެމްޑީ އިކްރާމް މަސައްކަތްކުރައްވަމުން ގެންދަވަނީ ރައީސް އަބްދުﷲ ޔާމީންގެ ރުހުން ހޯދަންކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ޚާއްސަކޮށް ޕީއެސްއެމްގެ ޤާނޫނީ މަސައްކަތްތައް އެއްފަރާތް ކުރުމަށްފަހު، ވެރިކަން ކުރާ ޕާޓީއާއި، ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ހިންގަވާ ޙަރަކާތްތައް ކަވަރުކުރުމަށް މުޅި ޕީއެސްއެމް ހުސްކޮށްފައިވާތީ އެކުންފުނީގެ މުވައްޒަފުންނާއި އާއްމުން ދަނީ ފާޑުކިޔަމުންނެވެ.

ދާދިފަހުން ރާއްޖެއަށް ވަޑައިގެންނެވި މަޝްހޫރު ދީނީ އިލްމުވެރިއެއްގެ ދަރުހެއް، ރައީސްގެ އަނބިކަނބަލުން ކުރައްވާ ދަތުރުފުޅެއް ކަވަރުކުރަން ޖެހިގެން ލައިވްކޮށް ނުދެވިގެން ލަސްކުރަން ޖެހުނުކަމަށް އަޑު ފެތުރުނެވެ. މީގެ އިތުރުން ޕީއެސްއެމްގެ ޗެނަލްތަކުން ރައްޔިތުންނަަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ބަދަލުގައި، ހަމައެކަނި ވެރިކަންކުރާ ޕާޓީގެ ޕްރޮޕެގެންޑާ ފަތުރާކަމަށް ސިޔާސީ ފަރާތްތަކުން ތުހުމަތުކުރެއެވެ. ޕީއެސްއެމްއިން ހުރިހާ ސިޔާސީ ފަރާތްތަކެއްގެ އަޑު އިއްވަން ޖެހޭކަމަށް ޕީއެސްއެމްގެ އަނެއް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝާޔަން ޝާހިދު ވިދާޅުވުމާއި ގުޅިގެން، އޭނާ ވަނީ ސަސްޕެންޑްކޮށް ގެއަށް ފޮނުވާލާފައެވެ.

އިކްރާމާއި ޚަލީލާއި ދެބޭފުޅުންނަކީ 2013ގެ ރިޔާސީ އިންތިޚާބުގައި ޤާސިމް އިބްރާހިމްއަށް ކެމްޕޭން ކޮށްދެއްވަން އިސްކޮށް އުޅުއްވި، އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި މިހާރުގެ ސަރުކާރަށް ވަޑައިގެންނެވި ބޭފުޅުންނެވެ. އެގޮތުން ޚަލީލް ސަރުކާރުގެ ސްލޮޓަކަށް ވަޑައިގަތީ ޤާސިމް އިބްރާހިމްގެ ތަރުޖަމާނަކަށް ހުންނެވުމަށްފަހުއެވެ. އިކްރާމް ސަރުކާރުގެ ސްލޮޓަކަށް ވަޑައިގަތީ ޤާސިމް އިބްރާހިމް އާއި ޖުމްހޫރީ ޕާޓީގެ ފިކުރު ފެތުރުމަށް 2013 ގައި ވީމީޑިއާގައި ޤާއިމްކުރި 'ޕޮލިޓިކަލް އެންޑް ކަރަންޓް އެފެއާޒް ޑިޕާޓްމަންޓް' ގެ އިސްވެރިއަކަށް ހުންނެވުމަށް ފަހުއެވެ. އަދި އެދެބޭފުޅުންގެ ބެއްލެވުމުގެ ދަށުން ޕީއެސްއެމް މިހާރު ހިންގަމުންދާއިރު، އެކުންފުނީގެ ޗެނަލްތަކުން ޤާސިމް އިބްރާހީމްއާއި ދެކޮޅަށް ތަފާތު އެކި ވާހަކަތައް ދަނީ ފަތުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2019

މަސްވެރިކަމުގެ ބިލް އިސްލާހުތަކާއެކު ފާސްކޮށްފި

05 ސެޕްޓެމްބަރު 2019
މަސްވެރިކަމުގެ ބިލް އިސްލާހުތަކާއެކު ފާސްކޮށްފި
09 އޯގަސްޓު 2019

މަސްވެރިކަމުގެ ސިނާއަތުން ދެފަރާތަށް ވެސް ފައިދާ ކުރާނެ ހައްލެއް ހޯދަން މަސައްކަތް ކުރާނަން: މޮގެރިނީ

09 އޯގަސްޓު 2019
މަސްވެރިކަމުގެ ސިނާއަތުން ދެފަރާތަށް ވެސް ފައިދާ ކުރާނެ ހައްލެއް ހޯދަން މަސައްކަތް ކުރާނަން: މޮގެރިނީ
23 ޖުލައި 2019

ލޭނުގެ މަސްވެރިކަމުގެ ހުއްދަ ބާތިލް ކުރީ ގަވާއިދާ ހިލާފުވާތީ: ޒަހާ

23 ޖުލައި 2019
ލޭނުގެ މަސްވެރިކަމުގެ ހުއްދަ ބާތިލް ކުރީ ގަވާއިދާ ހިލާފުވާތީ: ޒަހާ
15 ޖުލައި 2019

މަސްވެރިކަމުގެ ސިޔާސަތު ލޯންޗު ކުރުމަށް ރައީސް މާދަމާ ދިއްގަރަށް

15 ޖުލައި 2019
މަސްވެރިކަމުގެ ސިޔާސަތު ލޯންޗު ކުރުމަށް ރައީސް މާދަމާ ދިއްގަރަށް
11 ޖުލައި 2019

ރައީސް ސޯލިހު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތަކާއެކު މަސްވެރިކަމުގެ ބިލް ފޮނުވައިފި

11 ޖުލައި 2019
ރައީސް ސޯލިހު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތަކާއެކު މަސްވެރިކަމުގެ ބިލް ފޮނުވައިފި
08 މެއި 2019

ތުތިބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށްގެންދަނީ

08 މެއި 2019
ތުތިބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށްގެންދަނީ
12 ޑިސެމްބަރު 2018

މަސްވެރިކަމުގެ ޤާނޫނީ އޮނިގަނޑު މުރާޖައާކޮށް، ޒަމާނީ މަސްވެރިކަމެއް ގެންނާން: ޒަހާ

12 ޑިސެމްބަރު 2018
މަސްވެރިކަމުގެ ޤާނޫނީ އޮނިގަނޑު މުރާޖައާކޮށް، ޒަމާނީ މަސްވެރިކަމެއް ގެންނާން: ޒަހާ
20 ނޮވެމްބަރު 2018

ޕީއެސްއެމްއިން ވީޑީއޯ ޑިލީޓްކުރި މައްސަލައިގައި މިނިސްޓަރގެ ކަންބޮޑުވުން، ރަނގަޅު ތަހުގީގެއް ކުރުމަށް އެދިވަޑައިގެންފި

20 ނޮވެމްބަރު 2018
ޕީއެސްއެމްއިން ވީޑީއޯ ޑިލީޓްކުރި މައްސަލައިގައި މިނިސްޓަރގެ ކަންބޮޑުވުން، ރަނގަޅު ތަހުގީގެއް ކުރުމަށް އެދިވަޑައިގެންފި
05 ސެޕްޓެމްބަރު 2018

ޕީއެސްއެމްއިން ފަތުރަމުންދާ ޚަބަރުތައް އެމެރިކާ އެމްބަސީއިން ދޮގުކޮށްފި

05 ސެޕްޓެމްބަރު 2018
ޕީއެސްއެމްއިން ފަތުރަމުންދާ ޚަބަރުތައް އެމެރިކާ އެމްބަސީއިން ދޮގުކޮށްފި
02 ޖުލައި 2018

އޮޕޮޒިޝަންގެ މެމްބަރުން މަޖިލީހަށް ނުވަންނަނީ ރައްޔިތުންގެ ހައްގުގައި: ގާސިމް

02 ޖުލައި 2018
އޮޕޮޒިޝަންގެ މެމްބަރުން މަޖިލީހަށް ނުވަންނަނީ ރައްޔިތުންގެ ހައްގުގައި: ގާސިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް